Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީސް

ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓު ސިފަވަނީ އަދީބް ފައިލް ކިޔާ ފައިލްއާއި އެފްއައިޔޫ ރިޕޯޓު ނިވާކުރަން އަޅާ ސަތަރިގަނޑެއްގެ ގޮތުގައި: ޒިޔާދު

7 އޮކްޓޯބަރު 2025 | އަންގާރަ 06:57

ޒިޔާދު ވިދާޅުވީ ކަމުނުދަނީ މިކަންކަން ކުރާ ސްޕީޑު ކަމަށާއި އެހެން ނަމަވެސް ކޯޓުން އެކަން ކުރި ސްޕީޑު ވަރަށް ބާރު ކަމަށް

އަލީ ޝާހީން
އަލީ ޝާހީން | 7 އޮކްޓޯބަރު 2025 | އަންގާރަ 06:57
ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު

ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓް ރިޕޯޓު ސިފަވަނީ އަދީބް ފައިލް ކިޔާ ފައިލް އާއި، އެފްއައިޔޫ ރިޕޯޓު ނިވާކުރަން އަޅާ ސަތިރަގަނޑެއްގެ ގޮތުގައި ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވާ ޒިޔާދު ވިދާޅުވީ، އޮޑިޓަރ ޖެނެރަލް އެއް ކަނޑައަޅާފައި ގާނޫނުއަސާސީން ބާރުތަކެއްދީފަ އަދި އެކަމަށް ގާނޫނުތަކެއް ހެދިފައި ހުންނައިރުގައި ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓު ނިކުތީ މިސަރުކާރަށްވެސް ދެ އަހަރުވީ ފަހުން ކަމަށެވެ. ޒިޔާދު ވިދާޅުވީ މި ސްޕީޑުގައި މައްސަލަ އުޅޭކަމަށާއި އެއްސަރުކާރެއް ނިމި އަބަދުވެސް ނިމުނު ސަރުކާރުުގެ ކަންކަން ބަލަން އޮޑިޓަރ ޖެނެރަލް އެއް ކަނޑައަޅަނީ ކަމަށް ވަންޏާ ދެ އޮޑިޓަރ ޖެނެރަލް ދައުލަތަށް ބޭނުންވާ ކަމަށެވެ.

Advertisement - newsAdvertisement
އަޅުގަނޑު ފާހަގަކުރަން އޮޑިޓަރ ޖެނެރަލް މިކަހަލަ ހާއްސަ ރިޕޯޓެއް ހާއްސަ ހާލަތްތަކުގައި ހާއްސަ ގޮތްގޮތައް ނެރޭ ނެރުމުގައި އެބަތުހުމަތުކުރެވޭ އެހެން ކަހަލަ ކަންކަމަށް މިސާލަކަށް ވަހުމް އަޅުގަނޑުމެންގެ ހިތުގައި އެބަ އުފެދޭ. މިސާލަކަށް މީގެކުރިން ނިކުތް އެފްއައިޔޫ ރިޕޯޓާއި ހަމަ އެހެން އަދީބް ފައިލް ކިޔާ އެއްޗެއް. އަޅުގަނޑަށް ސިފަވަނީ މީ އޭގައި އަޅަމް ނިވާކުރަން އަޅާ ސަތަރިގަނޑެއްގެ ގޮތުގަ މި ރިޕޯޓު. މީގަ ގޯހެއް ނުހިނގައެކޭ ނޫން އަޅުގަނޑު މިދަންނަވަނީ ، އިއްޒަތްތެރި ރައީސް މިކަންކަން ކުރަންހުރޭ ރަނގަޅު ވަގުތާއި ރަނގަޅު ގަޑިއާ
ހުސައިން ޒިޔާދު

އޮޑިޓް ރިޕޯޓެއް ނިކުންނަ ކަމަށް ވާނަމަ އެއަށް ފިޔަވަޅު ނޭޅި ދާނެ ހިސާބު އިނގޭކަން ފާހަގަކުރައްވާ ޒިޔާދު ވިދާޅުވީ މިއަދުވެސް މާލިއްޔާތު ކޮމެޓީގައި މޯލްޑިވްސް ގޭސްގެ ބޭފުޅަކު 250000 (ދެލައްކަ ފަންސާސް ހާސް) ޑޮލަރުން ވައްކަން ކުރި ވާހަކަ އެބައޮތް ކަމަށެވެ. އެހެން ނަމަވެސް އެބޭފޫޅަކަށް އަދަބެއްވެސް ނުދެވޭ ކަމަށާއި އެޅި ފިޔަވަޅަކީ ޗެކު ފޮތް އަތުލައި އެސްޓީއޯއަށް ބަދަލުކުރުން ކަމަށް ޒިޔާދު ވިދާޅުވި އެވެ. އަދި އެބޭފުޅާއަށް އިތުރު އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށާއި އެބޭފުޅާ ހަމަ އެ މަގާމުގައި އަދިވެސް ހުންނެވި ކަން ޒިޔާދު ފާހަގަކުރެއްވި އެވެ.

ޒިޔާދު ވިދާޅުވީ ހަގީގަތުގައި މިއަދު ގޭސްގެންނަށް ދީފައި އެހުރީ ކުނާ ވިޔާ ކުންފުންޏަކަށް ކަމަށެވެ. އަދި އެޗްޑީސީގެ ކޮރަޕްޝަންގެ ވާހަކަ ވަރަށް ބާރަށް ފެތުރިގެން ދިޔަކަމަށާއި އެކަމަށްވެސް ފިޔަވަޅެއް ނޭޅި އޮޑިޓް ރިޕޯޓެއްވެސް ނާންނަ ކަމަށް ޒިޔާދު ވިދާޅުވި އެވެ. މިކަން ކަމަށް ދެން އަންނަ ވެރިއަކު ހާއްސަ ރިޕޯޓެއް ނެރެގެން މިކަންކަން ހައްލު ނުވާނެ ކަމަށްވެސް ޒިޔާދު ވިދާޅުވި އެވެ.

އޭގެ އިތުރުން ޒިޔާދު ވިދާޅުވީ ކަމުނުދަނީ މިކަންކަން ކުރާ ސްޕީޑު ކަމަށާއި އެހެން ނަމަވެސް ކޯޓުން އެކަން ކުރި ސްޕީޑު ވަރަށް ބާރު ކަމަށެވެ. އަދި މީގެ ކުރީގެ ފެނަކައިގެ އެމްޑީއެއް ޑޮލަރު މާރުކުރި މައްސަލަ މިހާރުވެސް ކޯޓުގައި އޮތް ކަން ފަނޑީޔާރަށްވެސް އެނގޭނެ ކަމަށާއި އެ މައްސަލަވެސް އޮއްވާ އޭގެ ފަހުން ފެނަކައިގެ އެމްޑީއަކަށް ހުކުމެއް އައުމަކީ އިންސާފު ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

ނަގުދު ފައިސާއެއް ނޫން މިވަގުތު ކޮރަޕްޝަނަށް އެންމެ ބޮޑަށް ލިބޭ އެއްބާރަކަށް ވަނީ ކުރީގެ ސަރުކާރު. އަބަދުވެސް އެސަރުކާރު އަނެއް ސަރުކާރުގެ ނުވަލުގައި ހަމަ ކުރާނެ ކަމެއް އިއްޒަތްތެރި ރައީސް ކުރަނީ. މިވާހަކަ ދެއްކީމާ އެމީހާ އެބަޖަހާ ދޫޏިދޫ ޖަލަށް ސޯޅަ ދުވަހަށް، އަބްދީ އެބަހުއްޓޭ އަދިވެސް އެމްޑީއަކަށް މޯލްޑިވްސް ގޭސްގަ. ދެލައްކަ ފަންސާސް ހާސް ޑޮލަރު ގެއްލިފަވީ، ވީތަނެއް ނޭންގެ. އެވާހަކަ ދައްކަން ޔާސިރު އަބްދުއްލަތީފް ނިކުތީމަ އޭނައަށް ސޯޅަ، ސައުގޫބް ނިކުތީމަ އޭނައަށް ސޯޅަ ދުވަސް ޖަލު، ސޮލާހު ނުކުތީމަ އޭނައަށް ސޯޅަ ދުވަސް ޖަލު އަޒީމް ނުކުތީމަ އޭނައަށްވެސް ސޯޅަ ދުވަސް ޖަލު ޖުމާނުވެސް ޖަލުގަ ޝާކިރުވެސް ޖަލުގަ މިވާހަކަ ދައްކަން ނުކުތީމަ
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ޒިޔާދު ވިދާޅުވި މުޒާހަރާ ކުރަނީ ވެރިކަން ވައްޓާލަން ނޫން ކަމަށާއި މުޒާހަރާ ކުރަނީ ކަންކަން އަވަސް ވޭތޯ އާއި ގޯސް ކަންކަން އިސްލާހު ކުރަން ކަމަށެވެ. އޭގެ ނަތީޖާ އަކީ މުވައްޒަފުންގެ މުސާރަ ބޮޑު ވުމާއި ނުލިބި ހުރި ފައިސާ ލިބުން ކަމަށް ޒިޔާދު ވިދާޅުވި އެވެ. ޒިޔާދު ވިދާޅުވީ ނޮވެމްބަރު 17 ގައި އަނެއްކާވެސް ނިކުންނާނަން ކަމަށާއި އޮޑިޓް ރިޕޯޓު ނެރޭވަރަކަށް ނެރެންވީ ކަމަށެވެ.

ޒިޔާދުގެ ވާހަކަ ނިންމާލީ އެމްޑީޕީގެ މުޒާހަރާއިން ހައްޔަރު ކުރި މީހުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލަމުންނެވެ.

ފެނަކަ ކޯޕަރޭޝަންއޮޑިޓަރ ޖެނެރަލްހުސެއިން ޒިޔާދުވައިކަރަދޫ ދާއިރާކޮރަޕްޝަން އަދީބް ފައިލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
01 ޑިސެމްބަރު 2025

ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި

01 ޑިސެމްބަރު 2025
ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި
29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
28 ނޮވެމްބަރު 2025

އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި, އަގު ސާފެއް ނޫން

28 ނޮވެމްބަރު 2025
އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި, އަގު ސާފެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް