Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާ

"އެލްއާރްޑީ ބޭނުންކުރި މައްސަލަ ހުށަހެޅެން ހުރި ދުނިޔޭގެ ހުރިހާ އިދާރާއަކަށް ހުށަހަޅާނަން."

ސޮނިކް ވެޕަން ބޭނުންކުރަމުން ދިޔަ އިރު ވެސް އާއްމުން ދިޔައީ މުޒާހަރާގައި ބައިވެރިވެ އަޑު އުފުލަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2025 | އާދީއްތަ 07:15
މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބޭނުންކުރި ލޯންގް ރޭންޖް އެކޮސްޓިކް ޑިވައިސްސް (އެލްއާރުއޭޑީ)

މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބޭނުންކުރި ލޯންގް ރޭންޖް އެކޮސްޓިކް ޑިވައިސްސް (އެލްއާރުއޭޑީ)

ހުކުރު ދުވަހުގެ ރޭ އެމްޑީޕީ އިން ކުރިއަށް ގެންދިޔަ "ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ސޮނިކް ވެޕަން ބޭނުންކޮށްފައިވާ މައްސަލަ ދުނިޔޭގެ ހުށަހެޅެން ހުރި ދުނިޔޭގެ ހުރިހާ އިދާރާ އަކަށް ހުށަހަޅުއްވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެފަދައިން ވިދާޅުވީ އެމްޑީޕީ އިން ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މިއީ ރާއްޖޭގައި މުޒާހަރާ އެއް ކޮންޓްރޯލް ކުރުމަށް ސޮނިކް ވެޕަން ބޭނުންކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

Advertisement - newsAdvertisement

ސޮނިކް ޑިވައިސްގެ ބޭނުން ފުލުހުންކޮށްފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. ކޮންވެންޝަން އެގެއިންސްޓް ޓޯޗަރ ޓްރީޓީގެ ދަށުން އަޅުގަނޑުމެންނަށް

"މި ފުރުސަތުގައި ދަންނަވާލަން ބޭނުން. ވަރަށް ހިނި އައިސްފައި އެ މެޝިން ޖައްސައިގެން އިން ޕޮލިހަށް ބޭނުން ދަންނަވަން އަޅުގަނޑުމެން ދުނިޔޭގެ ކޮންމެތަނަކަށް ވިޔަސް ލެވެން އޮތްތާކަށް ލާނެ ވާހަކަ ދަންނަވަން" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ފުލުހުންނަށް ވެސް ފަނޑިޔާރުންނަށް ވެސް ވަޒީފާގެ ބިރު އޮތްކަން ޤަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެ ބޭފުޅުންގެ ވަޒީފާގެ ރައްކާތެރިކަމަށްޓަކާ ޤާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ނިގުޅައިގަތުން ބަލައިނުގަނެވޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"ތި ބޭފުޅުންގެ ވަޒީފާ ރައްކާތެރިކުރުމަށްޓަކާ އަނެއް މީހާ އަށް ދޭ އަނިޔާ ބަލައެއް ނުގަނެވޭ. އިލެކްޝަން ކޮމިޝަނަށް ވެސް ހިއުމަން ރައިޓްސް އަށް ވެސް އެހެން މިނިވަން މުއައްސަސާތަކަށް ވެސް ފުލުހުންގެ މިފަދަ އަމަލުތައް ހިންގަވްނ ތިއްބެވި ބޭފުޅުންނަށް ވެސް ދަންނަވަން އޮތީ ޢައިރު ޤާނޫނީ އަމުރުގަ ނުޖެހޭށޭ." ފައްޔާޒް ވިދާޅުވިއެވެ.

ސޮނިކް ވެޕަން އަކީ ލޯންގް ރޭންޖް އެކޮސްޓިކް ޑިވައިސް ނުވަތަ އެލްއާރުއޭޑީ ބޭނުންކޮށްގެން އުފައްދާ ގަދަ އަޑެއް ކަމަށް ވާއިރު މިއީ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެއްކަން ފާހަގަކޮށްލެވެއެވެ.

ސޮނިކް ވެޕަންގެ ސަބަބުން ބޮލަށް އެނބުރުން އެރުން އަދި ކަންފަތް ބައްވުން، ކަންފަތަށް ދާއިމީ ގެއްލުންވުން ފަދަ ކަންކަންވެއެވެ. އެހެންނަމަވެސް މި ވެޕަން ބޭނުންކުރަމުން ދިޔަ އިރު ވެސް އާއްމުން ދިޔައީ މުޒާހަރާގައި ބައިވެރިވެ އަޑު އުފުލަމުންނެވެ.

އެމްޑީޕީފައްޔާޒް އިސްމާއިލްސޮނިކް ވެޕަންދިވެހި ފުލުހުންލޫޓުވައިފި މުޒާހަރާއިންސާނީ ހައްޤުތައް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު