Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީޑިއާ ކޮންޓްރޯލް ބިލު

މީޑިއާ ރެގިއުލޭޓް ކުރާ ބިލުގެ ދަށުން އޮންލައިންކޮށް ޚިޔާލުފާޅު ކުރާ ފަރާތްތައް ރެގިއުލޭޓު ކުރުމަކީ އެޗްއާރުސީއެމް އިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް މަޖިލީހަށް އަންގައިފި

13 ސެޕްޓެމްބަރު 2025 | ހޮނިހިރު 10:13

އޮންލައިންކޮށް ޚިޔާލުފާޅު ކުރާ ފަރާތްތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންނާކަށް ނުޖެހޭ ކަމަށް އެޗްއާރުސީއެމް އިން ވަނީ ބުނެފައި

ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2025 | ހޮނިހިރު 10:13
ސޯޝަލް ހައުސިން ސްކީމާ ގުޅޭ ކަންބޮޑުވުންތައް އެޗްއާރުސީއެމްގެ މެމްބަރުން އަޑުއައްސަވަނީ

ސޯޝަލް ހައުސިން ސްކީމާ ގުޅޭ ކަންބޮޑުވުންތައް އެޗްއާރުސީއެމްގެ މެމްބަރުން އަޑުއައްސަވަނީ

ސަރުކާރުން ފާސް ކުރަން މަސައްކަތް ކުރާ މީޑިއާ ރެގިއުލޭޓް ކުރާ ބިލުގައި އޮންލައިންކޮށް ޚިޔާލުފާޅު ކުރާ ކޮންމެ ފަރުދަކު ރަޖިސްޓަރީވެ ލައިސަންސް ހޯދާ ރެގިއުލޭޓު ވާންޖެހޭ ގޮތައް އޮތުމަކީ ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށް ބުނެފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިކަން ހާމަ ކުރީ ރައްޔިތުންގެ މަޖިލީހަށް، ރާއްޖޭގެ ގިނަ ރައްޔިތުންގެ ނުރުހުން އަމާޒުވެފައިވާ މި ބިލާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތަކާއި ބިލަށް އިސްލާހު ގެންނަން ޖެހޭ ކަންކަން ފާހަގަ ކޮށް ފޮނުވި 24 ސަފްހާގެ ދިގު ލިޔުމެއްގައެވެ.

Advertisement - newsAdvertisement

"ބްލޮގަރުން، ނުވަތަ އޮންލައިންކޮށް އަމިއްލަ ޚިޔާލު ފާޅުކުރާ، ނުވަތަ ވާހަކަ ހިއްސާކުރާ، ނުވަތަ އައު ޚިޔާލުތައް ހުށަހަޅާ، ކޮންމެ ފަރުދަކު ރަޖިސްޓަރީވެ، ލައިސަންސް ހޯދާ، ދައުލަތުގެ ކޮމިޝަނެއްގެ ބެލުމުގެ ދަށުން ރެގިއުލޭޓް ކުރުަމަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ،" އެޗްއާރުސީއެމް އިން ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައިވެއެވެ.

އެ ކޮމިޝަނުން ބުނެފައިވަނީ މިފަދަ އުސޫލެއް ގެންގުޅުމަކީ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކާ ޚިލާފު އަދި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެގެންދާ ކަމެއް ކަމުގައެވެ.

"ޑިމޮކްރަޓިކް ގައުމުތަކުގައި މިނިވަން އަޑުތަކާއި، ރައްޔިތުންގެ ނޫސްވެރިކަން ރައްކައުތެރިކޮށްދޭ،" ކަމަށާއި "އަދި އެއީ ދައުލަތުގެ ބާރުގެ ދަށަށް ގެންނަން ޖެހޭ ކަމެއްގެ ގޮތުގައި އެ ގައުމުތަކުން ނުދެކޭ،" ކަމަށް ވެސް އެޗްއާރުސީއެމް އިން ފާހަގަ ކޮށްފައިވެއެވެ.

އެޗްއާރުސީއެމް ގެ ހުށަހެޅުމުގައި، މިހާރު މަޖިލިހުގައި އޮތް ބިލުގައި ވާ ގޮތާ ޚިލާފަށް، ބްރޯޑްކާސްޓް މީޑިއާ ރެގިއުލޭޓް ކުރުމަށް ކަނޑައަޅާ ކޮމިޝަން ތައް ހުރި ނަމަވެސް ޕްރިންޓް މީޑިއާ އަށް ޑިމޮކްރަޓިކް ގައުމުތަކުގައި އޮންނަނީ އަމިއްލަ އަށް ރެގިއުލޭޓް ކުރާ ނިޒާމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

އެޗްއާރުސީއެމް އިން ފާހަގަ ކޮށްފައިވާ ގޮތުގައި، އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީ އާއި އޮގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް އިން ކަނޑައަޅާފައިވާ ބައިނަލްއަގްވާމީ މިންގަނޑުތަކުން އޮންލައިން ކޮންޓެންޓް ކްރިއޭޓަރުންނަށް ލައިސަންސް ނުވަތަ ރެޖިސްޓްރޭޝަން ޝަރުތުކުރުން ނުވަތަ މަޖުބޫރު ކުރާ ގަވައިދުތައް ކަނޑަނޭޅުމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

"އެއީ މިނިވަން ޚިޔާލުފާޅު ކުރުަމަށް ހުރަސްއެޅި، ސަރުކާރު ޖަވާބުދާރީ ކުރުވަނިވި މަޝްވަރާތަކަށް ހުރަސްއެޅޭނެއަތީއެވެ."

ދިވެހިރާއްޖެ އިން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލް އަގްވާމީ މުއާހަދާ (އައިސީސީޕީއާރު) ޖެނެރަލް ކޮމެންޓް 34 ގައި ބަޔާން ކޮށްފައިވާ ގޮތުން، ބްލޮގަރުން އަދި އެނަލިސްޓުން ފަދަ ފަރާތްތައް ރަޖިސްޓަރީ ކުރުވުމާއި ލައިސަންސް ނަގަންޖެހޭ ގޮތައް ހެދުމަކީ އެ މުއާހަދާގެ 19 ވަނަ މާއްދާ އާ ޚިލާފު ކަމެއް ކަމުގައިވެސް އެޗްއާރުސީއެމް އިން ވަނީ ބުނެފައެވެ.

އެޗްއާރުސީއެމް އިން ފާހަގަ ކޮށްފައިވާ ގޮތުގައި، އިނގިރޭސިވިލާތް، ނިއުޒީލެންޑް، އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައިވެސް ނޫސް މަޖައްލާތައް ރަޖިސްޓަރީ ކުރުން ލާޒިމެއް ނޫނެވެ.

ޚިޔާލުފާޅު ކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އިންނާއި ދިވެހިރާއްޖެ އިން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާ - އައިސީސީޕީއާރު އިން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށް ވެސް އެޗްއާރުސީއެމް އިން ވަނީ ބުނެފައެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ފުޅާ ދާއިރާ އެއް ގައި މިނިވަންކަން ދޭންވާނެ ކަމަށް ބައިނަލްއަގްވާމީ މިންގަނޑުތަކުގައި ބަޔާން ކޮށްފައިވާކަން އެޗްއާރުސީއެމް އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ލިޔުމުގައި ފާހަގަކޮށްފައި ވެއެވެ.

އެޗްއާރުސީއެމް ގެ ހުށަހެޅުމުގައި ވަނީ ބިލުގެ ހަތްވަނަ ބާބު މުޅިން އުވާލައި، އަދި މަޖައްލާ މި ބިލުގައި މާނަ ކޮށްފައިވާ ގޮތްވެސް އިސްލާހު ކުރުމަށެވެ.

މަސްދަރު: އެޗްއާރުސީއެމް

އެޗްއާރްސީއެމްމީޑިއާ ރެގިއުލޭޝަންދުލާއި ގަލަމުގެ މިނިވަންކަންމަޖިލީސްއޮންލައިން މީޑިއާއިންސާނީ ހައްޤުތައް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި

03 ޑިސެމްބަރު 2025
އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި
01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
27 ނޮވެމްބަރު 2025

މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

27 ނޮވެމްބަރު 2025
މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
05 ނޮވެމްބަރު 2025

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކުގެ ހެކި ހިމެނޭ 700 ވީޑިއޯ ޔޫޓިއުބް އިން ސިއްރުން ޑިލީޓުކޮށްފި

05 ނޮވެމްބަރު 2025
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކުގެ ހެކި ހިމެނޭ 700 ވީޑިއޯ ޔޫޓިއުބް އިން ސިއްރުން ޑިލީޓުކޮށްފި
04 ނޮވެމްބަރު 2025

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ރެކޯޑުތައް އދ އިން ބަލަނީ، ޖަވާބުދާރީ ވުމަށް އޭޖީ އުޝާމް ޖެނީވާ އަށް

04 ނޮވެމްބަރު 2025
ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ރެކޯޑުތައް އދ އިން ބަލަނީ، ޖަވާބުދާރީ ވުމަށް އޭޖީ އުޝާމް ޖެނީވާ އަށް
29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
27 އޮކްޓޯބަރު 2025

ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް

27 އޮކްޓޯބަރު 2025
ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް
24 އޮކްޓޯބަރު 2025

މުއިއްޒު ޖައްސަވަނީ ނުބައި ހިސާބެއް، ޤާނޫނަށް ބަދަލުގެނެސްގެން އާއްމުން ތަޅެއް ނޭޅުވޭނެ : ޔައުގޫބް

24 އޮކްޓޯބަރު 2025
މުއިއްޒު ޖައްސަވަނީ ނުބައި ހިސާބެއް، ޤާނޫނަށް ބަދަލުގެނެސްގެން އާއްމުން ތަޅެއް ނޭޅުވޭނެ : ޔައުގޫބް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް