Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ރަޝިޔާ އާއި ޔުކްރެއިންގެ މައްސަލައިގައި ޓްރަމްޕް ވަކި އަތަކަށް ޖެހިވަޑައި ނުގަންނަވާ ކަމަށް ވައިޓް ހައުސް އިން ބުނެފި

ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވަނީ އެކަމަށް ވަރުގަދަ ރައްދެއް ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ހަނގުރާމަ ނިންމުމަށް އެމެރިކާ އިން ދެ ފަރާތާ ވެސް މަޝްވަރާ ކުރަމުން އަންނަނީ އެއްވަރަކަށް ކަމަށެވެ.

ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވިދާޅުވީ ޔުކްރެއިން ހަނގުރާމަ ނިންމުމަށް އެމެރިކާއިން ދެ ފަރާތާވެސް އެއްވަރަކަށް މަޝްވަރާކުރަމުންދާކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2025 | އަންގާރަ 08:19
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރަމުން އަންނަ މަޝްވަރާ ތަކުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަކި އަތަކަށް ޖެހިވަޑައި ނުގަންނަވާ ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން ބުނެފި އެވެ.

ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެމެރިކާާ އިން ޚާއްސަ ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، އެމެރިކާ އިން މަސައްކަތް ކުރަމުން އަންނަނީ ރަޝިޔާގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށް ބުނެ، އެ ޤައުމަށް ވަނީ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕް ބޭނުންފުޅު ވަނީ ރަޝިޔާ އިން ބޭނުންވާ ގޮތަށް ސުލްޙަ ޤާއިމު ކުރުމަށް ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވަނީ އެކަމަށް ވަރުގަދަ ރައްދެއް ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ހަނގުރާމަ ނިންމުމަށް އެމެރިކާ އިން ދެ ފަރާތާ ވެސް މަޝްވަރާ ކުރަމުން އަންނަނީ އެއްވަރަކަށް ކަމަށެވެ. އެހެންކަމުން، ދެ ފަރާތާ އެއްވަރަށް އެމެރިކާ އިން މަޝްވަރާ ނުކުރާ ކަމަށް ބުނެ ދައްކާ ވާހަކަ އަކީ ދޮގެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް އާއި އޭނާގެ ސަރުކާރަށް މި ފާޑު ކިޔުންތައް އަމާޒު ކުރަމުން ދަނީ ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ތެރެއިންނެވެ. އެމެރިކާގެ ސިޔާސީ މަޝްރަހުގައި، މި މައްސަލަ އަކީ ވަރަށް ބޮޑު ސަމާލު ކަމެއް ލިބިފައިވާ މައްސަލަ އަކަށް ވެފައިވާއިރު، ޓްރަމްޕްގެ ސަރުކާރުން ގެންދަނީ ރަޝިޔާއާ އެކު ވަރަށް ގާތްކޮށް މަސައްކަތް ކުރަމުން ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.

ލެވިޓް އިތުރަށް ވިދާޅުވެފައި ވަނީ، ރަޝިޔާ އިން ޔުކްރެއިން އަށް ދިން ހަމަލާގެ ސަބަބުން ފެށުނު ހަނގުރާމަ ނިންމުމަށް ޓްރަމްޕް ގެންދަވަނީ ވަރަށް އުންމީދާ އެކު މަސައްކަތް ކުރައްވަމުން ކަމަށެވެ. ހަނގުރާމަ ނިންމުމަށް ވަކި ޕްލޭނެއް ރޭވިފައިވާ ކަމަށާއި، އެކަން ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ވެސް ޓްރަމްޕް އަށް ލިބިވަޑައިގެންފައިވާ ކަމަށް ލެވިޓް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ކަމުގެ ދެ ވަނަ ދައުރަކަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ޓްރަމްޕް ވަނީ، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. ޚާއްސަކޮށް ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ޓްރަމްޕް ވަނީ އެކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.

ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި، ވައިޓް ހައުސްގެ މި ބަޔާނަކީ އެމެރިކާގެ ސިޔާސަތުތައް ސާފުކޮށް، ދެ ފަރާތަކަށް ވެސް އިންސާފުވެރިކަމާ އެކު މަސައްކަތް ކުރާކަން ދައްކުވައިދޭ ބަޔާނެއް ކަމަށެވެ. އަދި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގައި އެމެރިކާގެ ދައުރު ވަރަށް ބޮޑު ވާނެ ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.

މަސްދަރު: އޭއެފްޕީ

ޑޮނަލްޑް ޓްރަމްޕްވައިޓް ހައުސްކެރޮލައިން ލެވިޓްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު