Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ވައިޓް ހައުސް ކައިރިން ނެޝަނަލް ގާޑުގެ ދެ މެމްބަރުންގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

ވެސްޓް ވާޖީނިއާގެ ގަވަރުނަރު ޕެޓްރިކް މޮރިސީ ވިދާޅުވީ، ވޮޝިންޓަން ޑީސީގައި ހިނގައި ދިޔަ ހާދިސާގައި އަނިޔާވި ނެޝަނަލް ގާޑުގެ ދެ މެމްބަރުން މަރުވެފައިވާ ކަމަށެވެ. އަދި އެއީ އެ ދެ މެމްބަރުންނަށް ލިބުނު ޒަޚަމުތަކުގެ ސަބަބުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ވައިޓް ހައުސް ކައިރީގައި ދެ ނޭޝަނަލް ގާޑް މެމްބަރަކަށް ވަޒަން ޖެހުމުގެ ހާދިސާއެއް ހިނގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2025 | ބުރާސްފަތި 06:55
ހާދިސާ ހިނގި ސަރަހައްދުގައި ނެޝަނަލް ގާޑުގެ ސިފައިން ޙަރަކާތްތެރި ވަނީ

ހާދިސާ ހިނގި ސަރަހައްދުގައި ނެޝަނަލް ގާޑުގެ ސިފައިން ޙަރަކާތްތެރި ވަނީ

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް ކައިރިން ނެޝަނަލް ގާޑުގެ ދެ މެމްބަރުންގެ ގަޔަށް ބަޑި ޖަހައި ލިބުނު ޒަޚަމުތަކާ ގުޅިގެން އެ ދެ މީހުން މަރުވެއްޖެ އެވެ.

ވެސްޓް ވާޖީނިއާގެ ގަވަރުނަރު ޕެޓްރިކް މޮރިސީ ވިދާޅުވީ، ބުދަ ދުވަހު އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހިނގައި ދިޔަ ހާދިސާގައި އަނިޔާވި ނެޝަނަލް ގާޑުގެ ދެ މެމްބަރުން މަރުވެފައިވާ ކަމަށެވެ. އަދި އެއީ އެ ދެ މެމްބަރުންނަށް ލިބުނު ޒަޚަމުތަކުގެ ސަބަބުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ވައިޓް ހައުސްއާ ގާތް ގަނޑަކަށް ދެ ބްލޮކް ދުރުގައި ހިނގި މި ހާދިސާގައި، ނެޝަނަލް ގާޑުގެ ދެ މެމްބަރުންނަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ހާދިސާ ހިނގި ސަރަހައްދުގެ ކައިރީގައި ހުރި އޭއެފްޕީގެ ނޫސްވެރިޔަކު ބުނެފައި ވަނީ، ވަޒަން ޖެހި އަޑު ވަރަށް ބާރަށް އިވުނު ކަމަށެވެ. އަދި އޭގެ ފަހުން ވައިޓް ހައުސް އާއި، ސަބްވޭ ސްޓޭޝަންތަކާ ކައިރީގައި ހުރި ސަރަހައްދު ތަކުން މީހުން ދުވަމުން ދިޔަ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ.

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ބުނެފައި ވަނީ، މިވަގުތު ފްލޮރިޑާގައި ހުންނެވި އެ ޤަައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް އެ ހާދިސާގެ މައުލޫމާތު ވަގުތުން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މި ހާދިސާގެ ފަހުން، އިތުރުން 500 ނެޝަނަލް ގާޑު ސިފައިން ހޯދުމަށް ޓްރަމްޕް، ޕެންޓަގަންގައި އެދިވަޑައިގެންފައިވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު ވަނީ ވިދާޅުވެފަ އެވެ.

އެ ސަރަހައްދުގެ އިދާރާ ތަކުން ހާމަ ކޮށްފައިވާ ގޮތުގައި، ކުއްލި ޙާލަތުގައި ޚިދުމަތް ދޭ ފަރާތްތަކުން ވަނީ ވަޒަން އެރި ތިން މީހަކު ވަގުތުން ހޮސްޕިޓަލް އަށް ގެންގޮސްފަ އެވެ. އެ ވަގުތު އެމެރިކާގެ ސީކްރެޓް ސާވިސްގެ އޮފިޝަލުން ފެނިފައި ވަނީ، ފުލުހުން ދަމާފައިވާ ޓޭޕުގެ ފަހަތުގައި ހަތިޔާރާ އެކު ތިބި މަންޒަރެވެ.

އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ވެރިކަން ކުރަމުން އަންނަ ވޮޝިންޓަންގެ އިތުރުން ލޮސް އެންޖަލިސް އަދި މެމްފިސް އަށް ނެޝަނަލް ގާޑުގެ ސިފައިން ފޮނުވުމަށް ޓްރަމްޕް ނިންމަވާފައި ވަނީ، ކުށުގެ މައްސަލަތައް ހައްލު ކުރުމާއި، އެއްވެސް ލިޔެ ކިޔުމެއް ނެތި އުޅެމުން އަންނަ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށް ބުނެ އެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން އާއި ކުރީގެ ރައީސް ބަރަކް އޮބާމާގެ އިތުރުން، ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

މަސްދަރު: އެޖެންސީސް

ވޮޝިންގޓަން ޑީސީޑޮނަލްޑް ޓްރަމްޕްނޭޝަނަލް ގާޑްވައިޓް ހައުސްއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު