Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިވަން މީޑިއާ

މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމާއި ކޮމަންވެލްތު ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމަށް ކެނެޑާއިން ރާއްޖެއަށް ގޮވާލައިފި

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިންސާނީ ޒާތުގެ މައިގަނޑު ބައެއްކަމަށް ކެނެޑާއިން ދެކޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2025 | ހޯމަ 13:57
މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން ބޭއްވި މުޒާހަރާގައި ފުލުހުން ނޫސްވެރިންނަށް އަނިޔާކުރަނީ

މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން ބޭއްވި މުޒާހަރާގައި ފުލުހުން ނޫސްވެރިންނަށް އަނިޔާކުރަނީ

ރާއްޖޭގެ މީޑިއާ އަދި ބްރޯޑްކާސްޓިންގ ބިލު ފާސްކުރުމާ ގުޅިގެން، މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމާއި ކޮމަންވެލްތު ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމަށް ކެނެޑާއިން ރާއްޖެއަށް ގޮވާލައިފިއެވެ.

ސްރީލަންކާގައި ހުންނަ ލަންކާ އަދި ރާއްޖޭގެ ކަންކަން ބަލަހައްޓާ ހައިކޮމިޝަނުން ބުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލް ތަސްދީގުކުރުމުން، މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމާއި ކޮމަންވެލްތު ޗާޓަރުގެ ހިއްސާކުރެވޭ އަގުތައް ހިފެހެއްޓުމަށް ހަނދާންކޮށްދޭ ކަމަށެވެ.

Advertisement - newsAdvertisement

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިންސާނީ ޒާތުގެ މައިގަނޑު ބައެއްކަމަށާއި، ރައްކާތެރި އަދި ފުދުންތެރި މުޖުތަމައެއް ބިނާކުރުމުގެ އެންމެ މުހިންމު އަސާސްތަކުގެ ތެރެއިން އެއް އަސާސްކަމުގައި ކެނެޑާއިން ދެކޭ ކަމަށް ބުނެފައިވެއެވެ. އަދި އެއްވެސް ފަރާތެއްގެ ނުފޫޒަކާ ނުލައި ޚިޔާލު ގެންގުޅުމުގެ ޙައްޤާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަކީ އދ.ގެ އިންސާނީ ޙައްޤުތަކުގެ ޢާންމު ޤަރާރުގެ 19 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ ޙައްޤެއް ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާގެ 19 ވަނަ މާއްދާގައިވެސް މި ޙައްޤު އަލުން ތަކުރާރުކޮށްފައިވާކަން ކެނެޑާއިން ވަނި ބުނެފައެވެ.

މީގެ ތެރޭގައި އަނގަބަހުން، ލިޔުމުން، ޗާޕުކޮށްގެން ނުވަތަ އެހެން ޒަރީއާއަކުން ނަމަވެސް މަޢުލޫމާތާއި ޚިޔާލު ހޯދައި، ލިބިގަނެ އަދި ފޯރުކޮށްދިނުމުގެ މިނިވަންކަން ހިމެނެއެވެ. މި ޙައްޤުތަކަށް ހަނިކުރުމެއް ގެނެވޭނީ ހަމައެކަނި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މީޑިއާގެ މިނިވަންކަމަކީ ޑިމޮކްރެޓިކް މުޖުތަމަޢުތަކުގެ މުހިންމު ބައެއްކަމަށާއި، އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަން ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ކެނެޑާއިން ގަބޫލުކުރެއެވެ. ސަރުކާރުތައް ޖަވާބުދާރީކުރުވުމަށްޓަކައި، ރައްޔިތުންނަށް ސައްޙަ މަޢުލޫމާތާއި ފުރިހަމަ ތަޙްލީލުތައް ފޯރުކޮށްދިނުމަށް މިނިވަން މީޑިއާއެއްގެ ބޭނުން ކޮންމެހެން ޖެހޭ ކަމަށް ބުނެފައިވެއެވެ.

ކެނެޑާއިން މިފަދައިން ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މީޑިއާ ބިލު ތަސްދީގުކޮށް، ރާއްޖޭގެ މިނިވަން މީޑިއާއާއި ރައްޔިތުންނަށް މިނިވަން ކަމާއެކު ބަސް ބުމުގެ ހައްގު ކަފުންކޮށް ވަޅުލާފައިވަނިކޮށެވެ.

މި ގާނޫނުގެ ދަށުން ސަރުކާރުން ބޭނުންވެއްޖެނަމަ މި ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަން މެދުވެރިކޮށް ނޫސްތައް ބަންދުކުރުމާއި، ލައިސަންސް ހިފެހެއްޓުމާއި، ނޫސްވެރިންނަށް ދައުވާ ކުރުމާއި ބްރޯޑްކާސްޓިންގ ހުއްޓުވުމުގެ ބާރު ލިބިފައިވެއެވެ.

މި ޤާނޫނުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކޮށް، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތަޢާރަފުކުރުމާއި، ބްރޯޑްކާސްޓިންގ މީޑިއާ ވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުން ކަމަށް ސަރުކާރުން ބުނި ނަމަވެސް މި ގާނޫނާއެކު ސަރުކާރުން ކުރާ ވައްކަމުގެ ވާހަކަ ދެއްކުން މަނާވެ، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ އޮތް މިންވަރުގެ ވާހަކަ އާންމުންނަށް ދެން ނުދެއްކޭނެއެވެ. އަދި އެ ވާހަކަތަކަކީ ސަރުކާރުން ދޮގެއްކަމަށް ބުނެފި ނަމަ އެވާހަކަ ދެއްކި މީހަކާއި ނޫހަކަށް ވެސް ފިޔަވަޅު އެޅެއެވެ.

މީގެ އިތުރުން މި ގާނޫނުގެ ދަށުން ނޫސް މަޖައްލާ، ޓީވީ ރޭޑިއޯ އަދި އޮންލައިންތައް ރެގިއުލޭޓް ކުރެވޭ އިރު ސޯޝަލް މީޑިއާ (ޓިކްޓޮކް، އެކްސް، ފޭސްބުކް، އިންސްޓަގްރާމް) ތައް ވެސް ރެގިއުލޭޓް ކުރެވެއެވެ. އަދި ވަކި މީޑިއާތައް ޖޫރިމަނާކުރެވޭ މާއްދާ އޮތްގޮތަށް ގާނޫނުގައި އޮތް އިރު، ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށެވެ.

މިނިވަން މީޑިއާކެނެޑާކޮމަންވެލްތުދުލާއި ގަލަމުގެ މިނިވަންކަންއދއިންސާނީ ހައްޤުތައް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖޭ ގައި މިނިވަން މީޑިއާ އަށް ފުރުސަތު ދިނުމަށް އެތައް ގައުމަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި

ރާއްޖޭ ގައި މިނިވަން މީޑިއާ އަށް ފުރުސަތު ދިނުމަށް އެތައް ގައުމަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި

06 ނޮވެމްބަރު 2025
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކުގެ ހެކި ހިމެނޭ 700 ވީޑިއޯ ޔޫޓިއުބް އިން ސިއްރުން ޑިލީޓުކޮށްފި

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކުގެ ހެކި ހިމެނޭ 700 ވީޑިއޯ ޔޫޓިއުބް އިން ސިއްރުން ޑިލީޓުކޮށްފި

05 ނޮވެމްބަރު 2025
ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ރެކޯޑުތައް އދ އިން ބަލަނީ، ޖަވާބުދާރީ ވުމަށް އޭޖީ އުޝާމް ޖެނީވާ އަށް

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ރެކޯޑުތައް އދ އިން ބަލަނީ، ޖަވާބުދާރީ ވުމަށް އޭޖީ އުޝާމް ޖެނީވާ އަށް

04 ނޮވެމްބަރު 2025
ޣައްޒާގައި ބައިނަލްއަޤުވާމީ ބާރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

ޣައްޒާގައި ބައިނަލްއަޤުވާމީ ބާރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

26 އޮކްޓޯބަރު 2025
ނަސްލު ނައްތާލުމާ ދެކޮޅަށް މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ، ލޫލާގެ ނުރުހުން އދ އަށް

ނަސްލު ނައްތާލުމާ ދެކޮޅަށް މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ، ލޫލާގެ ނުރުހުން އދ އަށް

25 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު