Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓް

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލީ 2018 އޮގަސްޓް 31 ވަނަ ދުވަހުގެ ރޭ އެމްއެމްއޭ ސަރަހައްދަށް ދަތުރުކުރި ލޯންޗް ކައިރިކުރި ތަނުން ހަމަލާދީގެން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ޑިސެމްބަރު 2025 | ހޯމަ 14:36
އާގިލްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި ތިން މީހުން

އާގިލްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި ތިން މީހުން

ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހީމް އާގިލް (18އ) މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ލ. ފޮނަދޫ ހިޔާ ހަމްދޫން ހަމްޒަތު މަރަން ހުކުމް ކޮށްފި އެވެ.

އާގިލް މަރާލާފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 31 ވަނަ ދުވަހުގެ ރޭ އެމް.އެމް.އޭ ސަރަޙައްދަށް އާގިލް ދަތުރުކުރި ލޯންޗް ކައިރިކުރި ތަނުންނެވެ. އޭނާ މަރާލީ ވ. ފެލިދޫން މާލެ އައި ލޯންޗަކުން އެއް ނަމްބަރު ފާލަމަށް ފޭބުމާއި އެކު ހަމަލާ ދީގެންނެވެ. އޭނާ މަރާލި އިރު އޭނާ އަށް 19 އަަހަރެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ކުށް ސާބިތުވެ، ހަމްޒަތު މަރަން ޙުކުމްކޮށްފައި ވަނީ އާދިއްތަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން އެގޮތަށް ޙުކުމް ކޮށްފައި ވަނީ އާގިލްގެ ވާރިސުން މަރަަށް މަރު ހިފަން އެދޭތީ އެވެ.

ދައުލަތުން ހަމްދޫންގެ މައްޗަށް ޙުކުމް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ދައުލަތުން ދެން ދައުވާ ކޮށްފައި ވަނީ ސ. ހިތަދޫ، ސްވޭހުހީނާގޭ އަލީ މިޖުވާދު މާލިކްގެ މައްޗަށެވެ. އާގިލް މަރަން އެހީތެރިވިކަމުގެ ކުށުގެ ދައުވާ، ހއ. ދިއްދޫ ސްނޯބޯޑް އިބްރާހިމް ވިޝާމްގެ މައްޗަށް ދައުލަތުން ކުރި ނަމަވެސް މި މައްސަލައިގައި ދެން ދައުވާ ކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތު ވެފަ އެއް ނުވެ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އެމްއެމްއޭ ކައިރީގައި މަރާލި އިބްރާހިމް އާގިލް އާއި އޮޓޯ ގަރާޖު ކައިރީގައި މަރާލި އިސްމާއިލް ޝައްފާން މަރާލީ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

ހަމްދޫން ހަމްޒަތުކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު