Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ގައުމަށް ބޭނުންވަނީ އޭޓީއެމް ދޮންބެއެއް ނޫންނެވެ. ބޭނުންވަނީ ވައްކަމާއި ކޮރަޕްޝަނާ ދެކޮޅު ދޮންބެ އެކެވެ.

ދިވެހިން ބޭނުންވަނީ ރައީސް މުއިއްޒުފަދަ އޭޓީއެމް ބަހައްޓާ ދޮންބެއެއް ނޫންނެވެ. ބޭނުންވަނީ ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅު، ދިވެހިންދެކެ ލޯބިވާ ދޮންބެއެކެވެ.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2025 | ބުދަ 13:40
ރައީސް ޑރ މުހައްމަދު މުއިއްޒު: ގައުމަށް ބޭނުންވަނީ އޭޓީއެން ދޮންބެއެއް ނޫނެވެ. ބޭނުންވަނީ ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅު ދޮންބެއެކެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު: ގައުމަށް ބޭނުންވަނީ އޭޓީއެން ދޮންބެއެއް ނޫނެވެ. ބޭނުންވަނީ ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅު ދޮންބެއެކެވެ.

މި ގައުމުގެ ވެރިކަމުގެ ތާރީޚަށް ނަޒަރު ހިންގާލާއިރު ދިވެހީންނަށް ތަފާތު ގިނަ ދޮންބެތަކެއް ފެނިގެން ހިނގައްޖެ އެވެ. ފްލެޓް ދޮންބެއަކާއި ބްރިޖް ދޮންބެ އަކާއި އޭޓީއެމް ބަހައްޓަވާ ދޮންބެއެކެވެ.

ކޮންމެ ދޮންބެއަކު ވެސް ކުރައްވާފައި ވަނީ މުހިންމު މަސައްކަތްތަކެކެވެ. ނަމަވެސް، ގައުމު މިހާރު މިއޮތް ނުރައްކާތެރި ހާލަތުން ސަލާމަތާއި ރައްކާތެރިކަމުގެ އައްސޭރިއަކަށް ގެންގޮސްދޭ ކަހަލަ ދޮންބެއެއް ދިވެހީންނަކަށް އަދި ނުލިބެ އެވެ. އެއީ، ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނާ ދެކޮޅު ދޮންބެއެކެވެ.

މުޅި ދުނިޔެ ތަހުޒީބުވެ، ތަމައްދުންވެ ދިޔައިރު، ދުނިޔޭގެ ގައުމުތައް ވެސް މިއަދު ދަތުރުކުރަމުން އެގެންދަނީ އެ މިސްރާބުންނެވެ. ކުޑަ އާބާދީއެއް އޮތް ދިވެހިރާއްޖެ ނޫނިއްޔާ އެވެ.

ހަގީގަތަށް ބުނަންޏާ މިއަދު ދިވެހިގައުމު މިއޮތީ ނުރައްކާތެރި އަނގަވަޅަކަށް ވެއްޓިފަ އެވެ. ވައްކަމާއި ކޮރަޕްޝަނުގެ ހާއްޔަކަށް ވެފަ އެވެ. ސަލާމަތް ވުމަށް ވުރެ ނުވުމާއި ގާތުގަ އެވެ.

ދުނިޔޭގެ ތަންދޮރުދަންނަ ތަހުޒީބު ގައުމުތަކުން ރާއްޖޭގެ ހާލަތާއި މެދު މިއަދު ހައިރާންވެ އެވެ. ހަގީގަތުގައި ޒާތަކަށް މަލާމާތް ވެސް ކުރެ އެވެ. ހަޖޫ ވެސް ޖަހަ އެވެ. ތަހަރު ލައްކަ ވެސް ހަމަ ނުވާ ކުޑަ އާބާދީއެއްގެ މައްޗަށް ބިނާވެފަ އޮތް މި ކުޑަކުޑަ ރާއްޖެ އޮތީ ދަރާފަ އެވެ.

ދުނިޔޭގެ ގައުމުތަކުގެ ނަޒަރުގައި މީސްކޮޅު މަދަސް މި ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ރިސޯޓްތައް ހުރީ މި ގައުމުގަ އެވެ. ބިލިއަނަރުންނާއި މިލިއަނަރުން ކޮންމެ ދުވަހަކު އައިސް ހިތް އުފާކުރަނީ މި ރީތި ގައުމުގަ އެވެ.

އެހެން ނަމަވެސް ހިތާމައަކީ ރާއްޖޭގެ ޖުމުލަ ދަރަނި 9.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރައި، އުފެއްދުންތެރިކަމުގެ ނިސްބަތް 134 އިންސައްތައިގައި ހުރުމެވެ. މީގެ މާނައަކީ ކޮންމެ ދިވެއްސެއްގެ ބޮލުގައި 24،560 ޑޮލަރުގެ ދަރަނި އެބައޮތެވެ. އެއީ، 378،715.2 ރުފިޔާއެވެ.

މި އަހަރު އެކަނި ވެސް ދަރަންޏަށް 600 މިލިއަނެއްހާ ޑޮލަރު، ގާތްގަނޑަކަށް 9.25 ބިލިއަން ރުފިޔާ ދައްކަން ޖެހޭއިރު އަންނަ އަހަރު އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރަ އެވެ. ދަރަނި މެނޭޖު ކުރެވޭނެތޯ ނުވަތަ ނޫންތޯ މިއީ މިއަދު ކުރެވޭ އެންމެ ބޮޑު ސުވާލެވެ.

އުސޫލެއްގެ ގޮތުން ދަރަނި އޮތުމަކީ މައްސަލައެއް ނޫނެވެ. ދުނިޔޭގެ އެންމެ މުއްސަނދިންގެ ވެސް ދަރަނި އޮންނާނެއެވެ. އެކަމަކު، އެންމެ ބޮޑު ހިތާމައަކީ މި ގައުމުގެ ދަރަނި އެވަރަށް އޮތްއިރު ރައްޔިތުން އުޅެން ޖެހިފައިވާ ހާލަތެވެ. ބަނގުރޫޓްވުމުގެ ބިރު ހީވެފައިވާ މި ކުޑަ ގައުމުގެ އާބާދީގެ ބޮޑު ބަޔަކު ބޯހިޔާވަހިކަން ނުލިބި ގަނަތެޅެނީ އެވެ.

ލިބޭހާ ފައިސާއެއް ކުއްޔަށް ދައްކައިދައްކައި ނަފުސާނީނުވާ މީހަކު މަދެވެ. އެވަރު ދީގެން ވެސް އެކަށީގެންވާ ބޯހިޔާވަހިކަމެއް ނުލިބެ އެވެ. ދެމަފިރިންނަށް ހިތްހަމަ ޖެހިގެން ވަގުތު ހޭދަކޮށްލެވޭނެ ޖާގައެއް، ބޮޑު ކުލި ދައްކާ ގޭތެރެއިން ވެސް ނުލިބެ އެވެ. ވެރިރަށުގައި ވެސް ތައުލީމާއި ސިއްހީ ޚިދުމަތުގެ ފެންވަރު ހަމަ ވަރަށް ދަށެވެ. ގިނަ ކަންކަން ހުރީ ނަމެއްގައި އެވެ. ކިރިޔާ ވެސް ކަމެއްދަމެއް ޖެހިއްޖެނަމަ ޖެހެނީ ބޮޑު ޚަރަދު ކޮށްގެން ފުރައިގެން ދާށެވެ. ދިވެހިންގެ ހާލަތަކީ މިއީ އެވެ. އެންމެ ހަތަރުލައްކަ ވެސް ހަމަނުވާ އާބާދީއެއް އޮންނަ މި ގައުމުގެ ރައްޔިތުން އަސާސީ ޚިދުމަތްތައް ނުލިބިގެން ގަނަތެޅެނީ އެވެ.

ކޮންމެ ފަސް އަހަރަކުން ވެރިކަންތައް އެބަ ބަދަލުވެއެވެ. އެއާއި އެކު މަތިން ފެށިގެން ތިރިއަށް ސަރުކާރުގެ މަގާމުތައް ވެސް ބަދަލުވެ އެވެ. އެކަމަކު، ދައުލަތުގެ މުދަލާއި ފައިސާއާއި ވަސީލަތްތަކުން ކުރަމުންދާ ވައްކަމާއި، ހިންގާ ކޮރަޕްޝަނުގެ އަމަލުތަކަސް ހުއްޓުމެއް ނާދެ އެވެ. ގައުމުގެ ނަން ބޭނުންކޮށްގެން އެތައް ބަޔަކު އަންނަނީ ނާޖާއިޒު ގޮތުގައި އަމިއްލަ މުއްސަނދިކަން އިތުރު ކުރަމުންނެވެ. އެހެން ނަމަވެސް މިފަދަ ކަންކަން ހުއްޓުވުމަށް ގައުމުގައި އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ދުވަހެއް ދުވަހަށް ހާލަތު ދަނީ ގޯސްވަމުންނެވެ.

މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ވެސް ވެރިކަމަށް ވަޑައިގަތީ ވަރަށް ވެސް ފޮނި ވައުދުތަކެއް ވެ ، ދިވެހި ރައްޔިތުންގެ ސިކުނޑިތަކާއި ކުޅެ، ރައްޔިތުން ގުނބޯހައްދައިގެންނެވެ. މޮޅެތި, ފޮނި ވައުދުތަކާ އެކު ރާއްޖޭގެ ވެރިކަމަށް ވަޑައިގެން ގައުމުގައި ހިންގާ ބޮޑެތި ވައްކަމާއި ކޮރަޕްޝަންތައް ހުއްޓުވުމަށް އައި ރައީސް މުއިއްޒު ވެސް އެންމެ ފަހުން ޖެހިވަޑައިގަތީ އެ މަޅީގަ އެވެ. އެންމެ ފަހުން ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރެން ދާއިރު، މުޅިން ވެސް އޮތީ ބޮޑެތި ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް ކަމަށް ރައްޔިތުން މިއަދު ބުނެއެވެ. ހަގީގަތުގައި ދިވެހިން ބޭނުންވި ފަދަ ރައީސަކަށް މުއިއްޒު ނުވި އެވެ.

މި ގައުމަށް ބޭނުންވަނީ އަމާނާތްތެރި، ނަޒާހަތްތެރިކަމާއި އެކު ވެރިކަން ކުރާ ރައްޔިތުންދެކެ ލޯބިވާ ވެރިއެކެވެ. ކޮރަޕްޝަނާއި ފަސާދަ ހުއްޓުވުމަށް ގަދަ އަޅާ މަސައްކަތް ކުރާ ވެރިއެކެވެ. އަމަލުން އެކަން ދައްކާ ވެރިއެކެވެ. ދިވެހީން ބޭނުންވަނީ ވެރިކަމުގައި ހުންނެވި ރައީސް މުއިއްޒު ފަދަ އޭޓީއެމް ބަހައްޓާ ދޮންބެއެއް ނޫނެވެ. ވައްކަމާ ކޮރަޕްޝަނާއި ދެކޮޅު ދޮންބެއެކެވެ.

ރައީސް މުއިއްޒުދިވެހިރާއްޖެކޮރަޕްޝަން ޤައުމީ ދަރަނިބޯހިޔާވަހިކަންވައްކަން

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު