Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މިނިވަން މީޑިއާ

މީޑިއާ ރެގިއުލޭޓް ކުރުމަށް ތަސްދީގު ކުރި ގާނޫނު އުވާލުމަށް އދ އިން ދިވެހި ސަރުކާރަށް ގޮވާލައފި

މީޑިއާ ގާނޫނަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަމަށް ބޮޑަށް ހުރަސްއެޅޭ ގާނޫނެއް ކަމަށް އދ އިން ބުނޭ

ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 15:06
އދ.ގެ ހައިކޮމިޝަނަރު ފޯ ހިއުމަން ރައިޓްސް ވޯލްކަރ ޓޫކް

އދ.ގެ ހައިކޮމިޝަނަރު ފޯ ހިއުމަން ރައިޓްސް ވޯލްކަރ ޓޫކް

އައު މީޑިއާ ގާނޫނަކީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަމަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ގާނޫނެއް ކަމަަށާއި އެ ގާނޫނު އުވާލުމަށް އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

ސެޕްޓެމްބަރު 18 ގައި ރައީސް ތަސްދީގު ކުރެއްވި ދިވެހިރާއްޖޭގެ މީޑިއާ އަދި ބްރޯޑްކާސްޓިންގް ރެގިއުލޭޓް ކުރުމުގެ އައު ގާނޫނުން ތައާރަފު ކޮށްފައިވާ އުސޫލުތަކަކީ، ރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ މުއާހަދާތަކާ ޚިލާފު އުސޫލުތަކެއް ހިމެނޭ ގާނޫނެއް ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ރެނުނު ބަޔާނުގައި ވެއެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީގެތެރޭގައި މީޑިއާގެ އިތުރުން ނޫސްވެރިންނާއި މީޑިއާގެ މަސައްކަތްތެރިން އުފައްދާ ކޮންޓެންޓަށް ހުރަސް އެޅުންތައް ހިމެނޭ ކަމުގައެވެ. އަދި މި ގާނޫނުން މީޑިއާ އަދި ބްރޯޑްކާސްޓިންގް ކޮމިޝަނަށް ތަހުގީގު ހިންގުމާއި، މީޑިއާގައި މަަސައްކަތް ކުރާ ފަރާތްތައް ޖޫރިމަނާ ކުރުމާއި، މީޑިއާގެ ލައިސަންސްތަކާއި ހުއްދަތައް ބާތިލްކޮށް ހިފެހެއްޓުމުގެ ބާރުތައް ވަރަށް ބޮޑަށް ދޭ ކަމަށް ފާހަގަ ކޮށްފައިވެއެވެ.

މި އާ ގާނޫނު ވުޖޫދަށް އައިސްފައި ވަނީ ހުސްވި އަހަރުގެ ތެރޭގައި މުއައްސަސާތަކުގެ ބާރުތައް ހަނިކުރެވި ޗެކް އެންޑް ބެލެންސް ގެ އުސޫލުތައް ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައިކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

"މިނިވަން، ގިނަ އަދި ތަފާތު މީޑިއާ ތަކަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ މައިގަނޑު ބަޔެކެވެ. އަދި އެއީ ޑިމޮކްރެޓިކް މުޖުތަމައެއްގެ މައިގަނޑު އެއް ތަނބުވެސްމެއެވެ،" ބަޔާނުގައި ވެއެވެ.

އދ.ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރު ވޮލްކަރ ޓޫކް، މި ގާނޫނު އުވާލުމަށް ސަރުކާރަށް ގޮވާލައްވާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި، މީޑިއާ ރެގިއުލޭޓް ކުރުން ހަރުދަނާ ކުރުމުގައި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ ވައުދުތަކާ އެއްގޮތްވާނެކަން ކަށަވަރުކުރުމަށް، ރާއްޖެއަށް އދ.ގެ އެ އޮފީހުގެ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބި ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މަސްދަރު: ޔޫއެން ހިއުމަން ރައިޓްސް އޮފީސް

މީޑިއާ ޤާނޫނުއދއިންސާނީ ހައްޤުތައްވޮލްކަރ ޓޫކްމިނިވަން މީޑިއާމީޑިއާ ރެގިއުލޭޝަންމީޑިއާ ރެގިއުލޭޝަން ބިލު

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭ ގައި މިނިވަން މީޑިއާ އަށް ފުރުސަތު ދިނުމަށް އެތައް ގައުމަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި

ރާއްޖޭ ގައި މިނިވަން މީޑިއާ އަށް ފުރުސަތު ދިނުމަށް އެތައް ގައުމަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި

06 ނޮވެމްބަރު 2025
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކުގެ ހެކި ހިމެނޭ 700 ވީޑިއޯ ޔޫޓިއުބް އިން ސިއްރުން ޑިލީޓުކޮށްފި

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކުގެ ހެކި ހިމެނޭ 700 ވީޑިއޯ ޔޫޓިއުބް އިން ސިއްރުން ޑިލީޓުކޮށްފި

05 ނޮވެމްބަރު 2025
ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ރެކޯޑުތައް އދ އިން ބަލަނީ، ޖަވާބުދާރީ ވުމަށް އޭޖީ އުޝާމް ޖެނީވާ އަށް

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ރެކޯޑުތައް އދ އިން ބަލަނީ، ޖަވާބުދާރީ ވުމަށް އޭޖީ އުޝާމް ޖެނީވާ އަށް

04 ނޮވެމްބަރު 2025
ޣައްޒާގައި ބައިނަލްއަޤުވާމީ ބާރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

ޣައްޒާގައި ބައިނަލްއަޤުވާމީ ބާރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

26 އޮކްޓޯބަރު 2025
ނަސްލު ނައްތާލުމާ ދެކޮޅަށް މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ، ލޫލާގެ ނުރުހުން އދ އަށް

ނަސްލު ނައްތާލުމާ ދެކޮޅަށް މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ، ލޫލާގެ ނުރުހުން އދ އަށް

25 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު