Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. ސަނީ އުމަރު

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

ސަނީ ފުރަން އުޅުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު ދޫކޮށްލާފައި ހުއްޓާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 ޑިސެމްބަރު 2025 | އަންގާރަ 16:41
ދެވަނަ ފަހަރަށް ވެސް ފިލައިގެން ރާއްޖެއިން ބޭރަށް ދާން އުޅުމުން ފުލުހުން ސަނީ ހައްޔަރު ނުކޮށް ހުރީ ދޫކޮށްލާފައި

ދެވަނަ ފަހަރަށް ވެސް ފިލައިގެން ރާއްޖެއިން ބޭރަށް ދާން އުޅުމުން ފުލުހުން ސަނީ ހައްޔަރު ނުކޮށް ހުރީ ދޫކޮށްލާފައި

ފިލައިގެން ފުރަން ގޮސް ހުއްޓާ، ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރި ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ފުލުހުން އޭނާ ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ އެވެ.

މިކަން ހާމަވީ ސަނީ އުމަރު ހައްޔަރުކުުރުމާއި ގުޅޭ ގޮތުން މީޑިއާ ގްރޫޕުގައި ދިން މައުލޫމާތުންނެވެ. ފުލުހުން ބުނީ ޖިނާއީ މައްސަލައެއްގެ ތުހުމަތު އޮއްވާ، އަދި ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމަށްފަހު، ސަނީ އުމަރު ރާއްޖެއިން ފުރައިން ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް އޭނާ ދޫކޮށްލި ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނައީ ހޯމަ ދުވަހު ރާއްޖެ އައިތަނުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހޯމަ ދުވަހު އެވެ. އަދި އޭނާއާއި ސުވާލު ކުރުމަށް މާފަންނުގައި ހުންނަ ފެމެލީ އެންޑް ޗައިލޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ގެންގޮސް ގަޑި އިރެއް ފަހުން ފުލުހުންގެ ވެހިކަލް އެއްގައި އޭނާ އަނބުރާ ގެން ގޮސްފަ އެވެ.

އަދި ހޯމަ ދުވަހު އޭނާ ހައްޔަރު ކުރިތޯ ކުރެވުނު ސުވާލަށް ފުލުހުން ޖަވާބެއް ނުދެއެވެ. އެފަހުން ހޯމަ ދުވަހުގެ ރޭ ސިފަ ބަދަލުކޮށްގެން ފުރަން ގޮސް ހުއްޓާ އޭނާ ވެލާނާ އެއަރޕޯޓުން އަނެއްކާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނެވެ. މައުލޫމާތު ލިބުނު ގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ފުރަން ވެގެން ބޯޓަށް އަރައި އިންދާ ބަޔަކު ރިޕޯޓް ކުރުމުން ބޯޓު މަޑުކުރުމަށްފަހު އެވެ. އޭނާ އެއަރޕޯޓަށް ފުރަން ގޮސް ހުރީ ތޮތްޕެއް އަޅައިގެން މާސްކް ވެސް އަޅައިގެން ކާކުކަން ނޭނގޭ ގޮތަށެވެ.

ނަމަވެސް ހޯމަ ދުވަހުގެ ރޭ އޭނާ ފިލަން އުޅުމުން ވެސް އޭނާ ހައްޔަރު ނުކުރެ އެވެ. ފުލުންނާއި ސުވާލު ކުރުމުން ފުލުހުން އެކަމަށް ވެސް ޖަވާބެއް ދީފައި ނުވެ އެވެ.

އެންމެ ފަހުން އަންގާރަ ދުވަހުގެ ރޭ 8:18 ހާއިރު ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވަނީ ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމަށްފަހު، ސަނީ އުމަރު ރާއްޖެއިން ފުރައިން ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލުމަށްފަހު، ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިއަދު (އަންގާރަ ދުވަހު) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވި، އަދި ފިލައިގެން ދާން ދެ ފަހަރަށް އުޅުމުންވެސް ފުލުހުން ހުރީ ސަނީ އުމަރު ހައްޔަރު ނުކޮށް ދޫކޮށްލާފަ އެވެ. އަދި އެއީ ކީއްވެގެންތޯ ކުރެވުނު ސުވާލަށް ފުލުހުން ޖަވާބެއް ވެސް ނުދެ އެވެ.

ސަނީ އުމަރު އަށް ކުރެވެނީ އޭނާގެ އަންހެނުންގެ އާއިލާ އަށް ނިސްބަތްވާ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތެވެ. މީގެ އިތުރުން ވެސް އިތުރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭ އިރު، އޭގެ ތެރޭގައި 2 އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ހިމެނެ އެވެ.

ސަނީ ފުރަތަމަ ފިލައިގެން ރާއްޖެއިން ބޭރަށް ދިޔައީ މި މައްސަލަ ފެންމަތިވި ހިސާބުން ހުކުރު ދުވަހު އެވެ. އަދި ރާއްޖެ އެނބުރި އައި ސަބަބެއް މިހާތަނަށް ސާފު ނުވާއިރު އޭނާ ދެވަނަ ފަހަރަށް ފިލަން މަސައްކަތް ކުރީ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ މުޖްތަމައުއަށް ދޫކޮށްލާފައި ހުއްޓާ އެވެ.

ޑރ. ސަނީ އުމަރުވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްޖިންސީ ގޯނާޕޮލިސްތުއްތު ކުދިން

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު