Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނަކަ ކޯޕަރޭޝަން

މުއިއްޒު ސަރުކާރުން 24 ބައު އިންޖީނު ގަނެ 46.9 މިލިއަން ރުފިޔާގެ ޚިޔާނަތް ހިންގި ގޮތުގެ ރިޕޯޓު ލީކު ކޮށްލައިފި

46 ޖަނަރޭޓަރުގެ ބަދަލުގައި 24 ޖަނަރޭޓަރު ގަތުމަށް އެއްވެސް މަޝްވަރާއެއް ނެތި ނިންމާފައިވޭ

ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2025 | ހުކުރު 10:58
ފެނަކަ އެމްޑީ މުހައްމަދު ނަޖާހް

ފެނަކަ އެމްޑީ މުހައްމަދު ނަޖާހް

ރައީސް މުއިއްޒު ސަރުކާރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން 24 ބައު އިންޖީނު ގަނެ 46.9 މިލިއަން ރުފިޔާގެ ޚިޔާނަތާއި ކަރަޕްޝަން ހިންގާފައިވާ ގޮތުގެ ތަފްސީލުތައް ހިމެނޭ ރިޕޯޓެއް ލީކު ކޮށްލައިފިއެވެ.

ރިޕޯޓުގައިވާ ގޮތުން 2025 ވަނަ އަހަރުގެ ރަމަޟާން މަހާއި ހޫނު މޫސުމަށް ތައްޔާރު ވުމުގެ ގޮތުން "ކޮންމެހެން ވެސް ބޭނުންވާ" 46 ޖަނަރޭޓަރު ހޯދުމަށް އިއުލާނު ކުރިއެވެ.

Advertisement - newsAdvertisement

2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުރި ފުރަތަމަ އިއުލާނު އަގުތައް ބޮޑު ވެގެން ބާތިލު ކުރުމަށް ފަހު ދެވަނަ އިއުލާނެއް ކުރި ކަމަށް ރިޕޯޓުގައި ވެއެވެ.

އަދި ދެވަނަ ފަހަރަށް ކުރި އިއުލާނާ ގުޅިގެން ބިޑު ކާމިޔާބު ކުރި ފަރާތައް މަސައްކަތް ހަވާލު ކުރަން ނިންމި ކަމަށާއި، އެހެން ނަމަވެސް އެއްވެސް ސަބަބަކާ ނުލައި 12 ޖެނުއަރީ 2025 ގައި ބިޑު ކެންސަލް ކުރި ކަމަށް 78 ސަފްހާ ގެ މި ރިޕޯޓު ގައި ވެއެވެ.

އެއާ އެކު އިންޑިއާގެ އިންޖީނު އެސެމްބްލް ކުރާ ކުންފުންޏެއް ކަމަށްވާ ޕަވަރިކާ އަށް 27 ޖެނުއަރީ 2025 ގައި މިހާރުގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހު ސަޕްލަޔަރެއްގެ ޚަރަދުގައި ދަތުރެއް ކުރައްވާ، އެއްވެސް މަޝްވަރާ އެއް ނެތި 46 ޖެނެރޭޓަރުގެ އަދަދު 24ށް ކުޑަ ކުރި ކަމަށް ބުނެފައިވެއެވެ.

އޭގެ ފަހުން އިމަރޖެންސީ ޕްރޮކިއުމަންޓްގެ ދަށުން މި 24 ޖަނަރޭޓަރު ގަތުމަށް ކުއްލި ގޮތަކަށް ނިންމިއެވެ. އެކަން ކޮށްފައިވަނީ ކުންފުނީގެ ޕްރޮކިއުމެންޓް އުސޫލާ ޚިލާފަށް ކަމަށް ރިޕޯޓުގައިވެއެވެ.

ކުންފުނިން އަމަލު ކުރަމުންދާ އުސޫލުތަކާ ޚިލާފަށް ޗީފް ރިސޯސް އޮފިސަރު 24 ޖެންސެޓް އިމަރޖެންސީ ކޮށް ގަތުމަށް ރިކުއެސްޓް ފޮނުވުމަށް އޮޕަރޭޝަންސް ސާވިސް ޑިޕާޓްމަންޓުގެ ވެރިޔާ އަހްމަދު އިބްރާހިމް އަށް އެންގީ އީމެއިލްގެ ޒަރީއާ އިން އިންޑިއާގެ ދަތުރުގައި ހުރެ ކަމަށް ރިޕޯޓުގައި ވެއެވެ.

އޯޕަން ޓެންޑަރ އާ ޚިލާފަށް މި 24 ޖެނެރޭޓަރު ގަތުމަށް އަގު ހުށަހެޅުމަށް ދައުވަތު ފޮނުވީ މަދު ބަޔަކަށެވެ.

މަދު ބަޔަކަށް ފޮނުވި އިރު އޭގެ ތެރެއިން 3 ސަޕްލަޔަރުންނަކީ އެއްބައެއްގެ މަސްލަހަތު ހިމެނޭ ކުންފުނިތަކެއް ކަމަށް ލީކު ކޮށްލައިފައިވާ އިންޓަރނަލް އޮޑިޓް ގައި ވެއެވެ.

ޓެކްނިކަލް ކޮމިޓީން މި 3 ކުންފުނިން ހުށަހެޅި ޑޮކިއުމެންޓްތަކުގައި މައްސަލަ ހުރި ކަމަށާއި އެފަރާތުން ސަޕްލައި ކުރުމަށް ހުށަހަޅާފައިވާ ޖެނަރޭޓަރު ތަކުގެ ސްޕެސިފިކޭޝަން ކުންފުނީގެ ރިކުއަރމަންޓް ތަކަށް ނުފެތޭ ކަމަށް ފާހަގަ ކޮށްފައިވަނިކޮށް ޓެކްނިކަލް ކޮމިޓީއަށް ނުފޫޒު ފޯރުވާ "ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އާރިފް ކޮމިޓީގެ މެމްބަރުންނަށް ބިރު ދައްކައިގެން،" އެވޯޑް ކުރަން ނިންމި ކަމަށް ރިޕޯޓުގައި ވެއެވެ.

މި އިވެލުއޭޝަންގައި ގިނަ ޖެނަރޭޓަރު ތައް ކާމިޔާބު ކުރީ އަލްފާ އެނާޖީ ސޮލިއުޝަން ކުންފުނިން ކަމަށާއި، އެހެން ނަމަވެސް ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލާ ޚިލާފަށް މެނޭޖިންގ ޑިރެކްޓަރަށް ނެތް ބާރެއް ބޭނުން ކޮށްގެން އިވެކުއޭޝަން ކްރައިޓީރިއާ އަށް ބަދަލު ގެންނަ މެމޯއެއް ނެރެ އަލުން ބިޑް އިވެލުއޭޓް ކުރުމަށް ކޮމިޓީ އަށް ދެވަނަ ފަހަރަށް ފޮނުވި ކަމަށް ރިޕޯޓުގައި ވެއެވެ.

ފެނަކަ ކޮރަޕްޝަން އިންޓަރނަލް އޮޑިޓް ރިޕޯޓް
ފެނަކަ ކޮރަޕްޝަން އިންޓަރނަލް އޮޑިޓް ރިޕޯޓް

ރިޕޯޓުގައި ބުނެފައިވަނީ އިވެލުއޭޝަން ކްރައިޓީރިއާ ބަދަލު ގެންނަން ޖެހުނު ސަބަބަކީ ޓެކްނިކަލް އިވެލުއޭޝަން ގައި ނުފޫޒު ބޭނުން ކޮށްގެން ފާސް ކުރުވި، އެއް ބައެއްގެ މަސްލަހަތު އޮންނަ 3 ކުންފުނީގެ ތެރެއިން ކުންފުންޏަކަށް ބިޑު އެވޯޑް ކުރުމަށް ކަމަށެވެ.

މެމޯ ފޮނުވާ ކޮމިޓީ އަށް ނުފޫޒު ފޯރުވާ ބިރުދައްކައިގެން މެމޯގައި ބަޔާން ކޮށްފައިވާ ކްރައިޓީރިއާގެ މައްޗަށް ބިޑު އިވެލުއޭޓް ކުރުވުމުން ހުރިހާ ޖެނެރޭޓަރެއް ކާމިޔާބު ކުރީ އެއް ބައެއްގެ މަސްލަހަތު ހިމެނޭ 3 ކުންފުނިން ކަމަށް ރިޕޯޓުގައި ވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ ޕްރޮކިއުމެންޓް ޕޮލިސީ އާ ޚިލާފަށް އިވެލުއޭޝަން ކްރައިޓީރިއާ އަށް ނުފޫޒު ފޯރުވައިގެން ބަދަލު ގެނެސް ވަކި ބަޔަކަށް މަސައްކަތް އެވޯޑު ކޮށްގެންވެސް "މިއަދާ ހަމައަށް ވެސް ހުރިހާ ޖެންސެޓް ތަކެއް ސަޕްލައިކޮށްދީފައި ނުވާ،" ކަމަށެވެ.

އެ ގޮތުން 25 ދުވަހުގެ ތެރޭގައި ސަޕްލައި ކުރުމަށް ހަވާލު ކުރި މަސައްކަތް 3 މަސް ދުވަސް ފާއިތުވެގެން ދިޔަ އިރު ވެސް ސަޕްލައި ކުރެވިފައި ނުވާ ކަން ފާހަގަ ކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ ސަޕްލައި ކުރި މަދު ޖެންސެޓް ތަކަކީ ކުރިން ބޭނުން ކޮށްފައިވާ ބައު ޖެންސެޓް ތަކެއް ކަމަށް ކުންފުނީގެ ޓެކްނިކަލް މުވައްޒަފުން ހެދި ފިޒިކަލް އިންސްޕެކްޝަންތަކުން ފެންނަ އޮތް ކަމަށެވެ.

މި ކަމުގެ ސަބަބުން 2025 ވަނަ އަހަރުގެ ރަމަޟާން މަހާއި ހޫނު މޫސުމަށް ތައްޔާރު ނުވެވި ގިނަ ރައްތަކުން ކަރަންޓު ކަނޑަން ޖެހުނު ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

ފެނަކަ ކޯޕަރޭޝަންކޮރަޕްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު