Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ އިންސާނީ ހައްގު ތަކުގެ މައްސަލަ ސްޕެއިން އިން ތަހުގީގު ކުރަނީ

އެޓާނީ ޖެނަރަލް އެކުލަވާލާފައިވާ ތަހުގީގީ ޓީމުގެ މަޤުސަދަކީ ހެކިތައް އެއްކޮށް، ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރުމެވެ. އެއީ ބައިނަލްއަޤުވާމީ އެއްބާރުލުމާއި، އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ސެޕެއިންގެ ޒިންމާ އަދާ ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެއް ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

ގާޒާގައި ހިނގާ އިންސާނީ ޙައްޤުތަކުގެ ޚިލާފު ޢަމަލުތައް ތަޙުޤީޤު ކުރުމަށް ސްޕެއިން އިން ނިންމައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2025 | ބުރާސްފަތި 10:24
ސްޕެއިންގެ ބާސެލޯނާގެ އިމާރާތެއްގައި ފަލަސްޠީނުގެ ދިދަ

ސްޕެއިންގެ ބާސެލޯނާގެ އިމާރާތެއްގައި ފަލަސްޠީނުގެ ދިދަ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ޣައްޒާގެ އިންސާނީ ހައްގު ތަކުގެ މައްސަލައިގައި، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އަށް އެހީތެރިވުމަށް ސްޕެއިން އިން ނިންމައިފި އެވެ.

ބުރާސްފަތި ދުވަހު އެކަން ހާމަ ކުރައްވާފައި ވަނީ ސްޕެއިންގެ އެޓާނީ ޖެނަރަލް އެވެ. ސްޕެއިންގެ އެޓާނީ ޖެނަރަލްގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ސްޕެއިންގެ ތަޖުރިބާކާރު ޕްރޮސެކިއުޓަރު އަދި އެޓާނީ ޖެނަރަލް އަލްވާރޯ ގާސިއާ ވަނީ ޣައްޒާގައި ހިނގާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތައް ތަހުގީގި ކުރުމަށް ޚާއްސަ ޓީމެއް އެކުލަވާލުމަށް އަމުރު ނެރެފައި ކަމަށެވެ.

އެޓާނީ ޖެނަރަލް އެކުލަވާލާފައިވާ ތަހުގީގީ ޓީމުގެ މަޤުސަދަކީ ހެކިތައް އެއްކޮށް، ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރުމެވެ. އެއީ ބައިނަލްއަޤުވާމީ އެއްބާރުލުމާއި، އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ސެޕެއިންގެ ޒިންމާ އަދާ ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެއް ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާ ތަކުގެ ސަބަބުން، އައިސީސީ އިން ވަނީ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް އަށް އަމާޒުކޮށް، ޣައްޒާގައި ހިންގާ ހަނގުރާމަ އާއި ހަނގުރާމައިގެ ކުށްތަކާއި، އިންސާނިއްޔަތާ ދެކޮޅު ކުށްތައް ކުރުމުގެ ތުހުމަތުގައި އެ ދެ މީހުން ހައްޔަރު ކުރުމުގެ އަމުރެކެވެ.

މީގެ އިތުރުން، ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އާއި، ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގާ ކަމުގެ ދައުވާ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ކުރިއަށް ދާއިރު، ސްޕެއިން އިން ވަނީ އެ މައްސަލައިގައި ބައިވެރިވެފަ އެވެ.

ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ މި ދެ ކޯޓުން، މި މައްސަލަތަކާ މެދު އަމަލު ކުރާ ގޮތާ މެދު އިސްރާއީލް އާއި އެ ޤައުމުގެ ބައެއް ރަޙުމަތްތެރިން ވަނީ ނުރުހުންވެ، ފާޑު ކިޔައިފަ އެވެ. މިއަހަރުގެ ފެބްރުވަރީ މަހު އެމެރިކާ އިން ވަނީ، ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރާ ގުޅިގެން، އައިސީސީ އިން ބޭރުގެ ބޭނުން ނަހަމަ ގޮތުގައި ކުރާ ކަމަށް ބުނެ، އެ ކޯޓާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމައިފަ އެވެ.

އައިސީސީގެ މެމްބަރުންގެ ގޮތުގައި 125 ޤައުމު ހިމެނޭއިރު، އިސްރާއީލް އިން ވަނީ އެ މައްސަލަތައް ބެލުމުގެ އިހުތިޞާޞް އައިސީސީ އަށް ލިބިގެންދާ ކަމާ މެދު ވެސް ސުވާލު އުފައްދައިފަ އެވެ.

މަސްދަރު: އޭއެފްޕީ

އިސްރާއީލް-ޣައްޒާސްޕެއިންއައިސީސީއިންސާނީ ހައްޤުތައްހަނގުރާމައިގެ ކުށްތައްޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
02 ޑިސެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
05 ނޮވެމްބަރު 2025

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކުގެ ހެކި ހިމެނޭ 700 ވީޑިއޯ ޔޫޓިއުބް އިން ސިއްރުން ޑިލީޓުކޮށްފި

05 ނޮވެމްބަރު 2025
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކުގެ ހެކި ހިމެނޭ 700 ވީޑިއޯ ޔޫޓިއުބް އިން ސިއްރުން ޑިލީޓުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު