Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސައީދުގެ ޕާސްޕޯޓް ހިފެހެއްޓުން

ސަޢީދުގެ ވިޔަފާރިތަކާއި މުދާ ރާއްޖެއިން ބޭރުގައި ހުރި ކަމަށް ބުނާ ރިޕޯޓުގެ މައުލޫމާތު ހާމަކުރެވޭކަށް ނެތް: ފުލުހުން

ސައީދުގެ ފަރާތުން މި މައުލޫމާތު ހޯދަން އެދުނީ، ރިޕޯޓެއްގެ މައްޗަށް ބިނާކޮށް، އޭނާ ހިތުގެ ބައްޔަށް ފަރުވާ ހޯދުމަށް އިންޑިއާއަށް ދަތުރުކުރުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓް ދޫކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވާތީ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2025 | ހުކުރު 16:33
ފެނަކަ ސައީދު

ފެނަކަ ސައީދު

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދުގެ ވިޔަފާރިތަކާއި މުދާ ރާއްޖެއިން ބޭރުގައި ހުރިކަމަށް ބުނާ ރިޕޯޓުގެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

އެ ރިޕޯޓުގެ މައުލޫމާތު ހޯދުމަށް ސައީދުގެ ފަރާތުން ފުލުސް އޮފީހުގައި އެދުމުން ބުނީ, ކަމާ ގުޅޭ އިދާރާތައް ފިޔަވައި އެހެން ފަރާތްތަކާ މި ރިޕޯޓާ ގުޅޭ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމުގައެވެ.

Advertisement - newsAdvertisement

ފުލުހުން ތައްޔާރުކުރި މި ރިޕޯޓްގެ މައުލޫމާތު ހިއްސާ ކުރުމަށް އެދި ސަޢީދު ހުށަހަޅުއްވާފައިވަނީ، އޭނާ އަކީ ރާއްޖެއިން ބޭރުގައި ދިރިއުޅުމުގެ މާލީ ތަނަވަސްކަން ލިބިފައިވާ ފަރާތެއްކަމަށާއި، އޭނާގެ ވިޔަފާރިތަކާއި މުދާ ރާއްޖެއިން ބޭރުގައި ހުރި ކަމަށް ބަޔާންކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް، ހިތުގެ ބައްޔަށް ފަރުވާ ހޯދުމަށް އިންޑިއާއަށް ދަތުރުކުރުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓް ދޫކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވާތީ އެވެ.

ސައީދުގެ ފަރާތުން ފުލުހަށް ހުށަހެޅި ސިޓީގައި ބުނެފައިވަނީ، ފުލުހުންގެ ފަރާތުން އެފަދަ ރިޕޯޓެއް ތައްޔާރުކޮށް ހުށަހަޅައިފައިވާނަމަ އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ކަމަށެވެ. އަދި ސަޢީދުގެ އެއްވެސް މުދަލެއް ވިޔަފާރިއެއް އަދި ރާއްޖެއިން ބޭރުގައި ރައްކާކޮށްފައިވާ އެއްވެސް ފައިސާއެއް ވެސް ނުހުންނާނެ ކަމަށް ދަންނަވަނީ އިޚުލާސްތެރިކަމާ ތެދުވެރިކަމާއެކުގައި ކަމަށެެވެ. ރާއްޖެއިން ބޭރުގައި ސަޢީދުގެ މުދަލެއް ހުރި ނަމަ އެ މުދަލެއް އޭނާގެ މިލްކިއްޔާތަށް ވެއްދުމަށްޓަކައި، ވީ އެންމެ އަވަސް ފުރުސަތެއްގައި އެ މުދަލަކާ ވިޔަފާރީގެ ތަފްސީލު ދެއްވުމަށް ސަޢީދު ވަނީ އެދިވަޑައިގެންފެއިވެ އެވެ.

މީގެ އިތުރުން އެ ސިޓީގައި ބުނެފައިވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއްގެ މައްޗަށް ބިނާވެތިބެ، ރާއްޖޭގެ ޤާނޫނު އަސާސީން އޭނާއަށް ލިބިދީފައިވާ ބޭސްފަރުވާ ކުރުމުގެ ހައްގާއި ދިރިހުރުމުގެ ހައްގުން، ފުލުހުންގެ މުއައްސަސާއިން ފާޅުގައި ހުރަސްއަޅަމުންދާ ކަމަށެވެ. އެފަދަ ހަގީގަތާ ޚިލާފު ދޮގުވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ފުލުހުންގެ މުއައްސަސާއިން ތައްޔާރުކޮށް ޕީޖީއަށް ހުށަހަޅާފައިވާނަމަ، އެކަން އިސްލާހުކޮށް އޭނާ އާއި ގުޅުން ހުރި ސައްޚަ މައުލޫމާތު ހޯއްދެވުމަށްފަހު ކަމާ ގުޅުން ހުރި އިދާރާތަކަށް ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ.

ސަޢީދުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. ސަޢީދަކީ ހިތުގެ ބައްޔަށް އިންޑިއާއިން ފަރުވާ ހޯދާފައިވާ އަދި މިހާރުވެސް ޑޮކްޓަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ބޭސް ނެގުމުގެ ކަންކަމާ ސިއްޚީ ކަންކަމުގައި ލަފާ ހޯދަމުންދާ ފަރާތެކެވެ.

މިހަރުގެ ޖޫން މަހުގައި ސަޢީދުގެ ފަރާތުން ބޭސްފަރުވާއަށް ފުރޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދުމުން، ޕީޖީ އިން ވަނީ ހުށަހަޅާފައިވާ މެޑިކަލް ލިޔުންތަކަށް ރިޔާއަތްކޮށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރުމުގެ ޟަރޫރަތެއް އޮތްކަމަށް އެ އޮފީހުން ގަބޫލުކުރާ ކަމަށް ބުނެފައިވެއެވެ. އަދި ސަޢީދުގެ ފަރާތުން ޕާސްޕޯޓް ހިފެހެއްޓި އަމުރު މުރާޖާޢާ ކުރުމަށް އެދޭ ހާލަތުގައި 15 ދުވަހުގެ މުއްދަތަށް ޓްރެވަލް ޑޮކިއުމަންޓެއް ދޫކުރުމަށް އެ އޮފީހުގެ އިއުތިރާޒެއް ނެތް ކަމަށް ކްރިމިނަލް ކޯޓުގައި ދަންނަވާނެ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅޭގޮތުން އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ބޭއްވި އަޑު އެހުމުގައި، ފުލުހުންގެ ފަރާތުން އިންޓެލިޖެންސް ރިޕޯޓެއް ޕީޖީއަށް ލިބިފައިވާ ކަމަށާއި އަދި އެ ރިޕޯޓް ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށް ޕީޖީން ވަނީ ބުނެފަ އެވެ. މި ރިޕޯޓުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ވަނީ ޓްރެވެލް ޑޮކިއުމަންޓެއް ވެސް ދޫކުރެވެން ނެތް ކަމުގައި ނިންމާފަ އެވެ.

އަހުމަދު ސައީދު މުހައްމަދުފެނަކަ ކޯޕަރޭޝަންކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލްމޯލްޑިވްސް ޕޮލިސް ސަރވިސްއިންޑިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު