Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ފުރަތަމަ ޑިވިޝަންގައި އޮޑި އަށް ރަނގަޅު ފެށުމެއް

21 ސެޕްޓެމްބަރު 2025 | އާދީއްތަ 03:40

މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން އެއް ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ސެޕްޓެމްބަރު 2025 | އާދީއްތަ 03:40
މެޗުގައި ލަނޑު ޖެހުމަށް ފަހު އޮޑިގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އޮޑިގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކުލަބު އިން ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑު ވިކްޓަރީގެ މައްޗަށް ކުރި ހޯދައި، ފުރަތަމަ ޑިވިޝަންގެ ފެށުން ވަރުގަދަ ކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އޮޑި އިން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން އެއް ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި އޮޑި އަށް ލީޑު ނަގައިދިނީ ޢަބްދުﷲ ލޫތު އިބްރާހީމް އެވެ. ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި އޮޑިގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ އިބްރާހީމް ވަޙީދު ޙަސަން އެވެ.

އޭގެ ފަހުން މެޗުގެ 76 ވަނަ މިނެޓުގައި އޮޑިގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްދިނީ އަހްޒަމް ރަޝީދު އެވެ. އަދި މެޗުގައި އޮޑިގެ ހަތަރު ވަނަ ލަނޑު، މެޗުގެ 89 ވަނަ މިނެޓުގައި ޖެހީ މުޒުދާން ޙަސަން އެވެ.

މިއީ އެންމެ ފަހުން އޮތް ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރި އޮޑި އިން ފުރަތަމަ ޑިވިޝަންގައި ކުޅުނު ފުރަތަމަ މެޗެވެ. އޮޑި އިން ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދީ އެންމެ ފަހުން އޮތް ދެ ވަނަ ޑިވިޝަންގައި ފައިނަލްގައި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ލީގުގައި އޮޑި އަށް ދެން އޮންނާނީ ކުލަބު ވެެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުއޮޑި ސްޕޯޓްސް ކްލަބްޔުނައިޓެޑް ވިކްޓަރީ (ޔޫވީ)

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

14 ޑިސެމްބަރު 2025
ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި
13 ޑިސެމްބަރު 2025

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް
01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް