Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ އަހަރީ ދުވަސް

ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ހޯދައިދޭން ފެށި ދަތުރު އަދި ނުނިމޭ - ރައީސް ޞާލިހު

އެމްޑީޕީ އަކީ ހިތްވަރާއި، އިޞްލާޙާއި އަދި ތަހުޒީބީ ޚިޔާލާއެކު ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފް ކުރުމުގެ ފަޙުރުވެރި ޕާޓީ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 ޖޫން 2025 | ބުރާސްފަތި 07:14
އިދިކޮޅުގައި ޕާޓީ އޮންނައިރު ފައިސާ ފޮއްޗެއް ދިއްކޮށްލާނެ މީހަކު ނުވޭ: ރައީސް ސާލިހު

އިދިކޮޅުގައި ޕާޓީ އޮންނައިރު ފައިސާ ފޮއްޗެއް ދިއްކޮށްލާނެ މީހަކު ނުވޭ: ރައީސް ސާލިހު

ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ހޯދައިދޭން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން 20 އަހަރުކުރިން ފެށި ދަތުރު އަދި ނުނިމޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ އެމްޑީޕީ އަށް 20 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި އެ ޕާޓީގެ ހިތްވަރުގަދަ އެންމެހާ މެންބަރުންނަށާއި އަދި ޕާޓީއަށް ތާއީދު ކުރާ އެންމެހާ ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއަކާއި މުބާރިކްބާދީ ދަންނަވާފައެވެ.

Advertisement - newsAdvertisement

ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީ އަކީ ހިތްވަރާއި، އިޞްލާޙާއި އަދި ތަހުޒީބީ ޚިޔާލާއެކު ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފް ކުރުމުގެ ފަޙުރުވެރި ޕާޓީ ކަމަށެވެ. އިންސާނީ ހައްގުތަކާއި، ސިޔާސީ މިނިވަންކަމާއި ވެރިކަމުގެ އެންމެހާ ކަންކަމުގައި ރައްޔިތުން ބާރުވެރި ކުރުމުގައި ފުރުސަތު ފަހިކޮށްދިން ޕާޓީ އަކީ ވެސް އެމްޑީޕީ ކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ހޯދައިދޭން އަޅުގަނޑުމެން 20 އަހަރުކުރިން ފެށި މިދަތުރު އަދި ނުނިމޭ ކަމަށާއި، ކުަރަން ހުރި ކަންކަން ބައިވަރު ކަމަށެވެ. އެގޮތުން ޚުދުމުޚުތާރު ގޮށްމުށްތަކުގެ ދަށަށް ޤައުމު އަނބުރާ ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ޤައުމު އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް އެމްޑީޕީން ކުރިއަށް ދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

އިބްރާހިމް މުހައްމަދު ސާލިހުއެމްޑީޕީޑިމޮކްރަސީއިންސާނީ ހައްޤުތައް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
10 ޑިސެމްބަރު 2025

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

10 ޑިސެމްބަރު 2025
މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު