Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝް

އަވާމީ ލީގުން އދގެ އޮފީސް ކުރިމަތީ މުޒާހަރާ ކޮށްފި

5 އޮކްޓޯބަރު 2025 | އާދީއްތަ 04:24

ފޯނުން ގުޅުއްވައިގެން މުޒާހަރާގެ ބައިވެރިންނާ ޝައިޚް ހަސީނާ ވަނީ މުޚާޠަބު ކުރައްވައި ވާހަކަ ދައްކަވާފައި އެވެ. މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރާ ގޮތުގައި ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ އެތައް ބަޔަކު މެރުމާއި ގެއްލުވާލުމުގައި ބައިވެރިވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އޮކްޓޯބަރު 2025 | އާދީއްތަ 04:24
ޖެނީވާގައި ހުންނަ އދ ގެ އޮފީސް ކުރިމަތީގައި ކުރި މުޒާހަރާގެ ތެރެއިން

ޖެނީވާގައި ހުންނަ އދ ގެ އޮފީސް ކުރިމަތީގައި ކުރި މުޒާހަރާގެ ތެރެއިން

ވެރިކަމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ އަވާމީ ލީގުން، ޖެނީވާގައި ހުންނަ އދގެ އޮފީހުގެ ކުރިމަތީ ގައި މުޒާހަރާ ކޮށްފި އެވެ.

އދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ މަޖިލީހުގެ 60 ވަނަ ސެޝަން ކުރިއަށް ދަނިކޮށް ކުރި މި މުޒާހަރާ އަކީ ބަންގްލަދޭޝް ހިންގުމާ ހަވާލުވެ ހުންނެވި މުޙައްމަދު ޔޫނުސްގެ ވެރިކަމުގައި އެ ގައުމުގައި ހިންގާ ކަމަށް ތުހުމަތު ކުރެވޭ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ދުނިޔޭގެ ސަމާލު ކަމަށް ގެނައުމަށް ބޭއްވި މުޒާހަރާ އެކެވެ.

ފޯނުން ގުޅުއްވައިގެން މުޒާހަރާގެ ބައިވެރިންނާ ޝައިޚް ހަސީނާ ވަނީ މުޚާޠަބު ކުރައްވައި ވާހަކަ ދައްކަވާފައި އެވެ. މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރާ ގޮތުގައި ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ އެތައް ބަޔަކު މެރުމާއި ގެއްލުވާލުމުގައި ބައިވެރިވެފަ އެވެ.

އަދި ސިޔާސީ އިދިކޮޅު ފަރާތްތަކުގެ މައްޗަށް ދޮގު ތުހުމަތުތައްކޮށް، މައްސަލަތައް ކުރިއަށްދާ ކަމަށް ވެސް މުޒަހަރާގެ ބައިވެރިން ތުހުމަތު ކުރި އެވެ. މުޒާހަރާގެ ބައިވެރިން ގެންގުޅުނު ބެނާ ތަކުގައި ޔޫނުސްގެ އިސްތިއުފާ އަށް ގޮވާލާފައިވާއިރު، އޭނާ އަށް ލިބިވަޑައިގެންނެވި ނޮބެލް ސުލްހައިގެ އިނާމު އަތުލުމަށް ވެސް އެމީހުން ގޮވާލި އެވެ.

ޖެނީވާގައި ކުރިއަށްދާ އދގެ އިންސާނީ ހައްޤުތަކާއި ބެހޭ މަޖިލީހުގެ 60 ވަނަ ސެޝަންގެ ހަވާސާގައި، ބަންގްލަދޭޝްގެ އިންސާނީ ހައްޤު ތަކުގެ ދެރަ ޙާލަތާ ބެހޭ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފައި އެވެ.

މަސްދަރު: ޓްރިބިއުން އިންޑިއާ

ޝެއިހް ހަސީނާމުޙައްމަދު ޔޫނުސްބަންގްލަދޭޝްއދއިންސާނީ ހައްޤުތައް

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
30 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ
21 ނޮވެމްބަރު 2025

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
14 ނޮވެމްބަރު 2025

ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ

14 ނޮވެމްބަރު 2025
ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ
05 ނޮވެމްބަރު 2025

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކުގެ ހެކި ހިމެނޭ 700 ވީޑިއޯ ޔޫޓިއުބް އިން ސިއްރުން ޑިލީޓުކޮށްފި

05 ނޮވެމްބަރު 2025
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކުގެ ހެކި ހިމެނޭ 700 ވީޑިއޯ ޔޫޓިއުބް އިން ސިއްރުން ޑިލީޓުކޮށްފި
04 ނޮވެމްބަރު 2025

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

04 ނޮވެމްބަރު 2025
މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ
04 ނޮވެމްބަރު 2025

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ރެކޯޑުތައް އދ އިން ބަލަނީ، ޖަވާބުދާރީ ވުމަށް އޭޖީ އުޝާމް ޖެނީވާ އަށް

04 ނޮވެމްބަރު 2025
ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ރެކޯޑުތައް އދ އިން ބަލަނީ، ޖަވާބުދާރީ ވުމަށް އޭޖީ އުޝާމް ޖެނީވާ އަށް
26 އޮކްޓޯބަރު 2025

ޣައްޒާގައި ބައިނަލްއަޤުވާމީ ބާރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

26 އޮކްޓޯބަރު 2025
ޣައްޒާގައި ބައިނަލްއަޤުވާމީ ބާރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް