Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޯހިޔާވަހިކަން

އެމްޑީޕީ ސަރުކާރުން އެޅި 4000 ފްލެޓް ދޫކުރުމުގައި މުއިއްޒު ސަރުކާރުގެ އޮޅުވާލުމާއި، ޚިޔާނާތާއި ވައުދާ ޚިލާފުވުން

ގާނޫނީ ގޮތުން ދީފައިވާ 4000 ފްލެޓުގެ ހައްގުވެރިންގެ ތެރެއިން 585 ފަރާތެއްގެ ހައްޤު ނިގުޅައިގަތުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެކެވެ. ދިން އެއްޗެއް އަތުނުލާނެ ކަމަށް އަޑަށް ބާރުލާފައިވީ ވައުދު މިއަދު މިވީ ބިލާހަކަށެވެ.

ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2025 | ބުރާސްފަތި 11:07
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާފައިވާ ފްލެޓް ޓަވަރުތައް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާފައިވާ ފްލެޓް ޓަވަރުތައް

މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެމީހަކަށް ދޫކޮށްފައިވާ ފްލެޓެއް ވިޔަސް ގޯއްޗެއް ވިޔަސް އަތުނުލައްވާނެ ކަމަށް ތަކުރާރު ކޮށް ވައުދު ވަމުންނެވެ. ގެޒެޓް ކޮށްފައިވާ ނަމަ އެއީ އެމީހަކަށް ސަރުކާރަކުން ދީފައިވާ އެއްޗެއް ކަމަށް ބަލާ ސަރުކާރަކުން ދީފައިވާ އެއްޗެއް ދިން ތާކުން ދިން ގޮތަކަށް ދޭނެ ކަމަށް ވެސް ވައުދު ވަމުންނެވެ. ވެރިކަމަށް 2 އަހަރު ވާން ދާ އިރު މި ވައުދު ވީތަނެއް، ވައުދުވީ ފަރާތައް އެނގޭ ކަމަކަށް ނުބެލެއެވެ.

ނިމިދިޔަ ވެރިކަމުގައި ތައާރަފު ކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓުގެ ހައްގުވެރިން ކަނޑައަޅާ އޮތީ ނިންމާފައެވެ. އެއްބަސްވުން ހަދާ ގެޒެޓް ވެސް ކޮށްފައެވެ. އެހެން ނަމަވެސް މަކަރާ ހީލަތުގެ ތެރެއިން އެ އެއްބަސްވުންތަކަށް އިހުތިރާމު ކުރުމެއް ނެތި، ބާތިލު ކޮށް ގެޒެޓް ގައިވާ ލިސްޓަކީ ނުފެންނަ އެއްޗެއް ކަމުގައި ހަދައިފިއެވެ. މި ސަރުކާރުގެ ފަހި ދިރިއުޅުން ކޯޕަރޭޝަނާ އެކު އަލުން އެއްބަސްވުންތަކެއް ހަދަން މަޖުބޫރު ކޮށް ފްލެޓުގެ 4000 ހައްގުވެރިންގެ ތެރެއިން 585 ފަރާތެއްގެ ހައްޤު ނިގުޅައިގަނެ، އެފަރާތްތަކަށް ފްލެޓު ހަވާލު ނުކުރަން ސަރުކާރު ނިންމައިފިއެވެ. އެކަން މިނިސްޓްރީ އޮފް ހައުސިންގ މެދުވެރިކޮށް، މި 585 ފަރާތައް ލިޔުން ފޮނުވި އިރު ދިން އެއްޗެއް ދިންތާކުން ދިން ގޮތަކަށް ދޭނެ ކަމަށް ވިދާޅުވެ ވީ ވައުދު ކޮބާތޯއެވެ؟

4000 ފްލެޓާ ގުޅޭ ގޮތުން ނިމިދިޔަ ސަރުކާރުން ގެޒެޓު ކޮށްފައިވާ އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ހައުސިންގ މިނިސްޓްރީން ކަނޑައަޅާ ފަރާތަކާއި ފްލެޓު ލިބޭ ފަރާތާ ދެމެދު އެއްބަސްވުން އެކުލަވާލުމާ އެކު، ފްލެޓު ރަސްމީ ކޮށް ހަވާލު ކުރެވުނީ އެވެ. އަދި، އެއްބަސްވުން އެކުލަވާލުމާ އެކު، ގާނޫނީ ގޮތުން ބަނދެވިގެން އެއްބަސްވުމެއް ވުޖޫދުވީ އެވެ. އަދި އެއީ ދެފަރާތުން ހަމަ ހޭގައި ތިބެ އެއްބަސްވި އެއްބަސްވުމަކަށް ވީއިރު، އެއްބަސްވުން ނުވަތަ ފްލެޓު ހަވާލު ކުރިކަމުގެ ލިޔުން ހަވާލުކުރާ ހިސާބުން އެވަނީ ފްލެޓުގެ ހައްގުވެރިންނާ ފްލެޓު ހަވާލުކުރުމުގެ އިލްތިޒާމު ސަރުކާރުގެ މައްޗަށް ވާޖިބު ވެފައެވެ. ލިބުނު މީހާގެ މުދަލަކަށް އެ ހިސާބުން އެ ފްލުޓް ވީއެވެ.

މި ހަގީގަތް މިހެން އޮތް ނަމަވެސް އެކި ފާޑުގެ ބަހަނާ އެކި ފަހަރު ދައްކާ، އެކި ފަހަރު އެކި ގޮތައް އުސޫލު ބަދަލު ކޮށް، އިވެލުއޭޝަނޭ، ރީއިވެލުއޭޝަނޭ ކިޔާ، ފުލެޓް ތައް އަތުލަމުން ގެންދާއިރު ފަރުދާގެ ފުރަގަހުގައި އަތުލާ ފުލެޓް ބޮޑު އަގު ނަގައި އަލުން އަތުލި މީހުންނަށް ދޭ ވާހަކަ އަކީ ވެސް އާންމު ވާހަކަ އެކެވެ. އެފަދަ ތަނަވަސް ކަމެއް ނެތް މީހުންނަށް ކުރާނެ ކަމެއް ނެތެވެ. މިނިސްޓްރީގެ ނިންމުން ބަދަލު ކުރެވޭނެ ގޮތެއް ނޯންނާނެއެވެ.

މީސްމީހުންގެ މުދަލަކީ ހަމަ ހިތައް އަރާއިރަށް އަތުލައިގަނެވޭނެ އެއްޗެއް ނޫނެވެ. ޢާންމުވެގެންވާ މަންފާއަކަށްޓަކައި، ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެ މަތީން، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ޙުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ދައުލަތަށް އަތުނުލެވޭނެ ކަމަށް، ގާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅި ބަޔާންވެފައިވެއެވެ.

ސަރުކާރުން ދީފައިވާ ޔަގީންކަމާއި، ސަރުކާރުން އާންމުކޮށް އިއުލާނުކޮށް ފްލެޓުގެ ހައްގުވެރިން ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް އެކަށައަޅައި، އެފަރާތްތަކާ އެކު އެއްބަސްވުން އެކުލަވާލުމަށް ފަހު، ޝަރުއީ ކޯޓަކުން ކަނޑައަޅާ ގޮތެއްގެ މަތިން މެނުވީ، ފްލެޓުގެ ހައްގުވެރިންގެ ކިބައިން އެ މުދާ ނިގުޅައި ނުގަނެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށް ފައިވާކަން މި ސަރުކާރަށް ހަމަ ނޭނގެނީ ބާވައެވެ؟

ގާނޫނަށް ވުރެ މަތީގައި ރައީސް މުއިއްޒުގެ ސަރުކާރަކަށް ވިޔަސް އޮވެވިގެން ނުވާނެއެވެ. އެއީ ގާނޫނީ ސަރުކާރެއްގެ ސިފައެއް ނޫނެވެ. ފްލެޓުގެ ހައްގުވެރިންގެ ތެރެއިން 585 ރައްޔިތުންނަށް ފްލެޓު ހަވާލު ނުކުރާނެ ކަމަށް ބުނެ، މިނިސްޓްރީ އޮފް ހައުސިންގ އިން ފޮނުވާފައިވާ ސިޓީތަކަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފަށް ފޮނުވާފައިވާ ސިޓީތަކެވެ. އެ ސިޓީތަކީ ޣައިރު ގާނޫނީ ސިޓީތަކެކެވެ.

ގެދޮރުވެރިޔާ ފުރަތަމަ ސްކީމުގައި ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ 13،763 މީހުންގެ ތެރެއިން 4000 މީހުންނަށް އެމްޑީޕީ ސަރުރުކާރުން ފްލެޓު ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވީ ނަމަވެސް، ފުރަތަމަ ނިންމި 4000 ފުލެޓް ލިބިފައިވާ ރައްޔިތުންގެ ތެރެއިން ގިނައަދަދެއްގެ ރައްޔިތުންނަށް މިއަދާ ހަމަ އަށް އައި އިރު، ފްލެޓު ހަވާލު ކޮށްފައެއް ނުވެއެވެ.

ގެދޮރުވެރިޔާ ފުރަތަމަ ސްކީމުން ޝަރުތު ހަމަވި 13،763 މީހުންގެ ތެރެއިން ބާކީތިބި 9763 މީހުންނަށް ފުލެޓް ދިނުމަށް އިންޑިއާގެ އެލްއޯސީ އިން ފައިނޭސް ހަމަޖައްސައި، އިތުރު 6000 ފުލެޓް އެޅުމަށް، މިހާރު ފުލެޓް އެޅުމުގެ މަސަތްކަތް ކުރަމުންދާ އިންޑިއާގެ ދެކުންފުނި ކަމަށްވާ ކޭޕީއައިއެލް (އެންބީސީސީ) އާއި އެކު 3 އޮގަސްޓް 2023 ގައި އެމްޑީޕީ ސަރުކާރުން ސޮއިކޮށް ހަވާލުކޮށްފައިވެއެވެ. މި 4000 ފްލެޓާއި، ޖޭއެމްސީ ޕްރޮޖެކްޓުސް އާއި ހަވާލުކޮށްފައިވާ 2000 ފުލެޓް އެޅުމުގެ މަސައްކަތް މި ސަރުކާރުން ހުއްޓާލި އިރު ގެއްލިގެން އެ ދިޔައީ ކިތައް މީހުންގެ ހައްގު ބާވައެވެ؟ މި ހައްގު ގެއްލުނު އެންމެންނަކީ މުއިއްޒުގެ ވައުދުގައިވާ ގޮތުން މި ސަރުކާރުން ފްލެޓް ހަމަޖައްސައިދޭން ޖެހޭނެ މީހުންނެވެ.

މީގެ އިތުރުން ރާއްޖޭގެ އެޕޯލޯ ކުންފުންޏާއި ހަވާލުކުރެވިގެން ކުރިއަށްގެންދާ 1000 ފުލެޓުގެ ކަންކަން ގެންދަނީ އެމްޑީޕީ ސަރުކާރުން ނިންމާފައިވާ ގޮތަކަށް ނޫނެވެ. އޭގައި އެ ކުންފުނިން ފުރަތަަމަ ނިންމަން ޖެހޭނީ ސޯޝަލް ހައުސިންގ ގެ ތެރޭގައި ހިމެނޭ ފްލެޓްތަކެވެ. އެއީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިސްކަން ދިނުމަށެވެ. އެއާ ޚިލާފަށް ފެންނަނީ ސޯޝަލް ހައުސިންގ ގެ ބައި ހުއްޓާލުމަށްފަހު ވިޔަފާރީގެ އުސޫލުން ކުރިއަށް ގެންދާ ބަޔަށް އިސްކަންދޭން މިސަރުކާރުން ދޫކޮށްލައިގެން ތިބި ތަނެވެ. އާންމު ނިކަމެތި ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ކުޑަވެސް ފަރުވާލެއް ނެތެވެ.

ޖުމުލަ 7000 ފްލެޓްގެ އަމަލީ މަސައްކަތް އެމްޑީޕީ ސަރުކާރުން އޮތީ ފަށާފައެވެ. މި 7000 ފުލެޓްގެ މަސައްކަތް ކުރިއަށް ނުގެންގޮސް 2 އަހަރު ދުވަސް ފާއިތު ވަމުން ދާއިރު ނިމިފައިވާ 4000 ފްލެޓް ހަވާލުކުރުމުގެ އެއްބަސްވުން އެކުލަވާލާފައިވާ 4000 ފަރާތްތަކަށް ފްލެޓް ހަވާލުކުރުން ނޫން އިތުރު ގޮތެއް އެއްވެސް ހަމައަކުން މިސަރުކާރަށް އޮންނާނެ ކަމަކަށް ނުފެނެއެވެ.

އަނެއްކޮޅުން ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ހަވާލުކުރެވޭ ފްލެޓުތަކާއި ގުޅިގެން ކުލީގެ އެއްބަސްވުން އެކުލަވާލައި، އެ ތަންތަނުގެ ކުލި ކަނޑައަޅާ ނިމިފައިވަނިކޮށް ކުއްޔަށް ބަދަލު ގެނައި އިރު އޭގައި ގާނޫނީ ހަމައެއް ވެސް ނެތެވެ. އެއީ ދެފަރާތުން އެއްބަސްވެ ނިމިފައި އޮތް ކަމެކެވެ. މި ސަރުކާރުން ފްލެޓުތަކުގެ މަސައްކަތާ ހަވާލުވުމަށްފަހު، އެ ތަންތަނުގެ ކުލި ބޮޑުކޮށް، އެޑްވާންސްގެ ގޮތުގައި ބޮޑު އަދަދެއް ދެއްކުމަށް ރައްޔިތުންނަށް މަޖުބޫރު ކޮށްފައި ވަނީ އެމްޑީޕީ ސަރުކާރުން ކަނޑައަޅާ ގެޒެޓް ކޮށްފައިވާ އުސޫލާ މުޅިން ހިލާފަށެވެ.

ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ ރައްޔިތުންނަކީ، އަމިއްލަ ބޯހިޔާވަހިކަމަށް ފެންބޮވައިގެންފައިވާ ރައްޔިތުންތަކެއް ކަން އެނގި ހުރެ، މުއިއްޒުގެ ސަރުކާރުން ހަދަމުން އެދަނީ ބޭނުން ގޮތެކެވެ. ސާރުކާރުގެ ބާރު ގަދަވެފައި ރައްޔިތުން ނިކަމެތި ވުމުން ގޮތް ނިންމާތަން މުޅިން ވެސް މި ފެންނަނީ ސަރުކާރުންނެވެ. އެ ނިންމާ ގޮތަކަށް ރުހެންޏާ ރުހެންވީއެވެ. ނުރުހެންޏާ ތިބެންވީއެވެ. އެއިން ކަމަކަށް އިއުތިރާޒު ކުރާނެ ޖާގައެއް ނެތެވެ. ހެދޭނެ ގޮތެއް ވެސް ދާނެ ތަނެއްވެސް ނެތެވެ.

ރައީސް މުއިއްޒުގެދޮރުވެރިޔާ ސްކީމްހައުސިންގް މިނިސްޓްރީފަހި ދިރިއުޅުން ކޯޕަރޭޝަންސޯޝަލް ހައުސިންގ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު