Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ސަރުކާރު ހުއްޓުމާއެކު، ޑިމޮކްރަޓިކް ސްޓޭޓް ތަކުގެ ބަޖެޓު އުނި ކުރަން ޓްރަމްޕް ނިންމަވައިފި

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ބަޖެޓު ޑިރެކްޓަރު ރަސެލް ޓީ ވޯޓް ވިދާޅުވެފައި ވަނީ، ޑިމޮކްރަޓިކް ސްޓޭޓް ތަކަށް ކަނޑައަޅާފައިވާ 26 ބިލިއަން އެމެރިކާ ޑޮލަރުގެ އިންފްރާސްޓްރަކްޗާ ފަންޑިން މަޑު ޖައްސާލާނެ ކަމަށެވެ.

ޔޫއެސް ސެނެޓުން ރިޕަބްލިކަނުންނާއި ޑިމޮކްރެޓުން ހުށަހެޅި ދެ ބިލެއްވެސް ފާސްނުވެ ބޭރުވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2025 | ބުރާސްފަތި 07:40
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ބަޖެޓު ފާސް ކުރުމުގައި ޙައްލެއް ނުހޯދި އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައިސްފައިވާއިރު، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އަށް ނިސްބަތްވާ ސްޓޭޓް ތަކުގެ ފަންޑިން އުނި ކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.

އެމެރިކާގެ ސަރުކާރު ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފައިވާއިރު، އެ މައްސަލަ އަށް ޙައްލު ހޯދުމަށް ވެރިކަން ކުރަމުން އަންނަ ރިބަޕްލިކަނުންނާއި، އިދިކޮޅު ޑިމޮކްރަޓުން ދެ ދުވަސް ވަންދެން މަސައްކަތް ކުރިއިރު ވެސް، ސެނެޓުން ބަޖެޓު ފާސް ކުރެވިފައި ނުވެ އެވެ.

ބުދަ ދުވަހު ސެނެޓުގައި ވޯޓަށް އެހި ރިޕަބްލިކަންގެ ބިލު ބޭރުވެފައި ވަނީ 55 ވޯޓު، 45 ވޯޓުންނެވެ. އެ ބިލުގައި ހުށަހަޅާފައި ވަނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހާ ހަމައަށް ސަރުކާރުގެ ބަޖެޓު އިތުރު ކުރުމަށެވެ. ޑިމޮކްރަޓިކް ޕާޓީ އަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން ދެ މެމްބަރަކާއި، އަމިއްލަ މެމްބަރުންގެ ތެރެެއިން އެއް މެމްބަރު ވަނީ އެ ބިލަށް ތާއީދުކޮށް ވޯޓު ދީފަ އެވެ.

ޑިމޮކްރަޓުން ހުށަހެޅި ބިލުގައި ހިމެނެނީ ސަރުކާރުގެ ބަޖެޓު އިތުރު ކުރުމާއެކު، 1.5 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ހެލްތުކެއާ ޚަރަދު ހިމެނޭ ޕްރޮގްރާމް އެކެވެ. އެ ބިލު 53 ވޯޓު، 47 ވޯޓުން ބޭރުވެފައިވާއިރު، ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ ހުރިހާ މެމްބަރުން ވަނީ ބިލާ ދެކޮޅަށް ވޯޓު ދީފަ އެވެ.

އެހެންކަމުން އެމެރިކާގެ ސަރުކާރު ހުއްޓިފައިވާ ޙާލަތަށް އައިސްފައިވާއިރު، ޑިމޮކްރަޓިކް ޕާޓީ އަށް ނިސްބަތްވާ ސްޓޭޓް ތަަކަށް އަމާޒުކޮށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވުމަށް ފަހު، ޓްރަމްޕް ގެންދަވަނީ އެކަން ތަންފީޒު ކުރައްވަމުންނެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ބަޖެޓު ޑިރެކްޓަރު ރަސެލް ޓީ ވޯޓް ވިދާޅުވެފައި ވަނީ، ޑިމޮކްރަޓިކް ސްޓޭޓް ތަކަށް ކަނޑައަޅާފައިވާ 26 ބިލިއަން އެމެރިކާ ޑޮލަރުގެ އިންފްރާސްޓްރަކްޗާ ފަންޑިން މަޑު ޖައްސާލާނެ ކަމަށެވެ.

އެގޮތުން އޭގެ ތެރޭގައި ނިއު ޔޯކް ސިޓީގައި ޓްރާންސްޕޯޓް މަޝްރޫއު ތަަކަށް ކަނޑައެޅިފައިވާ 18 ބިލިއަން އެމެރިކާ ޑޮލަރާއި، ކެލިފޯނިއާ، ވޮޝިންޓަން އަދި ހަވާއި ފަދަ 16 ސްޓޭޓަކަށް ކަނޑައަޅާފައިވާ އަށް ބިލިއަން އެމެރިކާ ޑޮލަރުގެ "ގްރީން" ފަންޑިން ވެސް ހިމެނެ އެވެ.

ހަމަ އެހެންމެ، ސަރުކާރު ހުއްޓިފައިވާ ޙާލަތުގައި މުވައްޒަފުން ވަޒީފާ އިން ވަކި ކުރަން ޖެހިދާނެ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމުގެ އިންޒާރު ވޭންސް ދެއްވާފައިވާއިރު، އަސާސީ ޚިދުމަތްތައް ދެމެހެއްޓުމަށްޓަކައި ބައެއް ދާއިރާ ތަކުން ޚަރަދު ކުޑަ ކުރަން ޖެހޭނެ ކަމަށް ވޭންސް ވިދާޅުވެފައިވެ އެވެ.

މިޗިގަން ޔުނިވާސިޓީގެ ޕަބްލިކް ޕޮލިސީ ލެކްޗަރަރ ސްޓެފަނީ ލައިސަރ ވިދާޅުވެފައި ވަނީ، އެ ޙާލަތުގެ ސަބަބުން އެމެެރިކާގެ އިޤްތިޞާދަށް ނޭދެވޭ އަސަރު ކުރަމުން އަންނަ ކަމަށެވެ. ހަމަ އެހެންމެ، އިންވެސްޓްމަންޓުތައް ލަސްވެ، ލޯނުގެ އިންޓްރެސްޓް ރޭޓު މަތިވެ އަދި އިދާރީ ބުރަތައް އިތުރު ވަމުންދާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އެމެރިކާގެ ސެނެޓުގެ މައިނޯރިޓީ ލީޑަރު ޗަކް ޝުމާ ވަނީ ރައީސް ޓްރަމްޕް އެމެރިކާގެ ރައްޔިތުން "ރާޒުވާ ކުޅި ބައެއްގެ" ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ވިދާޅުވެ، އެކަމަށް ފާޑު ވިދާޅުވެފަ އެވެ. އަދި ޑިމޮކްރަޓުން ހުށަހަޅާފައިވާ ހެލްތުކުއާ ސަބްސިޑީތަކަކީ ރައްޔިތުންގެ އެދުމާ އެއްގޮތަށް ހުށަހަޅާފައިވާ ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، ރިޕަބްލިކަން ޕާޓީގެ ސެނެޓު މެޖޯރިޓީ ލީޑަރު ޖޮން ތޫން ވިދާލުވެފައި ވަނީ، އެ މައްސަލައިގައި ފުރިހަމަ ޒިންމާ ޑިމޮކްރަޓުން ނަގަން ޖެހޭނެ ކަމަށެވެ. އަދި ޑިމޮކްރަޓުން ރައީސް ޓްރަމްޕް އަށް ކުރާ ނަފުރަތުގެ ސަބަބުން އެ ޕާޓީގެ ވިސްނުން ވެސް ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ސަރުކާރަށް އައި މި ހުއްޓުން ކިހާ ދުވަހަކަށް ދެމިގެން ދާނެކަން މިވަގުތު ސާފެއް ނުވެ އެވެ. ބައިޕާޓިސަން ޕޮލިސީ ސެންޓަރުގެ މައުލޫމާތު ތަކަށް ބަލާއިރު، 1980 ވަނަ އަހަރުން ފެށިގެން 14 ފަހަރެއްގެ މަތިން ސަރުކާރުގެ ހިންގުން ހުއްޓިފައިވެ އެވެ. އޭގެ ތެރެއިން ގިނަ ފަހަރު ސަރުކާރު ހުއްޓުމަކަށް އައިސްފައި ވަނީ ވަރަށް މަދު ދުވަސް ކޮޅަކަށެވެ.

އެމެރިކާގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ސަރުކާރު ހުއްޓުމަކަަށް އައިސްފައި ވަނީ، 2018 ވަނަ އަހަރުގެ ފަހު ކޮޅާއި، 2019 ވަނަ އަހަރުގެ ކުރީ ކޮޅު އެވެ. އެއީ ގާތް ގަނޑަކަށް 34 ދުވަހުގެ މުއްދަތަކަށެވެ.

މަސްދަރު: އަލް ޖަޒީރާ

ޓްރަމްޕްއެމެރިކާގެ ސަރުކާރުޑިމޮކްރެޓް-ރިޕަބްލިކަންވައިޓް ހައުސްއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު