Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026

ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް

މެޗަށް ފަހު ވާހަކަ ދައްކަމުން ކްރޮއޭޝިއާގެ ކޯޗު ލަކްޓޯ ޑަލިކް ބުނެފައި ވަނީ، މެޗުގައި އެ ޓީމުގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށް ޚާއްސަކޮށް ޑިފެންސްގައި ރަނގަޅަށް ކުޅެ، ލިބުނު ފުރުސަތުތައް ރަނގަޅަށް ނިންމާފައިވާ ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2025 | ހޯމަ 05:26
މެޗުގައި ލަނޑު ޖެހުމަށް ފަހު ކްރޮއޭޝިއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ކްރޮއޭޝިއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ގިބްރޯލްޓާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ކްރޮއޭޝިއާ އިން ގުރޫޕުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ކްރޮއޭޝިއާ އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ކްރޮއޭޝިއާ އިން އެއް ލަނޑު ޖަހައި ލީޑު ނެގިއިރު، އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ މެޗުގެ ފަހު ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ކްރޮއޭޝިއާ އަށް ލީޑު ނަގައިދިނީ ޓޯނީ ފްރުކް އެވެ. އެ ލަނޑު އޭނާ ޖެހީ މާކޯ ޕަސަލިޗް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ކްރޮއޭޝިއާ އަށް ލީޑު ފުޅާ ކޮށްދޭން ލޮވްރޯ މަޔާ ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ. އޭގެ ފަހުން މެޗުގެ 78 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ދެ ވަނަ ލަނޑު ޖެހީ ލޫކާ ސުސިޗް އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މެޗުގައި ކްރޮއޭޝިއާ އިން އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ ފަހު ވަގުތުގަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަަމަވެ އިތުރަށް ދެއްކި ވަގުތުގައި އެ ލަނޑު ޖެހީ މާޓިން އެރްލިކް އެވެ. އެއީ މަޔާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ކްރޮއޭޝިއާގެ ކޯޗު ލަކްޓޯ ޑަލިކް ބުނެފައި ވަނީ، މެޗުގައި އެ ޓީމުގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. ޚާއްސަކޮށް ޑިފެންސްގައި ރަނގަޅަށް ކުޅެ، ލިބުނު ފުރުސަތުތައް ރަނގަޅަށް ނިންމާފައިވާ ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ. ޑަލިކް ބުނީ އެ މެޗުން ލިބުނު މޮޅާ މެދު އޭނާ ހުރީ ވަރަށް ބޮަޑަށް ހިތްހަަމަ ޖެހިފައި ކަމަށެވެ.

މޮޅާއެކު ކްރޮއޭޝިއާ އެއް ވަަނައިގައި އޮތީ ހަ މެޗުން 16 ޕޮއިންޓާ އެކު އެވެ. އެއީ ދެ ވަނައިގައި އޮތް ޗެކް ރިޕަބްްލިކް އަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. ދެ ވަނައިގައި އެ ޓީމު އޮތީ ހަތް މެޗުން 13 ޕޮއިންޓާ އެކު އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026ކްރޮއޭޝިއާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

 ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

15 ނޮވެމްބަރު 2025
ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

15 އޮކްޓޯބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

14 އޮކްޓޯބަރު 2025
ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 މާރިޗު
ޕިއްޒާ ޕޮޕާސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޕޮޕާސް

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު
20242 އަހަރު ކުރިން
ރާއްޖެ

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
20197 އަހަރު ކުރިން
ރިޕޯޓު

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން
20188 އަހަރު ކުރިން
ތަފާތު ޚަބަރު

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު