Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމް ތަކުގައި ވަނީ އެކަމަށް ސަމާލުކަން ލިބިފަ އެވެ. ސޯޝަލް މީޑިއާގެ އެކްސްގައި "ބޯޑްއީލޮންމަސްކް"ގެ ނަމުގައި ހިންގާ އެކައުންޓަކުން ބުނެފައި ވަނީ، ނިއުސަމް އަށް ވުރެ ބޮޑަށް ފިރިހެނަކު އެފަދަ ގޮތަކަށް އިށީނދެން އިންދާ ފެނިފައި ނުވާ ކަމަށެެވެ. އެކްސްގައި އަންނަނީ ނިއުސަމްގެ އެ ވީޑިއޯ ވެސް ދައުރު ވަމުންނެވެ.

ނިއުޔޯކް ޓައިމްސް ޑީލްބުކް ސަމިޓްގައި ނިއުސަމް ވާހަކަ ދައްކަވަނިކޮށް ފައި ކުރޮހި ހުންނެވި ގޮތަކީ ވަރަށް ބޮޑަށް ހަށިގަނޑަށް ބުރަ އަޅާފައި ހުންނަވާ ފަދަ ގޮތަކަށް ފެންނާތީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަސްޚަރާކުރަން ފަށައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2025 | އާދީއްތަ 03:34
ނިއު ޔޯކް ޓައިމްސްގެ ޑީލްބުކްގައި ގަވަރުނަރު ނިއުސަމް

ނިއު ޔޯކް ޓައިމްސްގެ ޑީލްބުކްގައި ގަވަރުނަރު ނިއުސަމް

އެމެރިކާގެ ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަން ގޮނޑީގައި އިށީނދެން އިންގޮތާ މެދު ގިނަ ބަޔަކު ފާޑު ކިޔަން ފަށައިފި އެވެ.

ނިއު ޔޯކް ޓައިމްސް ޑީލްބުކް ސަމިޓުގައި ވާހަކަ ދައްކަވަމުން ގެންދެވިއިރު، ނިއުސަން އިންނެވި ގޮތަށް ވަނީ އެތައް ބައެއްގެ ސަމާލުކަން ވެސް ލިބިފަ އެވެ. ޑިމޮކްރަޓިކް ޕާޓީ އަށް ނިސްބަތްވާ، އުމުރުން 58 އަހަރުގެ ނިއުސަމް އިށީނދެގެން އިންނެވީ އެއް ފައި މައްޗަށް އަނެއް ފައި ލައްވައިގެން، ހަށިގަނޑަށް ވަރަށް ބޮޑު ބުރައެއް އިޙުސާސްވާ ގޮތަކަށެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމް ތަކުގައި ވަނީ އެކަމަށް ސަމާލުކަން ލިބިފަ އެވެ. ސޯޝަލް މީޑިއާގެ އެކްސްގައި "ބޯޑްއީލޮންމަސްކް"ގެ ނަމުގައި ހިންގާ އެކައުންޓަކުން ބުނެފައި ވަނީ، ނިއުސަމް އަށް ވުރެ ބޮޑަށް ފިރިހެނަކު އެފަދަ ގޮތަކަށް އިށީނދެން އިންދާ ފެނިފައި ނުވާ ކަމަށެެވެ. އެކްސްގައި އަންނަނީ ނިއުސަމްގެ އެ ވީޑިއޯ ވެސް ދައުރު ވަމުންނެވެ.

އިތުރު މީހަކު ބުނެފައި ވަނީ އެފަދަ ގޮތަކަށް އިށީނދެ އިިންނަ މީހަކަށް ދެން އެހެން ކަމަކާ ނުވިސްނޭނެ ކަމަށެވެ. ގިނަ ބަޔަކު ފާހަގަ ކޮށްފައިވާ ގޮތުގައި، ނިއުސަން އިށީނދެ އިން ގޮތުގެ ސަބަބުންމ ހަށިގަނޑަށް ވެސް އެކަމުގެ އަސަރު ކޮށްފާނެ އެވެ. ސާދާ ގޮތެއްގައި ފައި ބަހައްޓައިގެން އިނުމުގެ ބަދަލުގައި، މިފަދަ ގޮތަކަށް ނިއުސަމް އިންނެވުމުން، ސޯޝަލް މީޑިއާ ގައި ވަނީ އެކަމަށް މީމްސް ވެސް ހަދައިފަ އެވެ.

ނިއުސަމް ވާހަކަ ދައްކަވަމުން ގެންދެވީ ސިޔާސީ ގޮތުން މުހިންމު މައުޟޫއަކަށް ވީ ނަމަވެސް، ގިނަ ބައެއްގެ ސަމާލުކަން އެ ވާހަކަ އަށް ނުލިބެ އެވެ. އޭގެ ބަދަލުގައި ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވަނީ ނިއުސަމް އިށީނދެ އިން ގޮތަށެވެ.

ނިއުސަމް އަކީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ޓްރަމްޕް ސަރުކާރުގެ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅު ވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ ކުރިން ނިއުސަމް ވިދާޅުވެފައި ވަނީ ޓްރަމްޕް އަކީ ވަރަށް ހުދު މުހުތާރު ވެރިއެއް ކަމަށާއި، ޓްރަމްޕްގެ ރައީސް ކަމުގައި އެމެރިކާ ދަނީ ރަނގަޅު މިސްރާބުގައި ނޫން ކަމަށެވެ.

ސިޔާސީ ދާއިރާގެ މާހިރުން ބުނެފައިވާ ގޮތުގައި، ނިއުސަމް އަކީ 2028 ވަނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ބޮޑު ބޭފުޅެކެވެ. ޚާއްސަކޮށް ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ނިއުސަމް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް، އެކަމާ ގުޅޭ ގޮތުން ނިއުސަމް މިހާތަނަށް ވިދާޅުވެފައި ވަނީ މިވަގުތު އޭނާގެ ވިސްނުން އޮތީ އަންނަ އަހަރު އޮންނަ މިޑް ޓާމް އިންތިޚާބަށެވެ. އަދި އެއަށް ފަހު ރިޔާސީ އިންތިޚާބާ މެދު ވިސްނަވާނެ ކަމަށް ނިއުސަމް ވިދާޅުވެފައިވެ އެވެ.

މަސްދަރު: ނިއު ޔޯކް ޕޯސްޓް

ގެވިން ނިއުސަމްކެލިފޯނިއާއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
ނެޝަނަލް ގާޑުގެ ދެ މެމްބަރުންނަށް ހަމަލާ ދިން މީހާ އަށް ކުރަނީ ފުރަތަމަ ދަރަޖައިގެ މަރުގެ ދައުވާ

ނެޝަނަލް ގާޑުގެ ދެ މެމްބަރުންނަށް ހަމަލާ ދިން މީހާ އަށް ކުރަނީ ފުރަތަމަ ދަރަޖައިގެ މަރުގެ ދައުވާ

29 ނޮވެމްބަރު 2025
ވައިޓް ހައުސް ކައިރިން ނެޝަނަލް ގާޑުގެ ދެ މެމްބަރުންގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

ވައިޓް ހައުސް ކައިރިން ނެޝަނަލް ގާޑުގެ ދެ މެމްބަރުންގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު