Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީނު

ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ކުރެވޭ މަސައްކަތް ހުއްޓުވަން އިސްރާއީލަށް ކުރެވޭނެ އެއް ކަމެއް ވެސް ނެތް: ފަރަންސޭސި ރައީސް

ދެ ދައުލަތުގެ ހައްލަކީ އެންމެ ރަނގަޅު މަގުކަމަށް ވިދާޅުވެ، އެކަމަށް ބައިނަލްއަޤްވާމީ ތާއީދު ހޯދުމަށް ސައުދީ އާ ގުޅިގެން ފެށި މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ފްރާންސްގެ ރައީސް މެކްރޯން ވިދާޅުވި.

ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2025 | ބުދަ 02:23
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން

ފަލަސްތީނުގެ ދައުލަތް ބަލައިގަތުން ހުއްޓުވުމަށް އިސްރާއީލަށް ކުރެވޭނެ އެއް ކަމެއް ވެސް ނެތް ކަމަށް ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޣައްޒާ ގައި ހިންގާ ހަމަލާތައް ފުޅާ ކޮށްގެން ނުވަތަ އިތުރު ފަލަސްތީނު ސަރަޙައްދުތައް ހިސޯރު ކޮށްގެން ފަލަސްތީނު ދައުލަތެއް ބަލައިގަތުމުގެ މަސައްކަތް އިސްރާއީލަށް ހުއްޓުވޭނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

ނިއުޔޯކްގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ އާންމު މަޖިލީހުގައި ފަލަސްތީނު ދައުލަތެއް ބަލައިގަންނާނެ ކަމަށް ފްރާންސް އާއެކު އެތައް ޤައުމަކުން ވަނީ އިޢުލާނު ކޮށްފައެވެ. އެންމެ ފަހުން ބެލްޖިއަމް ވެސް ވަނީ މިކަމަށް ތާއީދު ކުރާނެ ކަމަށް ބުނެފައެވެ.

"އަޅުގަނޑުމެން (ސަޢޫދީ) ވަލީއަހުދާއެކު އުފައްދާފައިވާ އިއްތިހާދުން ކުރަމުން ދާ މަސައްކަތް، އެއްވެސް ހަމަލާ އަކުން، ހިސޯރު ކުރުމުގެ މަސައްކަތަކުން ނުވަތަ މީހުން ހިޖުރަކުރުވުމުގެ މަސައްކަތަކުން ހުއްޓުވޭނެ ކަމެއް ނޫން - މިހާރު އެތައް ބައިވެރިންނެއް މި މަސައްކަތާ ގުޅިފައިވޭ،" މެކްރޯން ސަޢޫދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އާ ވާހަކަ ދެއްކެވުމަށް ފަހު އެކްސް ގައި ވިދާޅުވިއެވެ.

މެކްރޯން ވިދާޅުވީ އޭނާ އާއި ވަލީއަހުދު "ސެޕްޓެމްބަރު 22 ގައި ނިއުޔޯކްގައި ބޭއްވޭ ދެ ދައުލަތުގެ ހައްލާ ބެހޭ ޖަލްސާގެ ރިޔާސަތު ދެފަރާތުން އެކުގައި ބަލަހައްޓަވާނެ" ކަމަށެވެ.

"އަޅުގަނޑުމެންގެ މަޤްޞަދު ސާފު: ދެ ދައުލަތުގެ ހައްލަށް ވީހާ ވެސް ފުޅާ ބައިނަލްއަޤްވާމީ ތާއީދެއް ހޯދުން - އިސްރާއީލުގެ ރައްޔިތުންނާއި ފަލަސްތީނުންގެ ޙައްގު އުންމީދުތައް ޙާޞިލު ކުރެވޭނެ ހަމައެކަނި ގޮތް މިއީ،" ފްރާންސްގެ ވެރިޔާ ވިދާޅުވިއެވެ.

"މިކަމަށްޓަކައި ދާއިމީކޮށް ހަނގުރާމަ ހުއްޓުން، ހުރިހާ ރަހީނުން ދޫކޮށްލުން، ޣައްޒާގެ ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި އިންސާނީ އެހީ ފޯރުކޮށްދިނުން، އަދި ޣައްޒާ ގައި ސްޓެބިލައިޒޭޝަން މިޝަނެއް ޤާއިމުކުރުން ބޭނުން ވާނެ،" ކަމަށް މެކްރޯން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިތުރަށް މަސައްކަތް މި ކުރަނީ، ހަމާސް އަތުން ހަތިޔާރު އަތުލައި، ޣައްޒާގެ ވެރިކަމަކުން ދުރުކޮށް، ފަލަސްތީނު އޮތޯރިޓީ އިޞްލާޙުކޮށް ވަރުގަދަކޮށް، އަދި ޣައްޒާ ސްޓްރިޕް ފުރިހަމަ އަށް އަލުން ބިނާ ކުރުމަށް." އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް އދ. ގެ އާންމު މަޖިލީހަށް ފަލަސްތީނު އޮފިޝަލުންނަށް ވީސާ ނުދިނުމަށް އެމެރިކާ އިން ނިންމި ނިންމުމަކީ "ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށާއި މިކަން ބަދަލު ކުރަން ޖެހޭ ކަމަށް ވެސް މެކްރޯން ވިދާޅުވިއެވެ.

އިޒްރޭލް-ފަލަސްޠީންޣައްޒާހަމާސްސައުދި އަރަބިއްޔާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާންޣައްޒާ ހަނގުރާމައެމަނުއަލް މެކްރޯން

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު