Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

މެޗަށް ފަހު ވާހަކަ ދައްކަމުން ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ވަނީ މީގެ ކުރިން އޭނާ އަށް ދެއްކުނު ވާހަކަ އަކަށް މައާފަށް އެދިފަ އެވެ. އެގޮތުން ނޮދާން އަޔަލެންޑް އިން ދިގު ބޯޅަ ޖަހައިގެން ކުޅޭ ކަމަށް ބުނެ ދައްކާފައިވާ ވާހަކަ އަށް ނާގަލްސްމަން ވަނީ މައާފަށް އެދިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2025 | އަންގާރަ 06:08
މެޗުގައި ލަނޑު ޖެހުމަށް ފަހު ޖަރުމަނުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޖަރުމަނުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ނޮދާން އަލަޔެންޑްއާ ދެކޮޅަށް ކުޅުނު މެޗުން ޖަރުމަނު މޮޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު ޖަރުމަނުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ޖަރުމަނުން ލަނޑު ޖެހީ ވެސް މެޗުގެ ފުރަތަމަ ހާފުގަ އެވެ. މެޗުގައި ޖަރުމަނުން ވަނީ އިތުރު ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްފަ އެވެ.

މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ނޮދާން އަޔަލެންޑް އިން ވަނީ ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ ޕޮޑީ މެކް ނަޔާ ޖެހި ލަނޑު، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ރެފްރީ ވަނީ ބަލައި ނުގަންނަން ނިންމައިފަ އެވެ.

އޭގެ ފަހުން މެޗުގެ 31 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ނިކް ވޯލްޓްމޭޑް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޑޭވިޑް ރައުމް އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ވަނީ މީގެ ކުރިން އޭނާ އަށް ދެއްކުނު ވާހަކަ އަކަށް މައާފަށް އެދިފަ އެވެ. އެގޮތުން ނޮދާން އަޔަލެންޑް އިން ދިގު ބޯޅަ ޖަހައިގެން ކުޅޭ ކަމަށް ބުނެ ދައްކާފައިވާ ވާހަކަ އަށް ނާގަލްސްމަން ވަނީ މައާފަށް އެދިފަ އެވެ.

އޭނާ ބުނީ އެއީ އެއްވެސް ޙާލެއްގައި އިޙުތިރާމް ކުޑަ ކުރުމުގެ ނިޔަތެއްގައި ދެއްކި ވާހަކަ އެއް ނޫން ކަމަށާއި، އެއީ އެ ޓީމުން ކުޅުން ރާވާފައި އޮތް ގޮތުން ޖަރުމަނަށް ކުރިމަތިލާން ޖެހުނު އުނދަގޫތައް ފާހަގަ ކުރަން ދެއްކި ވާހަކައެއް ކަމަށެވެ. އެކަން ފާހަގަކޮށް ނާގަލްސްމަން ބުނީ، ކޮންމެ ޓީމަކުން ވެސް އެކި މެޗުތަކަށް ރާވާނީ އެކި ކަހަލަ އުކުޅު ކަމަށެވެ.

މީގެ އިތުރުން މެޗުން މޮޅުވުމުން ހިތްހަމަ ޖެހިފައި ހުރި ކަމަށާއި، ޖަރުމަނުގެ ކުޅުންތެރިން ކުރި މަސައްކަތް ބަލައި ގަންނަ ކަމަށް ނާގަލްސްމަން ބުންޏެވެ. ހަމަ އެހެންމެ، ކުރިއަށް ހުރި ތަނުގައި ރަނގަޅު ކުރަން ހުރި ކަންކަމަށް ވެސް ޚާއްސަ ސަމާލު ކަމެއް ދޭނެ ކަމުގައި އޭނާ ވަނީ ބުނެފަ އެވެ.

މޮޅާއެކު މި ގުރޫޕުގެ އެއް ވަނައިގައި ޖަރުމަނު އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސްލޮވޭކިއާ އަށް ވެސް ހަތަރު މެޗުން ލިބެނީ ނުވަ ޕޮއިންޓެވެ. ކޮލިފިކޭޝަންގައި ޖަރުމަނަށް ދެން އޮންނާނީ ލަގްޒަމްބާގްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

15 އޮކްޓޯބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

14 އޮކްޓޯބަރު 2025
ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް

ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް

13 އޮކްޓޯބަރު 2025
ފިންލޭންޑް އަތުން ނެދަލެންޑްސް މޮޅުވެއްޖެ

ފިންލޭންޑް އަތުން ނެދަލެންޑްސް މޮޅުވެއްޖެ

13 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު