Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބްލޮކް ގްރާންޓް

މިހާރުވެސް ފިސްކަލް ފޯމިއުލާ އެކުލެވިގެންވަނީ ބިމުގެ އޭރިއާ ހިމެނޭގޮތައް، ގާނޫނަށް ބަދަލު ގެންނަންޖެހޭ ހާލަތެއް ނެތް: ނިޔާޒް

އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދެއް ނޫން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2025 | ހޮނިހިރު 09:11
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ފަލަ ސުރުކީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ފަލަ ސުރުކީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖެހޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާ)ގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯރމިއުލާ މުރާޖައާ ކުރަންޖެހޭ ހާލަތެއް ނެތް ކަމަށާއި މިހާރުވެސް ފިސްކަލް ފޯމިއުލާ އެކުލެވިގެންވަނީ ބިމުގެ އޭރިއާ ހިމެނޭގޮތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ބްލޮކް ގްރާންޓް ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯރމިއުލާ މުރާޖައާ ކުރަންޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓަށް ރައްދު ދެއްވަމުން ނިޔާޒް ވިދާޅުވީ، ރައީސް މުއިއްޒުގެ ވާހަކަފުޅުން ދޭހަވަނީ، އަތޮޅު ކައުންސިލް އުވާލުމުގެ ވާހަކަ އޮއްބާލަން ދައްކަވާ ވާހަކައެއް ކަމަށާއި، ފިސްކަލް ފޯރމިއުލާގައި ގްރާންޓް ދިނުން މިހާރުވެސް ގާނޫނުގަ އޮތީ ރަށުގެ ސައިޒަށް ބަލައިގެން ކަމަށެވެ. އެހެންކަމުން ގާނޫނަށް ބަދަލުގެންނަންވަނީ އެންމެންގެ މަޝްވަރާއާ އެކު ގައި ކަމަށް ނިޔާޒް ވިދާޅުވި އެވެ.

Advertisement - newsAdvertisement

(ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯރމިއުލާ މުރާޖައާ ކުރަންޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވެ، އެކްސްގައި ކުރި ޕޯސްޓާއި ގުޅިގެން ރައީސް މުއިއްޒު އަށް ތާއީދުކުރާ ފަރާތްތަކުން ދަނީ މިކަން ޕްރޮމޯޓްކޮށް "ރަށަށް ބާރު" މިނަމުގައި ޕޯސްޓްތައް ޝެއަރކޮށް ރައީސް މުއިއްޒު އަށް ތައުރީފް ކުރަމުންނެ އެވެ.

ނަމަވެސް އެމްޑީޕީގެ ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވެސް ވިދާޅުވެފައިވަނީ، ރައީސް މުއިއްޒު އަށް ކުރިން މިކަން އޮތް ގޮތް އެނގިވަޑައިނުގަންނަވަނީ ކަމަށް ވެދާނެ ކަމަށާއި 2020 ވަނަ އަހަރު ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް، ބްލޮކް ގްރާންޓްގެ އުސޫލުން ފައިސާ ދޭން ފެށީއްސުރެ، ބްލޮކް ގްރާންޓް ދިނުމަށް، ފިސްކަލް ފޯމިއުލާ ކަނޑައެޅުމުގައި ދެވަނައަށް އެންމެ ބޮޑަށް ރިއާޔަތްކޮށްފައިވަނީ ރަށުގެ ސައިޒަށް ކަމަށެ އެވެ. އެގޮތުން ކޮންމެ ކަމެއްގައިވެސް މިގޮތަށް އޮޅުވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ، ރައީސް މުއިއްޒުއަށް ފާޑުވިދާޅުވެ، އަމީރު ވިދާޅުވެފައިވަނީ "އަބަދު އޮޅުވާލައި މަކަރު ހަދަން އުޅުނަސް ތީ ދެން ފުކެއް ބޮޑުވަރު" ކަމަށެ އެވެ.

ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖެހޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާ)ގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯރމިއުލާ ގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދެވެ. ނަމަވެސް، އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދެއް ނޫން ކަމަށެ އެވެ.

އެހެން ކަމުން، ބްލޮކް ގްރާންޓު ގެ ފިސްކަލް ފޯރމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯރމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލު ކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާ އެކު ހުށަހެޅުމަށް ވާނީ ނިންމާފައި ކަމަށެއެވެ.

ރައީސް މުއިއްޒު މިވާހަކަތަކަށް ރައްދު ދެއްވަމުން އިދިކޮޅު ފަރާތްތަކުން ދަނީ ކުރިން މިކަން އޮތް ގޮތް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެ އެވެ. ދިވެހިރާއްޖެހޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެންނަން އުޅޭ އިސްލާހާއި ގުޅިގެން އަތޮޅު ކައުންސިލްތައް އުވާލުމަށް ދެކެވެމުންދާ ވާހަކައަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެ އެވެ. އެގޮތުން ބ.އަތޮޅު ކައުންސިލުންވެސް މިކަމާއި ދެކޮޅަށް މާލޭ ގައި މުޒާހަރާ ކުރުމަށް ނިންމާފަ އެވެ.

ބްލޮކް ގްރާންޓްފިސްކަލް ފޯމިއުލާއަލީ ނިޔާޒްރައީސް މުއިއްޒުއަތޮޅު ކައުންސިލް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު