Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަޙުމަދު ސަޢީދު މުޙައްމަދު

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

‎ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ‎މުޙައްމަދަށް ހުކުމް ކުރިތާ ދެ މަސް 28 ނޮވެންބަރ 2025ށް ވީއިރު، އެއް މައްސަލަ އެއްގައި ދައުވާ ލިބޭ އަނެއް ފަރާތް ކަމަށްވާ މަރިޔަމް ދީނާ ޞާލިޙަށް ދިފާޢުވުމަށް ވަނީ އިތުރު ހެކި ހުށަހަޅަން ފުރުސަތު ދީފަ އެވެ.

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2025 | ހުކުރު 12:19
ފެނަކައިގެ ކުރީގެ އެމްޑީ ސައީދު އަދި ދައުވާ ސާބިތުވި މަރިޔަމް ދީނާގެ އިތުރުން ޤާޟީ އާދަމް މުހައްމަދު

ފެނަކައިގެ ކުރީގެ އެމްޑީ ސައީދު އަދި ދައުވާ ސާބިތުވި މަރިޔަމް ދީނާގެ އިތުރުން ޤާޟީ އާދަމް މުހައްމަދު

ރާއްޖޭގެ ޝަރުޢީ ނިޒާމުގެ މިނިވަންކަމާމެދު އާންމުން ގެ ކަންބޮޑުވުންތައް އިތުރު ވެފައިވަނީ އިންތިހާއަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވާ ކުރެއްވުމު ގެ ރަސްމިއްޔާތު ގައި ރައްޔިތުން ގެ ސިކުނޑިއަށް އެންމެ ގަބޫލުކުރެވޭނެ "އޮޑް" ވަގުތެއް ނަންގަވައި، އެވަގުތުން ފެށިގެން ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ކަންކަމަށް ނުފޫޒު ފޯރުވުން ނިމުމަކަށް އައި ކަމަށް އިއުލާން ކުރެއްވުމުން، އެއީ ޢަމަލީ ގޮތުން ތަންފީޒު ކުރެވޭނެ ހެޔޮ ބަދަލެއް ކަމަށް ރައްޔިތުން ބަލައިގަތެވެ. ނަމަވެސް މިއަދު ކަންކަން ހިނގަމުންދަނީ ރައްޔިތުން އުއްމީދު ކުރި ގޮތާ ޚިލާފަށެވެ.

‎ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ‎މުޙައްމަދަށް ހުކުމް ކުރިތާ ދެ މަސް 28 ނޮވެންބަރ 2025ށް ވީއިރު، އެއް މައްސަލަ އެއްގައި ދައުވާ ލިބޭ އަނެއް ފަރާތް ކަމަށްވާ މަރިޔަމް ދީނާ ޞާލިޙަށް ދިފާޢުވުމަށް އިތުރު ފުރުޞަތު ދީފައިވުމުން، ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމުކުރެވިފައިވާ މިންވަރާ މެދު ބުނާނެ އެއްޗެއް ނެތެވެ.

‎މި މައްސަލަ އަކީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ ސަޢީދު ހަވާލުވުމުގެ ކުރިން ބްލޭޒަން ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމަކާ ގުޅޭ މައްސަލައެކެވެ. އެ އެއްބަސްވުމަކީ ފެނަކައިން އެކަށީގެންވާ އެއްބާރުލުން ނުދިނުމުގެ ސަބަބުން ހުއްޓިފައިވާ އެއްބަސްވުމެކެވެ. ސަޢީދު މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ ހަވާލުވިއިރު، މި މައްސަލައާ ގުޅިގެން ބައެއް މުޢާމަލާތްތައް ހިނގާފައިވެ އެވެ. މެނޭޖިންގ ޑިރެކްޓަރެއްގެ ހައިސިއްޔަތުން، މި މައްސަލައާ މެދު ގޮތެއް ނިންމުމަކީ ސަޢީދުގެ މަސްއޫލިއްޔަތެކެވެ.

‎މި މައްސަލައާ ގުޅިގެން ފެނަކައިގެ ޤާނޫނީ ވަކީލުން ލަފާ ދެއްވާފައިވަނީ، ސެޓްލްމަންޓް އެގްރީމަންޓަކަށް ނުދެވޭ ހާލަތެއްގައި ބްލޭޒަން ކުންފުންޏަށް ކޯޓަށް މައްސަލަ ހުށަހެޅިއްޖެނަމަ، ފެނަކައިން އެ ކުންފުންޏަށް ދައްކަންޖެހޭ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. މި ޤާނޫނީ ލަފާގެ މައްޗަށް ބިނާކޮށް، ކުންފުނިން ނިންމީ ސެޓްލްމަންޓް އެގްރީމަންޓަކަށް ދިއުމަށެވެ. މެނޭޖިންގ ޑިރެކްޓަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންކަން ސަޢީދު ފުރިހަމަ ކޮށްފައިވެ އެވެ. މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން ވެސް، ކުރިން ޢަމަލުނުކޮށް ހުރި އެއްބަސްވުންތަކާ ގުޅިގެން ސެޓްލްމަންޓް އެގްރީމަންޓްތަކަށް ދާކަން ފާހަގަކުރެވެ އެވެ.

‎އަދަބު ކަނޑައެޅުމުގައި، ދައުލަތުން ހުށަހަޅާފައިވަނީ 1 އަހަރާއި 7 މަހުގެ އަދަބެކެވެ. އެހެންނަމަވެސް، ކޯޓުން ކަނޑައަޅާފައިވަނީ މިއަށްވުރެ ބޮޑު އަދަބެކެވެ. އެއީ 4 އަހަރެވެ.

‎ފާއިތުވެ ދިޔަ މާޒީގައި އަދަބު ނުދެވި ހުރި ހުރިހާ ފަރާތްތަކުގެ އަދަބު ބޮލުގަ އަޅަންޖެހޭ މީހަކީ ސަޢީދު ކަމަށް ދޭހަވާފަދަ މޭރުމަކުން ޤާޟީ ވާހަކަ ދައްކަވާފައިވާއިރު، މިއީ އެއްވެސް ހަމަޖެހޭ ވާހަކަ އެއް ކަމަކަށް ރައްޔިތުން ގަބޫލެއް ނުކުރެ އެވެ.

‎މިފަދަ އަމަލުތަކުން ހާމަވަނީ ވަކި މީހަކަށް އަނިޔާ ދިނުމުގެ ނިޔަތުގައި މިކަން ކޮށްފައިވާކަމެވެ.

‎ސަޢީދުގެ ބައިގެ ޝަރީޢަތް ނިމި، އެއް ދައުވާ އެއް ސާބިތުވެ، ކުރު މުއްދަތެއްގެ ތެރޭގައި ހުކުމް ކުރެވުނުއިރު، މި މައްސަލައިގައި ހިމެނޭ އަނެއް ފަރާތް ކަމަށްވާ މަރިޔަމް ދީނާ ޞާލިޙުގެ މައްސަލަ ވަނީ ފަސްކުރެވިފަ އެވެ.

ހުކުމް އިއްވި ޝަރީއަތުގެ މަޖިލީހުގައި ގާޟީ ވިދާޅުވީ، "މި މައްސަލާގައި ހިމެނޭ މަރިޔަމް ދީނާ ޞާލިޙުގެ ބަލި ހާލަތު ހުރި ގޮތުން، އެފަރާތުން ޝަރީޢަތަށް ހާޒިރުވާން އުޒުރުވެރިވާކަމަށް، މެޑިކަލް ލިޔެކިޔުންތަކެއް ހުށަހަޅާފައިވާތީ، މަރިޔަމް ދީނާ ޞާލިޙުގެ ބައި ފަސް ދުވަސް ފަހުން ކުރިއަށް ގެންދިއުމަށް ނިންމައި، މި ޤަޟިއްޔާގައި ގޮތެއް ކަނޑައެޅިފައިވަނީ އަޙްމަދު ސަޢީދު މުޙައްމަދުގެ ބައިގައި އެކަނިކަން ފާހަގަކުރަމެވެ."

‎ނަމަވެސް، ސަޢީދަށް ހުކުމް ކުރިތާ ދެ މަސްވިއިރު، ފަސް ދުވަހުގެތެރޭގައި ނިންމަން ބުނި މަރިޔަމް ދީނާގެ މައްސަލައިގައި ފެނިގެންދިޔައީ ތަފާތު ގޮތަކަށް އަމަލު ކުރެވުނުތަނެވެ. ފަލަސުރުޚީތަކުގައި ފެނިގެން ދިއައީ، މަރިޔަމް ދީނާ ޞާލިޙަށް ދިފާޢުގައި އައު ހެކި ހުށަހެޅުމުގެ ފުރުޞަތު ކްރިމިނަލް ކޯޓުން ދިން ތަނެވެ. އެއް ފަރާތަކަށް ކުރު މުއްދަތެއްގެ ތެރޭގައި ހުކުމް ކޮށްފައިވާއިރު، އެއް މައްސަލައެއް ގެ ތެރެއިން އެއް ދައުވާ އެއް ސާބިތުވާ ކަމަށް ބުނެފައިވާ މި ޤަޟިއްޔާގައި، އަނެއް ފަރާތަށް ދިފާޢުވުމަށް އައު ހެކި ހުށަހެޅުމުގެ ފުރުޞަތު ދިނުމަކީ، މި މައްސަލައަށް ނުފޫޒު ފޯރާފައިވާ ކަމުގެ ހެއްކެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

‎ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ޙާލަތު މި މައްސަލައިން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. ނިޒާމުގެ މައްޗަށް ނުފޫޒު ފޯރުވޭ މިންވަރު ވަރަށް ރަނގަޅަށް މިކަމުން ހާމަވެ އެވެ. މިކަމުން ދޭހަވަނީ ހެކި ސާބިތުވިޔަސް ނުވިޔަސް، ބޭނުންވާ ގޮތަކަށް ހުކުމް ކުރެވި، ބޭނުންވާ މިންވަރަކަށް އަދަބު ކަނޑައެޅިދާނެ ކަމެވެ.

‎ސަޢީދު ރާއްޖެއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ހެކިތައް މުޅި ރާއްޖެއިން ފެންނަން އެބަހުއްޓެވެ. އެގޮތުން އޮފީސް އިމާރާތްތަކާއި، އާ އިންޖީނުގެތައް ފާހަގަކޮށްލެވެ އެވެ. ރާއްޖޭގެ ޒަމާންވީ އިންޖީނުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިކަން ހައްލުކޮށްދެއްވުމުގައި ސަޢީދު ވަނީ މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.

‎މިއަދު ޖަލުގައި ސަޢީދަށް ކުރިމަތިވަމުންދާ ތަފާތު އަނިޔާތަކަކީ އެ ޚިދުމަތްތަކުގެ ސަބަބުން ދިމާވެފައިވާ ކަަންކަމުގައި ގިނަ ބަޔަކު ދެކެ އެވެ.

‎ރާއްޖޭގެ ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވުން ހުއްޓުވައި، މިނިވަން އަދި ޢަދުލުވެރި ޝަރީޢަތްތަކެއް ކުރިއަށް ގެންދެވޭނެ ގޮތެއް އޮންނަންޖެހެ އެވެ. ނުފޫޒުގަދަ ފަރާތްތަކުގެ އަތްމައްޗަށް ޝަރުޢީ ނިޒާމު ދޫކޮށްލުމަކީ ޤާނޫނުގެ ވެރިކަމާއި ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށް ރައްޔިތުން ބުނަމުންދާއިރު، ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް، ހަރުދަނާ އަދި ޢަދުލުވެރި ނިޒާމެއް ދެމެހެއްޓުން މުހިންމެވެ.

ޑރ. މުހައްމަދު މުއިއްޒުއަހުމަދު ސައީދު މުހައްމަދުފެނަކަ ކޯޕަރޭޝަންކްރިމިނަލް ކޯޓްފަނޑިޔާރުގޭގެ މިނިވަންކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު