Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ސިޓީ އިން ރައްޔިތުން ނިކުތުމަށް ވަގުތީ މަގެއް ހުޅުވާލައިފި

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި މި މަގު ހުޅުވާލެވިފައި ވަނީ އިންސާނީ ބޭނުން ތަކަށް ކަމަށާއި، ޣައްޒާ ސިޓީގެ އުުތުރުގައި ދިރި އުޅެމުން އަންނަ ރައްޔިތުން، ދެކުނަށް ދިޔުމަށް އެ މަގު ބޭނުން ކުރެވޭނެ ކަމަށެވެ. ނަމަވެސް، އެ މަގު ހުޅުވިފައި އޮންނާނެ ވަގުތެއް އަދި މުއްދަތެއް މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ.

އިސްރާއީލުން ގާޒާ ސިޓީގައި ތިބި ރައްޔިތުން ސަލާމަތްވުމަށް ވަގުތީ މަގެއް ހުޅުވާލައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2025 | ބުދަ 06:19
އިސްްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ފަލަސްޠީނުގެ ބައެއް ރައްޔިތުން ހިޖުރަ ކުރާ މަންޒަރު

އިސްްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ފަލަސްޠީނުގެ ބައެއް ރައްޔިތުން ހިޖުރަ ކުރާ މަންޒަރު

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ފުޅާ ކޮށްފައިވާއިރު، ޣައްޒާ ސިޓީ އިން ރައްޔިތުން ނިކުތުމަށް ވަގުތީ މަގެއް ހުޅުވާލައިފި އެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުދަ ދުވަހު ވަނީ، ޣައްޒާ ސިޓީގައި ތިބި ރައްޔިތުން އެ ސަރަހަައްދުން ނިކުތުމަށް، ނުވަތަ ފުރައިގެން ދިޔުމަށް ވަގުތީ މަގެއް ހުޅުވާލާފައިވާ ކަމަށް ހާމަކޮށްފަ އެވެ. މިއީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި އިސްރާއީލް އިން އެ ސަރަހައްދުގައި ދެމުން ގެންދާ ހަނގުރާމަވެރި ހަމަލާ ތަކުން ސަލާމަތްވުމަށް ރައްޔިތުން ލިބުނު ފުރުސަތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި މި މަގު ހުޅުވާލެވިފައި ވަނީ އިންސާނީ ބޭނުން ތަކަށް ކަމަށާއި، ޣައްޒާ ސިޓީގެ އުުތުރުގައި ދިރި އުޅެމުން އަންނަ ރައްޔިތުން، ދެކުނަށް ދިޔުމަށް އެ މަގު ބޭނުން ކުރެވޭނެ ކަމަށެވެ. ނަމަވެސް، އެ މަގު ހުޅުވިފައި އޮންނާނެ ވަގުތެއް އަދި މުއްދަތެއް މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ އަނިޔާވެރި އަމަލު ތަކުގެ ސަބަބުން، އެތައް ސަތޭހަ ހާހަށް ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ވަނީ ހިޖުރަވެރިންގެ ގޮތުގައި އެ ސަރަހައްދު ދޫކޮށް ދިޔުމަށް މަޖުބޫރުވެފަ އެވެ. ހަމަ އެހެންމެ، އިސްރާއީލް އިން ދެމުން އަންނަ ހަމަލާ ތަކުގައި 64،000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.

ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ފުޅާ ކުރުމަށް އިސްރާއީލް އިން ނިންމާފައިވާއިރު، އދ އިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ ހަނގުރާމަ އަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް ވެސް ގޮވާލައިފަ އެވެ. އަދި ޣައްޒާގެ އިންސާނީ ޙާލަތާ މެދު އދ އާއި ބައިނަލްއަޤުވާމީ އެހެން އިދާރާ ތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

ބައިނަލްއަޤުވާމީ އިންސާނީ ޖަމިއްޔާ ތަކުން ބުނެފައިވާ ގޮތުގައި، ޣައްޒާގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ އިންސާނީ ބޮޑު ކާރިސާ އަށް އަވަސް ހައްލެއް ބޭނުންވެ އެވެ. އަދި އިސްރާއީލް އާއި ހަމާސް ޖަމާއަތާ ދެމެދު ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

މަސްދަރު: ރޮއިޓާސް

ޣައްޒާ ސިޓީއިޒްރޭލް-ފަލަސްޠީންއިޒްރޭލު ޑިފެންސް ފޯސަސްޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު