Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ނެޝަނަލް ގާޑުގެ ދެ މެމްބަރުންނަށް ހަމަލާ ދިން މީހާ އަށް ކުރަނީ ފުރަތަމަ ދަރަޖައިގެ މަރުގެ ދައުވާ

ފޮކްްސް ނިއުސްގައި ވާހަކަ ދައްކަވަމުން ޖީނީން ޕިރޯ ވިދާޅުވެފައި ވަނީ، އޭނާގެ މައްޗަށް އިތުރު ދައުވާ ތަކެއް މިހާރު އަންނާނެކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި މީގެ ކުރިން އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތާއި ދައުވާ، ފުރަތަމަ ދަރަަޖައިގެ މަރުގެ ދައުވާ އަކަށް ބަދަލު ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

29 އަހަރުގެ އަފްޣާން ރައްޔިތު ރަހްމާނުﷲ ލަކަންވަލް ވައިޓް ހައުސް ކައިރީގައި ނޭޝަނަލް ގާޑު މެމްބަރުންނަށް ވަޒަން ދިނުމުން އެއް މީހަކު މަރުވެ އަނެއް މީހަކު ނާޒުކު ހާލަތުގައި ހުރި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2025 | ހޮނިހިރު 04:16
ނެޝަނަލް ގާޑުގެ މެމްބަރުންނަށް ހަމަލާ ދިން ސަރަހައްދުގައި ތަހުގީގީ އިދާރާ ތަކުގެ އޮފިޝަލުން ޙަރަކާތްތެރި ވަނީ

ނެޝަނަލް ގާޑުގެ މެމްބަރުންނަށް ހަމަލާ ދިން ސަރަހައްދުގައި ތަހުގީގީ އިދާރާ ތަކުގެ އޮފިޝަލުން ޙަރަކާތްތެރި ވަނީ

އެމެރިކާގެ ވޮޝިންޓަން ޑީސީގައި ނެޝަނަލް ގާޑުގެ ދެ މެމްބަރުންގެ ގަޔަށް ބަޑި ޖެހި ކަމަށް ތުހުމަތު ކޮށްފައިވާ އަފްޣާނިސްތާން އަށް ނިސްބަތްވާ މީހާ އަށް ކުރަނީ ފުރަތަމަ ދަރަޖައިގެ މަރުގެ ދައުވާ ކަމަށް ހާމަ ކޮށްފި އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް ކައިރީގައި ނެޝަނަލް ގާޑުގެ ދެ މެމްބަރުންނަށް އަމާޒުކޮށް ބަޑިން ހަމަލާ ދީފައިވާއިރު، އެ ދެ މެމްބަރުން ވަނީ މަރުވެފަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ އަފްޣާނިސްތާން އަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ރަހުމާނުﷲ ލަކަންވަލް އެވެ.

ވޮޝިންޓަން ޑީސީގެ އެޓަރނީ ޖެރަނަލް ޖީނީން ޕިރޯ ހުކުރު ދުވަހު ވިދާޅުވެފައި ވަނީ، ހަމަލާ ދީފައި ވަނީ ލަކަންވަލް ކަމަށް ދެނެގަނެވިފައިވާ ކަމަށެވެ. އެމެރިކާގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުގައި އޭނާ އަކީ ސީއައިއޭ އިން ޓެރަރިޒަމް ގުރޫޕެއް ކަމަށް ކަނޑައަޅާފައިވާ، ޒީރޯ ޔުނިޓްސް އަށް ނިސްބަތްވާ މެމްބަރެކެވެ.

ފޮކްްސް ނިއުސްގައި ވާހަކަ ދައްކަވަމުން ޖީނީން ޕިރޯ ވިދާޅުވެފައި ވަނީ، އޭނާގެ މައްޗަށް އިތުރު ދައުވާ ތަކެއް މިހާރު އަންނާނެކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި މީގެ ކުރިން އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތާއި ދައުވާ، ފުރަތަމަ ދަރަަޖައިގެ މަރުގެ ދައުވާ އަކަށް ބަދަލު ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެ ހަމަލާ އަކީ ކުރިން ރޭވިގެން ދިން ހަމަލާއެއް ކަމަށާއި، ހަމަލާ ދޭނެ މީހުން ވެސް ކުރިން ކަނޑައަޅައިގެން ދިން ހަމަލާއެއް ކަމަށެވެ.

މި މައްސަލައިގައި މީގެ ކުރިން ވާހަކަ ދައްކަވަމުން ޕިރޯ ވިދާޅުވެފައި ވަނީ، ވައިޓް ހައުސް ކައިރީގައި ތިބި ނެޝަނަލް ގާޑުގެ ގުރޫޕަކަށް ލަކަންވަލް ހަމަލާ ދީފައި ވަނީ 357 ސްމިތު އެންޑް ވެސަން ރިވޮލްވަރެއް ބޭނުން ކޮށްގެން ޖެހި ވަޒަނުން ކަމަށެވެ. އަދި އޭނާ އަކީ އެމެރިކާގެ ވޮޝިންޓަންގެ ހުޅަނގުގައި ދިރިއުޅެމުން އައި މީހެއް ކަމަށާއި، އެއްކޮޅުން އަނެއް ކޮޅަށް ދަތުރު ކުރުމަށް ފަހު ވެރި ރަށަށް އައިސްފައިވާ ކަމަށް ޕިރޯ ވިދާޅުވި އެވެ.

މި ހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުން މީހުން އެމެރިކާ އަށް ވަނުން ހުއްޓުވަން ނިންމަވައިފަ އެވެ. އަދި ކުރީގެ ރައީސް ޖޯ ބައިޑަންގެ ވެރި ކަމުގައި ދީފައިވާ އެތައް މިލިއަން ހުއްދަ ތަކެއް ވެސް ބާތިލު ކުރައްވަން ނިންމަވާފައިވެ އެވެ. މިއީ އިމިގްރޭޝަންއާ ދެކޮޅަށް ޓްރަމްޕް ގެންގުޅުއްވާ ވިސްމުގައި އިތުރު ބޮޑު ބަދަލެކެވެ.

މި ހަމަލާއާ ގުޅިގެން އެފްބީއައި، ސީއައިއޭ އަދި ހޯމް ލޭންޑް ސެކިއުރިޓީގެ ވެރިން އަދި ޓްރަމްޕް އައްޔަން ކުރައްވާފައިވާ އެހެން އޮފިޝަލުން ވިދާޅުވެފައި ވަނީ، ލަކަންވަލް އެމެރިކާ އަށް ވަނުމުގެ ފުރުސަތު ދީފައި ވަނީ ބައިޑަންގެ ސަރުކާރުން ކަމަށެވެ. އެއީ އަފްޣާނިސްތާން އިން އެމެރިކާގެ ސިފައިން ނެރުމުގައި ހިންގި ކަންތައް ތަކުގެ ތެރޭގައި ހިންގި އެސައިލަމް ޕޮލިސީ ތަކުގެ ސަބަބުން ހިނގާފައިވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.

މަސްދަރު: އޭއެފްޕީ

ނޭޝަނަލް ގާޑްވޮޝިންގޓަން ޑީސީޑޮނަލްޑް ޓްރަމްޕްއިމިގްރޭޝަންއެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
ހަތަރު މަސާޖު ޕާލާ އެއް ބަންދުކޮށް، ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ހަތަރު މަސާޖު ޕާލާ އެއް ބަންދުކޮށް، ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

10 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު