Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ކޮރަޕްޝަން

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ މާލީ ބަޔާންތަކާއި މުދަލާއި ފައިސާ އިތުރުވަމުންދާ ގޮތްތަކާމެދު ސުވާލު އުފެދޭނެ ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ސެޕްޓެމްބަރު 2025 | ހުކުރު 14:05
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިހާރުގެ ޑިފެންސް މިނިސްޓަރާ މި ސަރުކާރުގެ އިސްވެރިންނާއެކު - ފައިލް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިހާރުގެ ޑިފެންސް މިނިސްޓަރާ މި ސަރުކާރުގެ އިސްވެރިންނާއެކު - ފައިލް

ދައުލަތުގެ އިސްވެރިން ކުރާ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކަވާނެ ކަަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަތަކާއި މަޖިލިސް މެންބަރުންނަށް އާމްދަނީ އާއި ނުބައްދަލު ފައިސާ ލިބެމުންދާތީ އެވާހަކަތައް އާންމުންނާއި ހަމައަށް ނުގެނެވޭ ގޮތަށް ހެދި މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ތަސްދީގުކުރުމާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، އެ ގާނޫނު މައިގަނޑުގޮތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވަނީ އަބުރު ރައްކާތެރިކުރުމުގެ ގާނޫނެއްގެ ގޮތުގައި ކަމަށާއި، އެހެންނަމަވެސް މީހުންގެ ކަންތައްތަކާ ހަވާލުވެ ތިބި އިސްވެރިން ކުރާ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކަވާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ވިދާޅުވީ އެ މީހުންނަކީ ރައްޔިތުންގެ ކަންތައްތައް، ﷲ ގަންދީ ހުވާކޮށްގެން ކަންކަމާ ހަވާލުވެ ތިބި މީހުން ކަމަށާއި އެހެންވީމާ، އެ މީހުން މަގުން ކައްސާލައިގެން ދާ ކަމަށް ވަންޏާ އިލްމުވެރިންގެ އިތުރުން ސިޔާސީ އެހެން މީހުންނާއި، ތަންދޮރުދަންނަ އެހެން މީހުންވެސް އެ ވާހަކަ ދައްކާނެ ކަމަށެވެ.

އަޅުގަނޑުމެން މި އުޅެނީ އާދައިގެ މީހުންގެ އަބުރާ އަރައިގަންނާކަށް ނޫނޭ. އަޅުގަނޑުމެން ވެސް އިންތިހާއަށް އިހުތިރާމްކުރަން، މީހުންގެ އަބުރު ރައްކާތެރިކުރުމަށް އިނގޭތޯ. މި އުޅެނީ މީހުންގެ އަބުރު ނަގާލާ ވާހަކައެއް ނޫން އަޅުގަނޑު މި ދައްކަނީ. އެކަމަކު ކީއްވެގެންތޯ ނުދައްކަންވީ ޕީޖީ ލީޑަރަކަށް ހުރި ފަދައިން، ވަޑިއެއް ކަމަށް ވަނީ؟ ވަޑައިގެން އެ އޮތީ ހަތާވީސް، އަށާވީސް މިލިއަނުގެ ބިންގަނެފައޭ އެ އޮތީ. ދެން އެ ވާހަކަ ނުދެއްކެންވީ ކީއްވެގެންތޯ؟ ދެން އެ ވާހަކަ ދައްކާއިރު، އަޅުގަނޑު ކުރީރޭ ޑރ. ޖަމީލާ ސުވާލު ކުރިން. މީދެއްތޯއޭ މަނީލޯނަރުންގެ ތެރޭގައި ހިމެނޭ ކަންކަމަކީ؟ އެއީ، އޭނަގެ މާލީ ބަޔާނުގައި އޭނަ މިލްކިއްޔާތުގައި ހުރި ކަންތައް އެނގޭތޯ. އެކަމަކު މި ބިން ގަންނަންވެގެން މަދަނީ ކޯޓަށް ވަދެ، މަދަނީ ކޯޓުގައި ބިން ރަޖިސްޓްރީކޮށް ނިންމީ އިއްޔެ ނޫން އިހައްދުވަހު ކަންނޭނގެ.
ޔާމިން

ޔާމީން އިތުރަށް ވިދާޅުވީ، ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ މާލީ ބަޔާންތަކާއި، އެފަރާތްތަކުގެ މުދަލާއި ފައިސާ އިތުރުވަމުންދާ ގޮތްތަކާމެދު ސުވާލު އުފެއްދޭނެ ކަމަށެވެ. އަދި މިފަދަ ކަންކަން ފޮރުވައިގެން ތިބޭ ނަމަ، މަނީ ލޯންޑްރިންގގެ ތުހުމަތުތައް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ވެރިކަމުގައި ތިބޭއިރު މިފަދަ ތުހުމަތުތައް ރައްދުވާ ކަމަށްވަންޏާ، އެ ފަރާތްތަކުން އަމިއްލައަށް ދިފާޢު ހޯދަންވާނެ. ރައްޔިތުންނަށް އެކަންކަން ސާފުކޮށްދޭންވާނެ. އެހެންނޫންނަމަ، އަޅުގަނޑުމެން މި ވާހަކަތައް ދައްކާނަން. މިއީ އަޅުގަނޑުމެންގެ ޒިންމާއެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، އާންމު ރައްޔިތުންގެ އަބުރު ރައްކާތެރިކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ނަމަވެސް ދައުލަތުގެ މުއައްސަސާތަކާ ހަވާލުވެ ތިބޭ ފަރާތްތަކުގެ އާމްދަނީއާ ނުބައްދަލު ދިރިއުޅުމެއް އުޅޭނަމަ، އެކަމާމެދު ސުވާލު އުފެދޭނެ ކަމަށެވެ.

ރައީސް ޔާމިންޕީޕީއެމްއަބުރު ރައްކާތެރިކުރުންކޮރަޕްޝަން މަނީ ލޯންޑަރިންގމާލީ ބަޔާން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު