Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދަކީ މިއަހަރުގެ މެއި މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފައިވާ މިންވަރަށް ވުރެ އަށް ބިލިއަން އެމެރިކާ ޑޮލަރު އިތުރު އަދަދެއް.

އެމެރިކާގެ ކޮންގްރެސްގެ ރައްޔިތުންގެ މަޖިލީހުން 901 ބިލިއަން ޑޮލަރުގެ ތާރީހީ ދިފާޢީ ބަޖެޓު ބިލެއް ފާސްކޮށްފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2025 | ހުކުރު 08:34
ކޮންގްރެސް އިން ބިލު ފާސް ކޮށްފައިވާއިރު، އަންނަ ހަފުތާގެ ތެރޭގައި ސެނެޓުން ވޯޓަށް އަހާނެ

ކޮންގްރެސް އިން ބިލު ފާސް ކޮށްފައިވާއިރު، އަންނަ ހަފުތާގެ ތެރޭގައި ސެނެޓުން ވޯޓަށް އަހާނެ

އެމެރިކާގެ ކޮންގްރެސް އިން، އަހަރަކަށް 901 ބިލިއަން އެމެރިކާ ޑޮލަރުގެ ދިފާއީ ޚަރަދު ތަކަށް ބާރުދޭ، ދިފާއީ ސިޔާސަތުގެ ބިލެއް ފާސްކޮށްފި އެވެ.

ބުދަ ދުވަހު ނެގި ވޯޓުގައި ކޮންގްރެސްގެ 312 މެމްބަރުން ވަނީ ނެޝަނަލް ޑިފެންސް އޮތޮރައިޒޭޝަން އެކްޓް (އެންޑީއޭއޭ) ފާސް ކުރުމަށް ވަނީ ވޯޓު ދީފަ އެވެ. އެ ބިލާ ދެކޮޅަށް 112 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ. ކޮންގްރެސް އިން ބިލު ފާސް ކުރުމަށް ފަހު މިހާރު ސެނެޓަށް ފޮނުވާފައިވާއިރު، އަންނަ ހަފުތާގެ ތެރޭގައި ސެނެޓުން އެ ބިލު ފާސް ކުރާނެ ކަމަށް ލަފާ ކުރެވެ އެވެ.

2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދަކީ މިއަހަރުގެ މެއި މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފައިވާ މިންވަރަށް ވުރެ އަށް ބިލިއަން އެމެރިކާ ޑޮލަރު އިތުރު އަދަދެކެވެ.

އާދީއްތަ ދުވަހު ހާމަ ކުރި 3086 ސަފްހާގެ މި ބިލުގައި ޗައިނާ އާއި ރަޝިޔާ ފަދަ ވާދަވެރިންނާ އަސްކަރީ ގޮތުން ވާދަ ކުރުމަށް ބޭނުންވާ ދިފާއީ ސާމާނު ހޯދުމާ ގުޅޭ އާންމު އެންޑީއޭއޭ ޙުކުމްތައް ހިމެނެ އެވެ. އަދި އެމެރިކާާގެ ސިފައިންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި، ގާތް ގަނޑަކަށް ހަތަރު އިންސައްތައިގެ މުސާރަ އިތުރު ކުރުމާއި، އަސްކަރީ މަރުކަޒު ތަކުގެ ގެދޮރު ރަނގަޅު ކުރުމުގެ ފިޔަވަޅުތައް ވެސް ހިމެނެ އެވެ.

ރަޝިޔާގެ ހަނގުރާމަވެރިކަމާ ދެކޮޅަށް ޔޫރަޕުގެ ދިފާއަށް އެމެރިކާ އިން ދެމުންދާ ބައިވެރިވުން ވަރުގަދަ ކުރުމަށް، މެމްބަރުންގެ ފަރާތުން ގިނަ ކަންތައް ތަކެއް ވަނީ ބިލުގައި ހިމަނައިފަ އެވެ. އޭގެ ތެރޭގައި ރަޝިޔާގެ ހަމަލާތަކާ ދެކޮޅަށް ޔުކްރެއިން އަށް އެހީތެރިވުމަށްޓަކައި އަންނަ ދެ އަހަރު، ކޮންމެ އަހަރަކު 400 މިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން ވެސް ހިމެނެ އެވެ.

އިތުރު ކަންތައް ތަކުގެ ތެރޭގައި ނޭޓޯގެ އެކުވެރިންނާ މަޝްވަރާ ކުރުމަކާ ނުލައި، ޔޫރަޕުގައި މަދުވެގެން 76،000 ސިފައިންނާއި، މުހިންމު އާލާތްތައް ބެހެއްޓުމަށް ޕެންޓަގަން އަށް ލާޒިމު ކުރުމުގެ ކަންތައް ތަކެއް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.

ނަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕް ދެކޮޅު ހައްދަވައި ބައެއް ޕްރޮގްރާމް ތަކަށް ޚަރަދު ކުރުން ވަނީ ކުޑަ ކޮށްފަ އެވެ. އޭގެ ތެރޭގައި ތަފާތު ކުރުން ނައްތާލައި، އިންސާފުވެރިކަން ކަށަވަރު ކުރުމާއި، މޫސުމީ ބަދަލުތަކާ ގުޅޭ ފިޔަވަޅު ތަކަށް ޚަރަދު ކުރާ ގާތް ގަނޑަކަށް 1.6 ބިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.

މި ބިލު މިހާރު ސެނެޓަށް ފޮނުވާފައިވާއިރު، މެމްބަރުން ޗުއްޓީ އަށް ދިޔުމުގެ ކުރިން ބިލު ފާސް ކުރުމަށް ލީޑަރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. ސެނެޓުން ބިލު ފާސް ކުރުމަށް ފަހު، ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އަށް ފޮނުވުމުން، ރައީސް ޓްރަމްޕް އެ ބިލު ތަސްދީޤު ކުރައްވައި، ޤާނޫނަކަށް ހައްދަވާނެ އެވެ.

ބިލަށް ވޯޓަށް އެހުމުގެ ކުރިން ދެ ޕާޓީގެ މެމްބަރުން ވެސް ވަނީ، އެ ބިލުގައި ހުރި ބައެއް ކަންކަމާ ދެކޮޅު ހައްދަވާ ކަމަށް ހާމަ ކުރައްވައިފަ އެވެ. އެހެން ނަމަވެސް، ޖުމުލަ ގޮތެއްގައި އެ ބިލަކީ މުހިންމު ދިފާއީ ޤާނޫނަކަށް ވާއިރު، އެ ބިލަށް ތާއީދު ކުރާ ކަމަށް ހާމަ ކުރައްވާފައިވެ އެވެ.

އެންޑީއޭއޭގައި ހިމެނޭ އިތުރު ފިޔަވަޅު ތަކުގެ ތެރޭގައި ކެރީބިއަން ކަނޑާއި، އިރުމަތީ ޕެސިފިކް ކަނޑުގައި މަސްތުވާ ތަކެތީގެ ވިޔަފާރީގައި ބޭނުން ކުރާ ކަމަށް ބުނާ ބޯޓު ތަކަށް މިދިޔަ މަސް ތަކުގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާ އިން ދިން ހަމަލާތަކާ ގުޅޭ ގޮތުން ތަފްސީލު ހާމަ ކޮށްދިނުމަށް އެދިފައިވެ އެވެ. އެގޮތުން ޑިޕާޓްމަންޓް އޮފް ވޯ އަށް އަންގާފައި ވަނީ، އިތުރު ތަފްސީލް ހާމަ ކުރުމަށް އަންގާ ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު