Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އާޓިފިޝިއަލް އިންޓެލިޖެންސް

ޓައިމް މެގެޒިން އިން 2025 "ޕާސަން އޮފް ދަ އިޔަރ" އަށް ހޮވީ އޭއައި ގެ ފަރުމާވެރިން

ޓައިމް މެގަޒިނުން އޭއައި ފަރުމާކުރި ފަރާތްތައް "ޕާސަން އޮފް ދަ އިޔަރ" އަށް ކަނޑައަޅަމުން ބުނެފައިވަނީ އިންސާނުންގެ ދިރިއުޅުމަށް މި އަހަރުގެ ތެރޭގައި އެންމެ ނުފޫޒު ގަދަ ބަދަލެއް ގެނައި އެހެން ފަރާތެއް ނެތް ކަމަށް.

ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2025 | ބުރާސްފަތި 16:00
އޭއައިގެ އާކިޓެކްޓުން ޓައިމް މަޖައްލާގެ އަހަރުގެ ޝަޚުޞިއްޔަތު ކަމަށް ކަނޑައަޅައިފި

އޭއައިގެ އާކިޓެކްޓުން ޓައިމް މަޖައްލާގެ އަހަރުގެ ޝަޚުޞިއްޔަތު ކަމަށް ކަނޑައަޅައިފި

ޓައިމް މެގަޒިނުން 2025 ވަނަ އަހަރުގެ "ޕާސަން އޮފް ދަ އިޔަރ" އަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ފަރުމާވެރިން ހޮވައިފި އެވެ.

ބުރާސްފަތި ދުވަހު ޓައިމް މެގެޒިން އިން އިއުލާނު ކުރި ގޮތުގައި ޕާސަން އޮފް ދަ އިޔަރ އަކީ އިންސާނުންގެ ހަޔާތް ބައްޓަން ކުރުމުގައި ނުފޫޒު ގަދަ ފަރާތްތަކަށް ސަމާލު ކަން ލިބޭ ބާރުގަދަ ގޮތެއް ކަމަށެވެ. އެ ގޮތުން އާޓިފިޝަލް އިންޓެލިޖެންސް ފަރުމާ ކޮށް ބިނާ ކުރި ފަރާތްތަކަށް ވުރެ ބޮޑަށް އިންސާނުންގެ ހަޔާތައް ނުފޫޒު ފޯރުވި އެހެން ފަރާތްތަކެއް މި އަހަރު ނެތް ކަމަށް ޓައިމްގެ އެޑިޓަރ-އިން-ޗީފް ސޭމް ޖޭކޮބްސް ކިޔުންތެރިންނަށް ލިޔުއްވި ސިޓީއެއް ގައި ވިދާޅުވެފައި ވެއެވެ.

ޖޭކޮބްސް އޭއައި ފަރުމާކުރި ފަރާތްތައް ސިފަކުރެއްވީ "އިންސާނިއްޔަތަށް އުއްމީދާއި ކަންބޮޑުވުން ގެނެސްދޭ" ފަރާތްތަކެއްގެ ގޮތުގައެވެ.

2025 "ޕާސަން އޮފް ދަ އިޔަރ" އަދަދުގެ ކަވަރ ސްޓޯރީ ގައި ހިމެނެނީ އޭއައި އިން އަހަރުގެ ތެރޭގައި ގެނެސްފައިވާ ބޮޑެތި ކުރިއެރުން ތަކާއި އަދި "ބައެއް ފަހަރު ބިރުވެރި ގޮތްގޮތުން" ދުނިޔެ ބަދަލުކުރި ގޮތްތައް ހިމެނޭ ވާހަކަތަކެވެ.

އޭގެ އިތުރުން އޭއައި ކުރި އެރުވުމުގައި މުހިންމު ދައުރެއް އަދާ ކުރަމުންދާ ފަރާތްތަކުގެ އިންޓަރވިއުތައް ވެސް މި އަދަދުގައި ހިމަނާފައިވެއެވެ.

އޭއައި ގެ ސަބަބުން ކަންބޮޑުވާ ކަންކަމަށް މި އަދަދު ގައި ބަލާލާފައިވާއިރު، 16 އަހަރުގެ ކެލިފޯނިއާ ގެ ކުއްޖަކު އަމިއްލަ އަށް މަރުވި ހާދިސާ އެއް ތަފްސީލު ކޮށް ލިޔެފައިވެއެވެ. އެ ހާދިސާ އާ ގުޅިގެން އެ ކުއްޖާގެ މައިންބަފައިން ޗެޓްޖީޕީޓީ އުފައްދާ އޯޕަންއޭއައި އަށް ދައުވާކުރީ، އެ ކުއްޖާ މަރުވަން ދިމާވީ ޗެޓްބޮޓާ އެކު ކުރި މުއާމަލާތްތަކެއްގެ ސަބަބުން ކަމަށާއި، އެ ކުންފުނިން އެ ކުއްޖާގެ މަރަށް ޒިންމާވާން ޖެހޭނެ ކަމަށް ބުނެއެވެ.

ޓައިމް މަޖައްލާއާޓިފިޝިއަލް އިންޓެލިޖެންސްއޯޕަންއޭއައި

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ ފުރަތަމަ އޭއައި މިނިސްޓަރު އަލްބޭނިއާގެ ކެބިނެޓަށް އައްޔަނު ކޮށްފި

ދުނިޔޭގެ ފުރަތަމަ އޭއައި މިނިސްޓަރު އަލްބޭނިއާގެ ކެބިނެޓަށް އައްޔަނު ކޮށްފި

19 ސެޕްޓެމްބަރު 2025
ރޭވިގެން ހިންގާ ބޮޑެތި ކުށްތަކުގައި ހިމެނޭ 5500 އަށް ވުރެ ގިނަ މީހުން ވޭތުވެދިޔަ އަހަރު ހައްޔަރުކޮށްފައިވޭ: ފުލުހުން

ރޭވިގެން ހިންގާ ބޮޑެތި ކުށްތަކުގައި ހިމެނޭ 5500 އަށް ވުރެ ގިނަ މީހުން ވޭތުވެދިޔަ އަހަރު ހައްޔަރުކޮށްފައިވޭ: ފުލުހުން

08 ސެޕްޓެމްބަރު 2025
އެމެރިކާގެ ޚާރިޖީ ވަޒީރު ކަމަށް ހެދިގެން އޭއައި ބޭނުން ކޮށްގެން ބޭރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މީހަކު މުއާމަލާތް ކޮށްފި

އެމެރިކާގެ ޚާރިޖީ ވަޒީރު ކަމަށް ހެދިގެން އޭއައި ބޭނުން ކޮށްގެން ބޭރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މީހަކު މުއާމަލާތް ކޮށްފި

09 ޖުލައި 2025
 10 އަހަރުގެ ތެރޭގައި އެމެރިކާގައި 1.4 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ޔޫއޭއީ އިން ބުނެފި

10 އަހަރުގެ ތެރޭގައި އެމެރިކާގައި 1.4 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ޔޫއޭއީ އިން ބުނެފި

16 މެއި 2025
ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ތެރޭގައި ރާއްޖެ، ނަމަވެސް މީޑިއާގެ މިނިވަންކަން ދެމެހެއްޓުމުގެ އަޒުމުގައި ހުންނެވިކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ތެރޭގައި ރާއްޖެ، ނަމަވެސް މީޑިއާގެ މިނިވަންކަން ދެމެހެއްޓުމުގެ އަޒުމުގައި ހުންނެވިކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

03 މެއި 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު