Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒު

"ބްލޮކް ގްރާންޓުގެ ފިސްކަލް ފޯރމިއުލާ މުރާޖާ ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އިރު، ކުރިންވެސް އެކަން ކުރަމުން އައި ގޮތާއި ތަފާތެއް ނެތް"

ބްލޮކް ގްރާންޓް ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯރމިއުލާ ގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދު ކަމަށް ރައީސް ވިދާޅުވި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 6 ސެޕްޓެމްބަރު 2025 | ހޮނިހިރު 07:45
ރައީސް މުއިއްޒު ހދ ހިރިމަރަދޫ ރައްޔިތުންނާއި ބައްދަލުކުރައްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރައީސް މުއިއްޒު ހދ ހިރިމަރަދޫ ރައްޔިތުންނާއި ބައްދަލުކުރައްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ބްލޮކް ގްރާންޓު ގެ ފިސްކަލް ފޯރމިއުލާ މުރާޖާކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އިރު، ކުރިންވެސް އެކަން ކުރަމުން އައި ގޮތާއި ތަފާތެއް ނެތް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓަކާއި ގުޅިގެން އަމީރު ވިދާޅުވެފައިވަނީ، 2020 ވަނަ އަހަރު ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް، ބްލޮކް ގްރާންޓްގެ އުސޫލުން ފައިސާ ދޭން ފެށީއްސުރެ، ބްލޮކް ގްރާންޓް ދިނުމަށް، ފިސްކަލް ފޯމިއުލާ ކަނޑައެޅުމުގައި ދެވަނައަށް އެންމެ ބޮޑަށް ރިއާޔަތްކޮށްފައިވަނީ ރަށުގެ ސައިޒަށް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖެހޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާ)ގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯރމިއުލާ ގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދެވެ. ނަމަވެސް، އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދެއް ނޫން ކަމަށެ އެވެ.

އެހެން ކަމުން، ބްލޮކް ގްރާންޓު ގެ ފިސްކަލް ފޯރމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯރމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލު ކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާ އެކު ހުށަހެޅުމަށް ވާނީ ނިންމާފައި ކަމަށެއެވެ.

މިކަމަށް ރައްދު ދެއްވަމުން އަމީރު ވިދާޅުވީ ރައީސް މުއިއްޒު އަށް މިކަން އޮތް ގޮތް އެނގިވަޑައި ނުގަންނަވަނީ ކަމަށް ވެދާނެ ކަމަށާއި އަބަދު އޮޅުވާލައި މަކަރު ހަދަން އުޅުނަސް މިއީ ދެން ފުކެއް ބޮޑުވަރު ކަމަށެ އެވެ.

ރައީސް މުއިއްޒުއިބްރާހިމް އަމީރުބްލޮކް ގްރާންޓްފިސްކަލް ފޯމިއުލާކައުންސިލުތައް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު