Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ އިންސާނީ ޙާލަތާ މެދު ސްޕެއިންގެ ރަސްގެފާނު ކަންބޮޑުވުން ފާޅު ކުރައްވައިފި

ފެލިޕޭ ވިދާޅުވީ، އިސްރާއީލް އިން ހަނގުރާމަ ފުޅާކޮށް، އެންމެ ފަހުގެ މަރުހަލާ ފަށާފައިވާ ކަމަށް ހާމަކޮށްފައިވާއިރު، މި ޙާލަތަކީ ބަލައި ނުގަނެވޭނެ އިންސާނީ ޙާލަތެއް ކަމަށެވެ. އަދި އެތައް ހާސް މުސްލިމުންނެއް ދަނީ އެތަކެއް ވޭނާއި، އަނިޔާ ތަހަންމަލު ކުރަމުން ކަމަށް ފާހަގަ ކުރެއްވި އެވެ.

ސްޕެއިންގެ ރަސްގެފާނު ގާޒާގައި އިސްރާއީލުގެ ހަމަލާތަކުގެ ދަށުން ފަލަސްތީނު ރައްޔިތުން ތަހައްމަލުކުރަމުންދާ ވޭން ކުށްވެރިކުރައްވައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ސެޕްޓެމްބަރު 2025 | ބުދަ 06:20
ސްޕެއިންގެ ރަސްގެފާނު ފެލިޕޭ

ސްޕެއިންގެ ރަސްގެފާނު ފެލިޕޭ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ޣައްޒާގެ އިންސާނީ ޙާލަތު މިހާރު އޮތް ގޮތާ މެދު ސްޕެއިންގެ ރަސްގެފާނު ކިންގް ފެލިޕޭ (ހަ ވަނަ) ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އަންގާރަ ދުވަހު މިޞްރަށް ކުރެއްވި ދަތުރުފުޅެއްގައި ފެލިޕޭ ވަނީ، ޣައްޒާގައި އިސްރާއީލްގެ ހަމަލާ ތަކުގައި އެތައް ހާސް ފަލަސްޠީނު ރައްޔިތުންނެއް ތަހަންމަލު ކުރަމުންދާ ވޭނާއިި ހިތާމަ ފާހަގަ ކުރައްވައި، އެކަން ކުށްވެރި ކުރައްވައިފަ އެވެ. އާންމު ގޮތެއްގައި ޤައުމުން ބޭރުގައި ހިނގަމުން އަންނަ މައްސަލަތައް، ޚާއްސަކޮށް ބޭރުގެ ސިޔާސީ މައްސަލަތަކާ ގުޅޭ ގޮތުން ފެލިޕޭ ވާހަކަ ދައްކަވަނީ ވަރަށް މަދުންނެވެ.

ފެލިޕޭ ވިދާޅުވީ، އިސްރާއީލް އިން ހަނގުރާމަ ފުޅާކޮށް، އެންމެ ފަހުގެ މަރުހަލާ ފަށާފައިވާ ކަމަށް ހާމަކޮށްފައިވާއިރު، މި ޙާލަތަކީ ބަލައި ނުގަނެވޭނެ އިންސާނީ ޙާލަތެއް ކަމަށެވެ. އަދި އެތައް ހާސް މުސްލިމުންނެއް ދަނީ އެތަކެއް ވޭނާއި، އަނިޔާ ތަހަންމަލު ކުރަމުން ކަމަށް ފާހަގަ ކުރެއްވި އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ސްޕެއިން އިން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމައިފަ އެވެ. އަދި ސްޕެއިން އަކީ، ޔޫރަޕުގެ ޤައުމު ތަކުގެ ތެރެއިން އިސްރާއީލް އަށް އެންމެ ބޮޑަށް ފާޑު ކިޔަމުން އަންނަ އެއް ޤއުމެވެ.

އެގޮތުން މިދިޔަ ދުވަސް ތަކުގެ ތެރޭގައި ސްޕެއިން އިން ވަނީ، އިސްރާއީލް އިން ޣައްޒާގައި ނަސްލު ނައްތާލުމަށް ހިންގާ ހަނގުރާމަ ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން އިސްރާއީލްއާ ދެކޮޅަށް ފިޔަވަޅު ތަކެއް އަޅައިފަ އެވެ. އަދި އިސްރާއީލްގައި ހުރި ސްޕެއިންގެ ސަފީރު ވެސް ވަނީ އަނބުރާ ގެނެސްފަ އެވެ.

ފަލަސްޠީނަށް ތާއީދުކޮށް 100،000 އަށް ވުރެ ގިނަ މީހުން މަގު މައްޗަށް ނިކުމެ މުޒާހަރާ ކުރުމާ ގުޅިގެން، އާދީއްތަ ދުވަހު ސްޕެއިންގެ މެޑްރިޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވުއެލްޓާ ސައިކަލް ރޭހުގެ ފަހު ބުރު ވަނީ ކެންސަލް ކޮށްފަ އެވެ. އެކަމާ ގުޅިގެން ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ، ޣައްޒާ ހަނގުރާމަ ހުއްޓާލަން ދެން ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތަކުން އިސްރާއީލް އެކަހެރި ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ.

މަސްދަރު: އޭއެފްޕީ

އިޒްރޭލް-ފަލަސްޠީންކިންގް ފެލިޕޭޣައްޒާސްޕެއިންޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު