Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

ޓްރަމްޕް ވިދާޅުވެފައި ވަނީ ބައިޑަންގެ ސަރުކާރުން ޤާނޫނާ ޚިލާފަށް އެމެރިކާ އަށް ވަނުމަށް ތިން މިލިއަން، ނުވަތަ ހަތަރު މިލިއަނެއްހާ މީހުންނަށް ދީފައިވާ ހުއްދަ ބާތިލް ކުރައްވާނެ ކަމަށެވެ. އެއީ އެމެރިކާގެ މުޅި ނިޒާމު ފުރިހަމަ ކުރުމަށް ދެވޭ ފުރުސަތެއް ކަމަށާއި، އެމެރިކާ އަށް ފައިދާ ނުވާ މީހުން ފޮނުވާލާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ރައީސް ޓްރަމްޕް ބައިޑެންގެ ސަރުކާރުން ފާސްކުރި މިލިއަން ހަތަރެއްހާ މީހުންގެ ހުއްދަތައް ބާތިލް ކުރާނެ ކަމަށް ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2025 | ހުކުރު 08:28
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުން އެމެރިކާ އަށް މީހުން ވަނުން ހުއްޓުވަން ނިންމައި، އެކަމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، މިއީ އެމެރިކާގެ ނިޒާމު ފުރިހަމަ އަށް އަލުން ބިނާ ކުރުމަށް ދޭ ފުރުސަތެއް ކަމަށެވެ.

ޓްރަމްޕް މިކަން އިއުލާން ކުރެއްވި ނަމަވެސް، ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ ދަށުން އެކަން މަނާ ވާނެ ޤައުމު ތަކުގެ ތަފްސީލެއް ހާމަ ކުރައްވާފައި ނުވެ އެވެ. އަދި ދާއިމީ ގޮތެއްގައި އެކަން މަނާ ކުރުމަށް ނިންމަވާނެ ކަމަށް ވިދާޅުވި ނަމަވެސް، ދާއިމީ ގޮތެއްގައި މަނާ ކުރާނެ ކަމަށް ވިދާޅުވާ ބަހުން މާނަ ކޮށްދެނީ ކޮން ކަމެއްކަން ސާފު ކޮށްދީފައި ނުވެ އެވެ.

ޕޯސްޓުގައި ކުރެއްވިި އިއުލާނުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، އެ ޕްލޭންގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ފާސް ކުރި ކޭސްތައް ވެސް ހިމެނޭނެ ކަމަށެވެ. އެގޮތުން، ތިން ވަނަ ދުނިޔޭގެ ހުރިހާ ޤައުމު ތަކުން ވެސް އެމެރިކާ އަށް މީހުން ވަނުން އޭނާގެ ސަރުކާރުން މަނާ ކުރައްވާނެ ކަމުގައި ޓްރަމްޕް ވިދާޅުވި އެވެ.

އެގޮތުން ޓްރަމްޕް ވިދާޅުވެފައި ވަނީ ބައިޑަންގެ ސަރުކާރުން ޤާނޫނާ ޚިލާފަށް އެމެރިކާ އަށް ވަނުމަށް ތިން މިލިއަން، ނުވަތަ ހަތަރު މިލިއަނެއްހާ މީހުންނަށް ދީފައިވާ ހުއްދަ ބާތިލް ކުރައްވާނެ ކަމަށެވެ. އެއީ އެމެރިކާގެ މުޅި ނިޒާމު ފުރިހަމަ ކުރުމަށް ދެވޭ ފުރުސަތެއް ކަމަށާއި، އެމެރިކާ އަށް ފައިދާ ނުވާ މީހުން ފޮނުވާލާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން އެމެރިކާގެ ރައްޔިތުންނަށް ދެމުން އަންނަ ފެޑަރަލް އެހީ އާއި، އެންމެހައި ފައިދާތައް، އެމެރިކާ ރައްޔިތުން ނޫން އެހެން މީހުންނަށް ނުދޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ހަމަ އެހެންމެ، އެމެރިކާގެ ޤައުމީ އަމާންކަމާއި، ޤައުމީ މަސްލަހަތު ނަގާލާ އެންމެންގެ ރައްޔިތުކަން ވެސް ބާތިލް ކުރާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން ރޮއިޓާސް އިން ވަނީ، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އާއި، އެމެރިކާގެ ސިޓިޒަންޝިޕް އެންޑް އިމިގްރޭޝަން ސާވިސަސް އިން އެ މައްސަލައާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، އެކަމާ ގުޅޭ ގޮތުން ރޮއިޓާސް އަށް ބަހެއް ލިބިފައި ނުވާ ކަަމަށް ބުނެފައިވެ އެވެ.

ޓްރަމްޕް މި ވާހަކަތައް ދައްކަވާފައި ވަނީ ވައިޓް ހައުސް ކައިރީގައި ބަޑިންް ދިން ހަމަލާއެއްގައި އެމެރިކާގެ ނެޝަނަލް ގާޑުގެ ދެ މެމްބަރުން މަރާލުމާ ގުޅިގެންނެވެ. ނެޝަނަލް ގާޑުގެ މެމްބަރުންނަށް އަމާޒުކޮށް ދިން ހަމަލާގައި އެ ދެ މެމްބަރުން މަރުވެފައި ވަނީ، އެ ހަމަލާގެ ސަބަބުން ލިބުނު ޒަޚަމުތަކާ ގުޅިގެންނެވެ. މިހާތަނަށް ތަހުގީގުގައި ދައްކާ ގޮތުން، އެ ހަމަލާ ދީފައި ވަނީ އަފްޣާނިސްތާން އަށް ނިސްބަތްވާ ރައްޔިތެއް ކަމަށް ބުނެފައިވެ އެވެ.

މީގެ ކުރިން އެމެރިކާގެ ހޯލްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓްގެ އޮފިޝަލުން ބުނެފައި ވަނީ، ބައިޑަންގެ ސަރުކާރުން ފާސްކުރި އެސައިލަމް ކޭސްތަކާއި 19 ޤައުމެއްގެ ރައްޔިތުންނަށް ފދިން ގްރީން ކާޑުތައް ރިވިއު ކުރުމަށް ޓްރަމްޕް އަމުރު ކުރައްވާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ރޮއިޓާސް އިން ބުނެފައި ވަނީ، އެ ނޫސް އެޖެންސީ އަށް ފެނިފައިވާ އެމެރިކާ ސަރުކާރުގެ ފައިލް ތަކުގައިވާ ގޮތުން، ނެޝަނަލް ގާޑުގެ ދެ މެމްބަރުންނަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އަށް އެސައިލަމް ދީފައި ވަނީ ޓްރަމްޕްގެ ވެރި ކަމުގެ ތެރޭގަ އެވެ. އެގޮތުން އެކަން ކޮށްފައި ވަނީ، މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޓްރަމްޕް ރިޔާސީ ދެ ވަނަ ދައުރުގެ ހުވާ ކުރެއްވިި ފަހުން ކަމަށް ބުނެފައިވެ އެވެ.

އެމެރިކާގެ ސިޓިޒަންޝިޕް އެންޑް އިމިގްރޭޝަން ސާވިސަސް އިން ބުދަ ދުވަހު ވަނީ، އަފްޣާނިސްތާންގެ ރައްޔިތުންނާ ގުޅޭ ހުރިހާ އިމިގްރޭޝަން ރިކުއެސްޓުތައް ޕްރޮސެސް ކުރުން ވަކި މުއްދަތެއް ނެތް ގޮތަށް ހުއްޓާލައިފަ އެވެ.

މަސްދަރު: ރޮއިޓާސް

ޑޮނަލްޑް ޓްރަމްޕްއެމެރިކާއިމިގްރޭޝަންވައިޓް ހައުސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
ހަތަރު މަސާޖު ޕާލާ އެއް ބަންދުކޮށް، ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ހަތަރު މަސާޖު ޕާލާ އެއް ބަންދުކޮށް، ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

10 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު