Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒު

ޒުވާނުން ރުއްސަން ކްރިއޭޓިވް ފަނޑޭ ކިޔައިގެން މޮޅު އެއްޗެއް ވިދާޅުވާން އުޅެނިކޮށް އަތަށް ގޮވައިފި!

ކްރިއޭޓިވް އިކޮނޮމީ ފަންޑް އިފްތިތާހުކޮށްފައިވަނީ 17 ސެޕްޓެމްބަރު 2024 ގައި އިޤުތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2025 | އާދީއްތަ 17:39
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި މިނިސްޓަރު ސައީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި މިނިސްޓަރު ސައީދު

ޒުވާނުން ސަރުކާރާއި ދެކޮޅަށް ބަސްބުނަމުންދާ ދަނޑިވަޅެއްގައި ޒުވާނުން ރުއްސަން ކްރިއޭޓިވް ފަނޑެ ކިޔައިގެން މޮޅު ވާހަކައެއް ވިދާޅުވާން އުޅެނިކޮށް ރައީސް މުޢިއްޒު އަތައް ގޮވައިފި އެވެ.

ރާއްޖޭގެ އީޖާދީ އަދި ފަންނުވެރި ފަރާތްތަކަށް އަމާޒުކޮށްގެން، ކްރިއޭޓިވް އިކޮނޮމީ ފަންޑެއް ސަރުކާރުން ތަޢާރަފްކޮށް މި ފަންޑް އިފްތިތާޙްކޮށްފައިވަނީ 17 ސެޕްޓެމްބަރު 2024 ގައި އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

އަދި ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން ޤާއިމްކުރި ކްރިއޭޓިވް އިކޮނޮމީ ފަންޑުން އެހީ ހޯދުމަށް ހުށަހެޅުމަށް ހުޅުވާލައިފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު 10 ވަނަ ދުވަހުއެވެ. އެ ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުންނެވެ.

ޒުވާން ކްރިއޭޓަރސް އަށް ފައިސާ ދިނުން ބޮޑު ރަސްމިއްޔާތެއްގައި އިފްތިތާހު ކޮށް އަދި ފަންޑަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފައިވަނިކޮށް އަދި އެއްވެސް ފަރާތަކަށް ފައިސާ ނުދީ އަހަރަކަށްވުރެ ގިނަ ދުވަސް ވީ ފަހުން އަނެއްކާވެސް ލޯނު ދޭނެ ކަމަށް ބުނެ ބޯޑު އިއުލާނެއް ވަނީ ކޮށްފައެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު އާދިއްތަ ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވި، މެނިފެސްޓޯ ގައިވާ ވަޢުދު ތަކުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމަޔަށް ވަނީ ގޮސްފައިވާ ކަމަށެވެ. އަދި މި ލޯން ސްކީމް ގެ މަޤްޞަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ނަމަވެސް އެއްވެސް ފަރާތަކަށް ފައިސާ ނުދީ އަހަރެއް ވީ ފަހުން އަނެއްކާވެސް ލޯނު ދޭނެ ކަމަށް ބުނެ ބޯޑު އިއުލާނެއް ކޮށްފި އެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ޚާއްސަ ކޮންޓެންޓްގެ ދާއިރާއަށް ފުރުސަތު ލިބޭގޮތަށް މި ސްކީމް ޑިޒައިންކޮށް، ކުރިޔަށް 2 ހަފްތާ ތެރޭގައި ހުޅުވާލަން ވަނީ ދަންނަވާފައި ކަމަށެވެ.

ބެލެވޭގޮތުގައި ޒުވާނުންނަށް އަމާޒުކޮށް ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ނަމުގައި އަނެއްކާވެސް ބޮޑު އިއުލާނެއް ކޮށްފައިވަނީ ، ޒުވާނުން މަގުމައްޗަށް ނުކުމެ، މީޑިޔާ އަދި ސޯޝަލް މީޑިޔާއާއި، ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނައްތާލައި ވައްކަން ފޮރުވާ ބިލާއި ދެކޮޅަށް މަގުމައްޗަށް ނިކުމެދާނެ ކަމަށް ބަލައި ޒުވާނުންނަށް އޮޅުވާލުމަށެވެ.

މީގެ އިތުރުން މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހު ބީސީސީން ބުނީ، އުފެއްދުންތެރި މަސައްކަތްތައް ކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމަށް ޤާއިމްކޮށްފައިވާ ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ސްކީމް އޮކްޓުބަރު މަހުގެ 10 ވަނަ ދުވަހު ހުޅުވާލަން ބީސީސީން ނިންމާފައިވާ ކަމަށެވެ.

އަދި ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ޝައިކޮށްފައިވާ ޚަބަރުގައިވާގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކްރިއޭޓިވް އިކޮނޮމީ ތަރައްޤީކުރުމުގެ ސިޔާސަތުގެ ތެރެއިން އިފްތިތާޙްކޮށްފައިވާ މި ފަންޑުގެ އަމާޒަކީ، އީޖާދީ އަދި އުފެއްދުންތެރި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް 50،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދު އެހީއެއް ދޭނެކަމަށް މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވެފައިވާކަމަށް އެ ޚަބަރުގައި ބުނެފައިވެއެވެ.

ޒުވާނުންނަށް އަމާޒުކޮށް ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ނަމުގައި ޒުވާނުންނަށް ފަންޑު ދޭނެ ކަމަށްބުނެ ދެވަނަ ފަހަރަށް އިއުލާނުކުރުމުން ގިނަ ޒުވާނުންތަކެއް ވަނީ ރައިސް މުޢިއްޒަށް ފާޑު ވިދާޅުވެފަ އެވެ. އެ ޒުވާނުން ފާހަގަކުރާ ގޮތުގައި މީގެ އަހަރެއް ކުރިން ދޭނެ ކަމަށްބުނެ ހުޅުވާލި ފަނޑު އޭރު ނުދެވުނުއިރު މިހާރު ދެވޭނެ ކަމަށް ގަބޫލުނުކުރާކަމަށެވެ. އެ ޒުވާނުން ބުނަނީ އަނެއްކާވެސް ތި ދައްކަވަނީ ހޮޅި ވާހަކައެއް ކަމަށެވެ.

ރައީސް މުއިއްޒުމުހައްމަދު ސައީދު ކްރިއޭޓިވް އިކޮނޮމީ ފަންޑުދަރުބާރުގެބިޒްނަސް ސެންޓާ ކޯޕަރޭޝަންކޮންޓެންޓް ކްރިއޭޓަރުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު