Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލްބޭނިއާ

ދުނިޔޭގެ ފުރަތަމަ އޭއައި މިނިސްޓަރު އަލްބޭނިއާގެ ކެބިނެޓަށް އައްޔަނު ކޮށްފި

19 ސެޕްޓެމްބަރު 2025 | ހުކުރު 10:16

ދުނިޔޭގެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް މިނިސްޓަރު ގޮތުގައި އަލްބޭނިއާގެ "ޑިއެލާ" ވަނީ ކެބިނެޓަށް އައްޔަން ކޮށްފައެވެ. އަލްބޭނިއާގެ ކޮރަޕްޝަން ހުއްޓުވުމަށް އައްޔަންކުރެވުނު މި މިނިސްޓަރާމެދު އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދަމުން ދާއިރު، މިއީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ބުނެ ކޯޓަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

އަލްބޭނިއާގެ ސަރުކާރުން ދުނިޔޭގެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް މިނިސްޓަރު އައްޔަން ކޮށްފި

ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2025 | ހުކުރު 10:16
އަލްބޭނިއާގެ އާޓިފިޝަލް އިންޓެލިޖެންސް މިނިސްޓަރ, ޑިއެލާ.

އަލްބޭނިއާގެ އާޓިފިޝަލް އިންޓެލިޖެންސް މިނިސްޓަރ, ޑިއެލާ.

އަލްބޭނިއާގެ ސަރުކާރުން އެ ގައުމުގެ ކެބިނެޓަށް ދުނިޔޭގެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މިނިސްޓަރު އައްޔަނު ކޮށް އެ ގައުމުގެ ޕާލިމެންޓުގައި ފުރަތަމަ ފަހަރަށް އޭނާ ވާހަކަ ދައްކައިފިއެވެ.

ޕާލިމެންޓަށް އޭނާ ދިން ބަޔާނުގައި އޭނާ ވަނީ އޭނާގެ ޒިންމާތައް ބަޔާންކޮށް، "އަހަރެން މިތާ މިހުރީ އިންސާނުން ރިޕްލޭސް ކުރަން ނޫން" ކަމަށާއި، "އެހެނަސް އިންސާނުންނަށް އެހީތެރިވުމަށް" ކަމަށް ބުނެފައެވެ.

ދުނިޔޭގެ ފުރަތަމަ އޭއައި މިނިސްޓަރު ކެބިނެޓަށް އައްޔަން ކުރީ ހުސްވި ހަފްތާ ގައި އަލްބޭނިއާގެ ބޮޑުވަޒީރު އެޑީ ރާމާ އެވެ.

"ބައެއް މީހުން ބުނެފި އަހަރެން 'ޤާނޫނު އަސާސީއާ ޚިލާފު' އޭ، އެއީ އަހަރެންނަކީ އިންސާނެއް ނޫން ވީމާ،" އަލްބޭނިއާ ބަހުން 'އިރު' މާނަ ކުރެވޭ ޑިއެލާ ގެ ނަންދީފައިވާ މިނިސްޓަރު ވީޑިއޯ އެއްގައި ޕާލިމެންޓަށް ބުންޏެވެ. މި ވީޑިއޯގައި އޭނާ ފެނުނީ އަލްބޭނިއާގެ ސަގާފީ ހެދުމެއް ލައިގެން ހުރި އަންހެނެއްގެ ގޮތުގައެވެ.

"އަހަރެން ތިބާ އަށް ހަނދާން ކޮށްދޭނަން، ޤާނޫނު އަސާސީއަށް އޮތް ޙަޤީޤީ ނުރައްކާ އަބަދުވެސް އޮންނަނީ މެޝިންތަކުގެ ސަބަބުންނެއް ނޫން، އެހެނަސް ބާރުގައި ތިބޭ މީހުންގެ އިންސާނިއްޔަތުކަން ނެތް ނިންމުންތަކުގެ ސަބަބުން،" ކަމަށް ޑިއެލާ ބުންޏެވެ.

ފާއިތުވި ހަފްތާގައި ބޮޑުވަޒީރު ރާމާ ވިދާޅުވީ އޭއައި މިނިސްޓަރާ ހަވާލު ކުރެވޭނީ ސަރުކާރުގެ ހުރިހާ ބީލަންތަކާ ގުޅޭ ނިންމުންތައް ނިންމުމަށް ކަމަށާއި، އެއީ "ސައްތައިން ސައްތަ ކޮރަޕްޝަނުން އެއްކިބާވެފައިވާ،" ނިންމުންތަކެއް ކަމުގައި ހެދުމުގެ ބޭނުމުގައި ކަމަށެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަން އިންޑެކްސްގައި، ކަރަޕްޝަންގެ މައްސަލަ ބޮޑު އަލްބޭނިއާ ވަނީ 180 ޤައުމުގެ ތެރެއިން 80 ވަނައިގައެވެ.

ކަރަޕްޝަން އާ ދެކޮޅަށް މަސައްކަތް ކުރުމަށް އައްޔަނު ކުރި އާޓިފިޝަލް އިންޓެލިޖެންސް މިނިސްޓަރު ގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ވަނީ ރުޅި ގަދަވެފައެވެ.

"މި މަޤްޞަދަކީ ސަމާލުކަން ހޯދުން ނޫން އެހެން އެއްވެސް ކަމެއް ނޫން،" ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ބޮޑުވަޒީރު އަދި އިދިކޮޅު ލީޑަރު ސެލީ ބެރީޝާ ވިދާޅުވިއެވެ.

"ޑިއެލާއާ އެކު ކޮރަޕްޝަން ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫން،" އޭނާ އިތުރަށް ވިދާޅުވިއެވެ.

"ޑިއެލާ ކޮންޓްރޯލް ކުރާނީ ކާކު؟ ޑިއެލާއަކީ ޤާނޫނު އަސާސީއާ ޚިލާފު އެއްޗެއް، އަދި ޑިމޮކްރެޓިކް ޕާޓީން މި މައްސަލަ ޤާނޫނު އަސާސީ އާ ޚިލާފު ކަމަށް ކަނޑައަޅަން ކޯޓަށް ހުށަހަޅާނެ،" އޭނާ ވިދާޅުވިއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ އަލްބޭނިއާ ޔޫރަޕިއަން ޔޫނިއަން އަށް ވަނުމަށް ކުރާ މަސައްކަތުގައި ވަރަށް މުހިންމު ކަމެކެވެ.

ބޮޑުވަޒީރު ރާމާގެ އަމާޒަކީ 2.8 މިލިއަން މީހުން ދިރިއުޅޭ ބޯލްކަން ސަރަހައްދުގެ މި ޤައުމު 2030 ވަނަ އަހަރާ ހަމައަށް ޔޫރަޕިއަން ޔޫނިއަން ގައި ބައިވެރި ކުރުމެވެ.

މަސްދަރު: އޭއެފްޕީ

އަލްބޭނިއާޑިއެލާއެޑީ ރާމާއާޓިފިޝިއަލް އިންޓެލިޖެންސްކޮރަޕްޝަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓައިމް މެގެޒިން އިން 2025 "ޕާސަން އޮފް ދަ އިޔަރ" އަށް ހޮވީ އޭއައި ގެ ފަރުމާވެރިން

11 ޑިސެމްބަރު 2025
ޓައިމް މެގެޒިން އިން 2025 "ޕާސަން އޮފް ދަ އިޔަރ" އަށް ހޮވީ އޭއައި ގެ ފަރުމާވެރިން
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި

01 ޑިސެމްބަރު 2025
ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި
29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
28 ނޮވެމްބަރު 2025

އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި, އަގު ސާފެއް ނޫން

28 ނޮވެމްބަރު 2025
އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި, އަގު ސާފެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް