Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗިކުންގުންޔާ ފެތުރުން

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

މަދިރިން ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 5 ޖޫން 2025 | ބުރާސްފަތި 08:01
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބަޔަކު ފުރުމަށް ކިޔުގައި ޖެހިގެން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބަޔަކު ފުރުމަށް ކިޔުގައި ޖެހިގެން

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

ބުދަ ދުވަހު އެޗްޕީއޭއިން ބުނީ އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށެވެ. އަދި އަޟްހާ އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަތުރު ކުރަމުންދާއިރު، އިތުރަށް ސަމާލުވާންޖެހޭ ކަމަށެވެ. މަދިރިން ރައްކާތެރިވުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން ބުނީ މަދިރިން ރައްކާތެރިވުމަށް މަދިރި ލޯޝަން/ ސްޕްރޭ ބޭނުންކުރުމާއި، ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާ ގޮތަށް ފޭރާންލުމާއި، ކުޑަދޮރު ފަދަ ތަންތާނގައި މަދިރި ދާ ޖެހުމާއި އަދި މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެދިފައިވެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ، ހުރިހާ ވައްތަރެއްގެ މަދިރިވެސް އެންމެ ގިނަވާނީ ހެނދުނާއި ހަވީރު ކަމަށެވެ. އީޑިސް މަދިރި އާއްމުކޮށް ހަފަނީ ދުވާލު ގަޑީގައި ކަމަށާއި، އެންމެ ރަނގަޅީ ހުރިހާ ވަގުތެއްގައި ވެސް (ދުވާލު އަދި ރޭގަނޑު) މަދިރި ހެފުމުން ރައްކާތެރިވުން ކަމަށެވެ.

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައިވާއިރު، މިދުވަސްވަރު ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ވެސް ވަނީ އިތުރުވެފައެވެ.

އެޗްޕީއޭއިން ބުނީ މިދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކުރާ އަދަދު 2024 ވަނަ އަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށެވެ. މިހާރު ފެތުރެމުންދާ އަރިދަފުސް ރޯގާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކުރެވެމުންދަނީ އިންފްލުއެންޒާ އަދި ކޮވިޑް-19 ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން އެޗްޕީއޭއިން ބުނީ 2025 ވަނަ އަހަރު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު 2024 ވަނަ އަހަރުގެ މިދުވަސްވަރާ އަޅާ ބަލާއިރު ދަށް ކަމަށެވެ. މިއަހަރު ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރ،ކ، އަދި އއ.އަތޮޅުން ކަމަށެވެ.

އެޗްޕީއޭއިން ބުނީ ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ އަދަދު މިދުވަސްވަރު ދަށްވެފައިވީ ނަމަވެސް މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ޑެންގީ ހުން ފަދަ މަދަރިން ފެތުރޭ ބަލިތައް އިތުރުވުން އެކަށީގެންވާ ކަމަށެވެ.

އެހެންކަމުން މިފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އަޅަމުން ގެންދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޗިކުންގުންޔާ އެޗްޕީއޭއީދުއަރިދަފުސް ރޯގާއިންފުލުއެންޒާކޮވިޑް-19ޑެންގީ ހުންމާލެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
07 ޑިސެމްބަރު 2025

ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

07 ޑިސެމްބަރު 2025
ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!
07 ޑިސެމްބަރު 2025

ސެލޫނެއް ތެރޭ މާރާމާރީ ހިންގި މައްސަލައެއް ގައި ފުލުހަކު ހައްޔަރު ކޮށްފި

07 ޑިސެމްބަރު 2025
ސެލޫނެއް ތެރޭ މާރާމާރީ ހިންގި މައްސަލައެއް
ގައި ފުލުހަކު ހައްޔަރު ކޮށްފި
05 ޑިސެމްބަރު 2025

ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

05 ޑިސެމްބަރު 2025
ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި
03 ޑިސެމްބަރު 2025

ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

03 ޑިސެމްބަރު 2025
ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު