Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންސާނީ ހައްޤުތައް

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ރެކޯޑުތައް އދ އިން ބަލަނީ، ޖަވާބުދާރީ ވުމަށް އޭޖީ އުޝާމް ޖެނީވާ އަށް

4 ނޮވެމްބަރު 2025 | އަންގާރަ 07:28

ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކުގެ ރެކޯޑް ހަތަރުވަނަ ފަހަރަށް އދ.ގެ ޔޫޕީއާރު ވޯކިންގ ގްރޫޕުން 5 ނޮވެމްބަރު 2025 ގައި ޖެނީވާގައި ރިވިއު ކުރާނެއެވެ. އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ލީޑަރޝިޕުގެ ދަށުން ކުރިން ބޭއްވި ރިވިއުތަކުގެ ލަފާތައް ތަންފީޒު ކުރުމުގެ ތަފްސީލާއި ފަހުގެ ކުރިއެރުންތައް ދިވެހިރާއްޖެއިން ހުށަހަޅާނެއެވެ.

ހަތަރުވަނަ ޔޫޕީއާރު ސައިކަލްގައި ކުރިން ބޭއްވި ރިވިއުތަކުގައި ހުށަހެޅި ލަފާތައް ތަންފީޒު ކުރުމަށް އެޅި ފިޔަވަޅުތައް ތަފްސީލްކޮށް ބަޔާން ކުރުމަށް ހަމަޖެހިފައިވޭ

ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2025 | އަންގާރަ 07:28
ޖެނީވާ ގައި ހުންނަ އދ ގެ މައި މަރުކަޒު ގައި ބޭއްވި ހިއުމަން ރައިޓްސް ކައުންސިލްގެ ދެވަނަ ޖަލްސާ ގެ ތެރެއިން -  18 ސެޕްޓެމްބަރ 2006

ޖެނީވާ ގައި ހުންނަ އދ ގެ މައި މަރުކަޒު ގައި ބޭއްވި ހިއުމަން ރައިޓްސް ކައުންސިލްގެ ދެވަނަ ޖަލްސާ ގެ ތެރެއިން - 18 ސެޕްޓެމްބަރ 2006

ދިވެހިރާއްޖޭ ގެ އިންސާނީ ހައްގުތަކުގެ ރެކޯޑް ހަތަރު ވަނަ ފަހަރަށް އދ.ގެ އިންސާނީ ހައްގުތަކުގެ ކައުންސިލްގެ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) އިން ބެލުމަށް ޝެޑިއުލް ކޮށްފިއެވެ.

ޔޫޕީއާރު އިން ބުދަ ދުވަހު ޖެނީވާގައި ބާއްވާ ބައްދަލުވުން ލައިވްކޮށް ވެބްކާސްޓް ކުރުމަށް ވަނީ ހަމަ ޖެހިފައެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖެ އަކީ ނޮވެމްބަރު 3 ން 14 ށް ކުރިއަށް ގެންދާ ސެޝަންގައި ޔޫޕީއާރު ވޯކިންގ ގްރޫޕުން ރިވިއު ކުރުމަށް ހަމަޖެހިފައިވާ 14 ގައުމުގެ ތެރެއިން އެއް ގައުމެވެ. ދިވެހިރާއްޖޭގެ ފުރަތަމަ، ދެވަނަ އަދި ތިންވަނަ ޔޫޕީއާރު ރިވިއުތައް ބާއްވާފައި ވަނީ 2010 ނޮވެމްބަރު، 2015 މެއި، އަދި 2020 ނޮވެމްބަރުގައެވެ.

ޔޫޕީއާރު ވޯކިންގ ގްރޫޕު އެކުލެވިގެން ވަނީ އިންސާނީ ހައްގުތަކުގެ ކައުންސިލްގެ 47 މެމްބަރު ގައުމުގެ މައްޗަށެވެ. ނަމަވެސް، މި ރިވިއު ގައި އދ.ގެ ކޮންމެ މެމްބަރަކަށް ނުވަތަ އޮބްޒާވަރު ގައުމަކަށް ބައިވެރިވެވިދާނެއެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ކަންކަން ހުރި ގޮތް ޔޫޕީއާރު އިން ބަލާއިރު، ރިވިއު ބިނާކުރެވިފައިވާ ލިޔުންތަކަކީ: 1) ގައުމީ ރިޕޯޓް - ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތު؛ 2) މިނިވަން އިންސާނީ ހައްގުތަކުގެ ތަޖުރިބާކާރުންނާއި ގްރޫޕުތަކުގެ ރިޕޯޓުތަކުގައި ހިމެނޭ މައުލޫމާތު، މިއީ ސްޕެޝަލް ޕްރޮސީޖާސް، އިންސާނީ ހައްގުތަކުގެ ޓްރީޓީ ބޮޑީތަކާއި އދ.ގެ އެހެނިހެން އިދާރާތަކުގެ ގޮތުގައި ބެލޭ ފަރާތްތައް؛ އަދި 3) ގައުމީ އިންސާނީ ހައްގުތަކުގެ މުއައްސަސާތަކާއި، ސަރަހައްދީ ޖަމިއްޔާތަކާއި، ސިވިލް ސޮސައިޓީ ގްރޫޕުތައް ހިމެނޭ އެހެނިހެން ބައިވެރިންގެ ފަރާތުން ފޯރުކޮށްދޭ މައުލޫމާތުގެ މައްޗަށެވެ.

ޔޫޕީއާރު އިން ކުރާ މައިގަނޑު މަސައްކަތަކީ އދ.ގެ 193 މެމްބަރު ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ރެކޯޑުތައް ޕިއަރ ރިވިއު ކުރުމެކެވެ. 2008 އޭޕްރީލްގައި ފުރަތަމަ ބައްދަލުވުން ބާއްވާފައިވާތާ ފެށިގެން، އދ.ގެ 193 މެމްބަރު ގައުމުތައް ތިން ފަހަރު ރިވިއު ކޮށްފައިވެއެވެ. ހަތަރު ވަނަ ޔޫޕީއާރު ސައިކަލްގައި، ކުރިން ބޭއްވި ރިވިއުތަކުގައި ހުށަހެޅި ލަފާތައް ގައުމުތަކުން ތަންފީޒު ކުރުމަށް އެޅި ފިޔަވަޅުތައް ތަފްސީލްކޮށް ބަޔާން ކުރުމާއި، ގައުމުގައި އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ކަންކަން ކުރަމުން ގެންދާ ގޮތް ބެލުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ ވަފްދުގައި އިސްކޮށް ހުންނެވީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމެވެ.

ދިވެހިރާއްޖޭގެ ރިވިއު ގައި ރެޕަޓުއަރުންގެ ގޮތުގައި ތިބޭނީ ޑޮމިނިކަން ރިޕަބްލިކް، މާޝަލް އައިލެންޑްސް އަދި ރުމޭނިއާ އެވެ.

ރިވިއު އަށް ފަހު ޔޫޕީއާރު ވޯކިންގ ގްރޫޕުން ދިވެހިރާއްޖެ އަށް ހުށަހަޅާ ލަފާތައް ފާސްކުރުމަށް ހަމަޖެހިފައިވަނީ 14 ނޮވެމްބަރު 2025 ވާ ހުކުރު ދުވަހު އެވެ.

ދިވެހިރާއްޖެޔޫޕީއާރުއިންސާނީ ހައްޤުތައް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
03 ޑިސެމްބަރު 2025

އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި

03 ޑިސެމްބަރު 2025
އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި
01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
28 ނޮވެމްބަރު 2025

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި
25 ނޮވެމްބަރު 2025

ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!

25 ނޮވެމްބަރު 2025
ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!
20 ނޮވެމްބަރު 2025

އަންނަ ޖެނުއަރީ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް

20 ނޮވެމްބަރު 2025
އަންނަ ޖެނުއަރީ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް
17 ނޮވެމްބަރު 2025

ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް

17 ނޮވެމްބަރު 2025
ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް
13 ނޮވެމްބަރު 2025

އޮޕަރޭޝަން އަލިމަގު: 97 މީހަކު ހައްޔަރުކޮށް، ތަހުގީގު ފަށައިފި

13 ނޮވެމްބަރު 2025
އޮޕަރޭޝަން އަލިމަގު: 97 މީހަކު ހައްޔަރުކޮށް، ތަހުގީގު ފަށައިފި
12 ނޮވެމްބަރު 2025

ޓްރޭޑްމާރކް ބިލު، ތަސްދީޤުކުރައްވައިފި

12 ނޮވެމްބަރު 2025
ޓްރޭޑްމާރކް ބިލު، ތަސްދީޤުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް