Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކުޅިވަރު
ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

މެޗަށް ފަހު ވާހަކަ ދައްކަމުން އިންގްލެންޑުގެ ކޯޗު ޓުޗެލް ބުނެފައި ވަނީ ވޯލްޑް ކަޕަށް ކޮލިފައިވުމުން ޓީމުގައި މިހާރު އޮތީ ވަރަށް ރަނގަޅު ރޫޙެއް ކަަމަށެވެ. ޚާއްސަކޮށް މި ވަގުތަކީ އިންގްލެންޑަށް ވަރަށް އުފާވެރި ވަގުތަކަަށްވާއިރު، ކުޅުންތެރިން ވެސް އެކަމުގެ އުފާ ވަރަށް ބޮޑަށް ފާހަގަ ކުރާ ކަމަށް އޭނާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2025 | ބުދަ 01:33
މެޗުގައި ލަނޑު ޖެހުމަށް ފަހު އިންގްލެންޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އިންގްލެންޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ފީފާ ވާރލްޑް ކަޕް ކޮލިފިކޭޝަންގައި ލަޓްވިއާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެ، އިންގްލެންޑުން އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ލަޓްވިއާއާ ދެކޮޅަށް ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ތިން ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ފަހު ހާފުގަ އެވެ.

މެޗު ފަށައިގެން 26 ވަނަ މިނެޓުގަައި އިންގްލެންޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެންތަނީ ގޯޑަން އެވެ. އެއީ ޖޯންސް ސްޓޯންސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިންގްލެންޑަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކުރީ ވެސް ކޭން އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު އިންގްލެންޑުގެ ހަތަރު ވަނަ ލަނޑަކީ ލަޓްވިއާގެ ކުޅުންތެރިޔެއްް އަތުން ބައި ކޮޅަަށް ވަތް ލަނޑެކެވެ. މެޗުގެ 58 ވަނަ މިނެޓުގައި ލަޓްވިއާގެ މަކްސިމްސް ޓޮނިސެވްސް އަތުން ވަނީ ބައި ކޮޅަށް ލަނޑެއް ވަދެފަ އެވެ.

މެޗުގައި އިންގްލެންޑުގެ ހަތަރު ވަނަ ލަނޑު ޖެހީ އެބެރެޗީ އެޒީ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އޭނާ އެ ލަނޑު ޖެހީ ޖެރޮޑް ބޮވެން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި މި ދެ ކުޅުންތެރިން ވެސް ކުޅެން ނިކުމެފައި ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގަ އެވެ.

މޮޅާއެކު އިންގްލެންޑުން ވޯލްޑް ކަޕަށް ކޮލިފައިވެފައިވާއިރު، މިހާތަނަށް ކޮލިފިކޭޝަންގައި ކުޅުނު ހަ މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ރަނގަޅު ނަތީޖާ ތަކެއް އިންގްލެންޑުން ނެރެމުން އަންނައިރު، ހަ މެޗުން މޮޅުވެ އެއް ވަނައިގައި އެ ޓީމު އޮތީ 18 ޕޮއިންޓާ އެކު އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އިންގްލެންޑުގެ ކޯޗު ޓުޗެލް ބުނެފައި ވަނީ ވޯލްޑް ކަޕަށް ކޮލިފައިވުމުން ޓީމުގައި މިހާރު އޮތީ ވަރަށް ރަނގަޅު ރޫޙެއް ކަަމަށެވެ. ޚާއްސަކޮށް މި ވަގުތަކީ އިންގްލެންޑަށް ވަރަށް އުފާވެރި ވަގުތަކަަށްވާއިރު، ކުޅުންތެރިން ވެސް އެކަމުގެ އުފާ ވަރަށް ބޮޑަށް ފާހަގަ ކުރާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ލަޓްވިއާ އަތުން މޮޅުވާނެ ކަމުގެ އުންމީދު ކުރިން ވެސް އޮތް ކަމަށާއި، ނަމަވެސް މެޗުގެ ނަތީޖާ އަކީ މާ ބޮޑަށް ހިތްހަމަ ޖެހޭ ނަތީޖާއެއް ކަމަށެވެ. ޚާއްސަކޮށް ކޮލިފިކޭޝަންގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެ، ވޯލްޑް ކަޕަށް ކޮލިފައިވުމަކީ އޭނާ އަށް ވެސް، އަދި ކުޅުންތެރިންނަށް ވެސް ޚާއްސަ އުފަލެއް ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026އިންގްލެންޑުގެ ގައުމީ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

15 އޮކްޓޯބަރު 2025
އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

14 އޮކްޓޯބަރު 2025
ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

14 އޮކްޓޯބަރު 2025
ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް

ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް

13 އޮކްޓޯބަރު 2025
ފިންލޭންޑް އަތުން ނެދަލެންޑްސް މޮޅުވެއްޖެ

ފިންލޭންޑް އަތުން ނެދަލެންޑްސް މޮޅުވެއްޖެ

13 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު