Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

ވޯލްޑްކަޕް ކޮލިފައިން: އިންގްލެންޑް ކިރިޔާ ސަލާމަތްވިއިރު، ޕޯލަންޑް ފަސޭހަ ކަމާއެކު މޮޅުވެއްޖެ

އިންގްލެންްްްޑް ސަލާމް ކޮށްދިން ލަނޑު ކާމިޔާބުކުރީ ރަޝްފޯޑް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 5 ސެޕްޓެމްބަރު 2017 | އަންގާރަ 05:55
އިންގްލެންޑް އަދި ސްލޮވާކިއާ ބައްދަލުކުރި މެޗުގެ ތެރެއިން

އިންގްލެންޑް އަދި ސްލޮވާކިއާ ބައްދަލުކުރި މެޗުގެ ތެރެއިން

މިހާރު ކުރިޔަށްދާ ވޯލްޑްކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން އިންގްލެންޑް އުނދަގޫ މޮޅެއް ހޯދިއިރު، ޕޮލަންޑް ފަސޭހަ ކަމާއެކު މޮޅުވެއްޖެއެވެ.

އިންގްލެންޑް ރޭ ކުޅުނު މެޗުން މޮޅުވީ ސްލޮވާކިއާއާ ބައްދަލުކޮށް 1-2 ގެ ނަތީޖާއިންނެވެ.

އިންގްލޭންޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ލޮބޮޓްކާ ވަނީ ލަނޑެއް ޖަހާ ސްލޮވާކިއާއަށް މެޗުގެ ލީޑުނަގާދީފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ސްލޮވާކިއާ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު ހާފް ނިމުމުގެކުރިން ނަތީޖާ އެއްވަރުކުރުމަށް އިންގްލޭންޑުން ދިޔައީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 37 ވަނަ މިނެޓްގައި އެރިކް ޑަޔާ ވަނީ ލަނޑެއް ކާމިޔާބު ކޮށް އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު މާކަސް ރަޝްފޯޑް ވަނީ ލަނޑެއް ޖަހާ އިންގްލޭންޑަށް މެޗުގެ ލީޑުނަގާދީފައެވެ. ރަޝްފޯޑް މި ގޯލު ކާމިޔާބުކުރީ ސްލޮވާކިއާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލަށްފަހު ވެސް މި މެޗުގައި ގޯލްޖަހާނެ ރަނގަޅު އިތުރު ފުރުސަތުތަކެއް އިންގްލޭންޑަށް ލިބިފައިވީ ނަމަވެސް އެޓީމަށް ވަނީ މި ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތް ނުވެފައެވެ.

ރޭގެ މޮޅާއެކު އިންގްލޭންޑް ގްރޫޕް އެފްގެ އެއްވަނައިގައި 20 ޕޮއިންޓާއެކުއޮތްއިރު، ދެވަނައިގައި 15 ޕޮއިންޓާއެކު އޮތީ ސްލޮވާކިއާއެވެ. ތިންވަނައިގައި 14 ޕޮއިންޓާއެކު އޮތީ ސްލޮވީނިއާއެވެ.

އިންގްލޭންޑް ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ސްލޮވީނިއާއެވެ. މި މެޗުން އެޓީމު މޮޅުވެއްޖެ ނަމަ ވޯލްޑްކަޕަށް ކޮލިފައިވާނެއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުން ޕޯލަންޑް މޮޅުވެފައިވަނީ ކަޒަކިސްތާނާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

ޕޯލަންޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނަގާފައިވަނީ ވެސް ޕޯލަންޑުންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަކަޑިއުސް މިލިކް އެވެ.

މި ލަނޑާއެކު ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ޕޯލަންޑުން ނިންމާލިއިރު، އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ 74 ވަނަ މިނެޓުގައި ކެމިލް ގްލިކް އެވެ. ޕޯލަންޑުގެ ތިންވަނަ ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރޮބަޓް ލެވެންޑޯސްކީއެވެ.

މި ނަތީޖާއާ އެކު ޕޯލަންޑް މިވަގުތު އޮތީ އެޓީމު ހިމެނޭ ގުރޫޕް އީ ގެ އެއްވަނާގައި 19 ޕޮއިންޓާއެކުގައެވެ. ޕޯލަންޑަށްވެސް ދެން ކޮލިފައިންގައި ބާކީ އޮތީ ދެމެޗެވެ. އެއީ އާމީނިއާ އަދި މޮންޓެނިގްރޯ އާ ބައްދަލުކުރާ މެެޗެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ އަށް ފަސޭހަ ގްރޫޕެއް؟

22 އެޕްރީލު 2017
އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ އަށް ފަސޭހަ ގްރޫޕެއް؟
26 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް
25 މާރިޗު 2017

އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ

25 މާރިޗު 2017
އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ
25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު