Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔުކްރެއިން ހަނގުރާމަ

ރަޝިޔާ އިން ދިން ވަރުގަދަ ހަމަލާ އެއްގައި އެތައް ބަޔަކު މަރުވެ ޔޫރަޕިއަން ޔޫނިއަންގެ މިޝަން އަށް ގެއްލުން ވެއްޖެ

މި ފަހަކުން ރަޝިޔާ އިން ކީވްއަށް ދިން އެންމެ ނުރައްކާތެރި ހަމަލާގައި 17 މީހުން މަރުވެ، އީޔޫގެ މިޝަނަށް ގެއްލުން ވެއްޖެއެވެ. ޔޫރަޕިއަން ޔޫނިއަންގެ އެގްޒެކެޓިވް ކޮމިޝަންގެ އިސްވެރިޔާގެ ބަހުން މިއީ "ހިތި ތަޖުރިބާ އެއް" ކަމަށާއި، ރަޝިޔާ އިން ޔުކްރެއިން ބިރުގަންނަވަން އެއްވެސް ކަމެއް ނުކޮށް ދޫކޮށްނުލާނެ ކަމަށެވެ.

ރާއްޖެ އެމްވީ | 28 އޯގަސްޓު 2025 | ބުރާސްފަތި 14:22
ރަޝިޔާގެ ހަމަލާ ގައި ކީވް ގައި މީހުން ދިރިއުޅޭ ފަސް ބުރީގެ އިމާރާތެއް މުޅިން ފުނޑުފުނޑުވެ އީޔޫގެ މިޝަން އާއި ކައިރީގައި ހުރި ބްރިޓިޝް ކައުންސިލަށް ވަނީ ގެއްލުން ލިބިފަ އެވެ.

ރަޝިޔާގެ ހަމަލާ ގައި ކީވް ގައި މީހުން ދިރިއުޅޭ ފަސް ބުރީގެ އިމާރާތެއް މުޅިން ފުނޑުފުނޑުވެ އީޔޫގެ މިޝަން އާއި ކައިރީގައި ހުރި ބްރިޓިޝް ކައުންސިލަށް ވަނީ ގެއްލުން ލިބިފަ އެވެ.

ޖުލައި މަހުގެ ފަހުން ޔުކްރެއިންގެ ވެރިރަށް ކީވް އަށް ރަޝިޔާ އިން ދިން އެންމެ ވަރުގަދަ ހަމަލާ ހަމަލާއާ ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ އެގްޒެކެޓިވް ކޮމިޝަންގެ އިސްވެރިޔާ އުރްސުލާ ވޮން ޑަރ ލެޔަން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މި ހަމަލާގައި ޔުކްރެއިންގެ ވެރިރަށުގައި ހުރި އީޔޫގެ މިޝަންވެސް ގެއްލުންވެފައިވެއެވެ.

ޔުކްރެއިން އޮފިޝަލުން ބުނާ ގޮތުގައި މި ހަމަލާގައި 4 ކުޑަކުދިން ހިމެނޭ ގޮތަށް 17 މީހުން މަރުވެ، އަދި އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ.

މި ހަމަލާ ގައި 5 ބުރީގެ އާންމުން ދިރިއުޅޭ އިމާރާތެއް ހަލާކުވެ، އީޔޫ މިޝަނާއި ކައިރީގައި ހުރި ބްރިޓިޝް ކައުންސިލަށް ވެސް ގެއްލުން ލިބުނެވެ.

ވޮން ޑަރ ލެޔަން ނެރުއްވި ހަރުކަށި ބަޔާނެއްގައި ވިދާޅުވި ގޮތުގައި ރަޝިޔާގެ މިސައިލްތައް ޑިޕްލޮމެޓިކް މިޝަނާ ވަރަށް ކައިރި އަށް އަރާފައިވެއެވެ: "20 ސިކުންތުގެ ތެރޭގައި 2 މިސައިލް ޑެލިގޭޝަނާ 50 މީޓަރު (165 ފޫޓު) ދުރަށް އަމާޒުވިއެވެ."

ބުރާސްފަތި ވިލޭރޭ ގެ މި ހަމަލާތައް އައީ ހަނގުރާމަ ނިންމުމަށް އެމެރިކާ އިސްވެ ހިންގި ޑިޕްލޮމެޓިކް މަސައްކަތްތަކަކަށް ފަހުގައެވެ.

މި ހަމަލާގެ ސަބަބުން އިނގިރޭސިވިލާތާއި އީޔޫ ވަނީ ރުޅިއައިސްފައެވެ.

އިނގިރޭސި ބޮޑުވަޒީރު ސަރ ކީރ ސްޓާމަރ ވަނީ ރަޝިޔާގެ ވްލަޑިމިއަރ ޕުޓިން "ސުލްހައިގެ އުންމީދުތައް ހަލާކު ކުރަމުންދާ" ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އީޔޫގެ ޚާރިޖީ ސިޔާސަތުގެ އިސްވެރިޔާ ކަޖާ ކަލާސް ވިދާޅުވީ، މިއީ "ގަސްތުގައި ދިން ހަމަލާއެއް ކަމަށާއި މިއީ ސުލްހައިގެ މަސައްކަތްތަކަށް ފުރައްސާރަ ކުރުން،" ކަމަށެވެ.

ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ ވިދާޅުވި ގޮތުގައި މޮސްކޯ އިން ވަނީ މޭޒުދޮށުގައި މަޝްވަރާކުރުމުގެ ބަދަލުގައި ބެލިސްޓިކްސް،" އިޚްތިޔާރު ކޮށްފައެވެ. އޭގެ އިތުރުން ޒެލެންސްކީ ވަނީ ރަޝިޔާ ގެ މައްޗަށް ހަރުކަށި ފިޔަވަޅު އެޅުމުގެ މުހިންމުކަން ތަކުރާރު ކުރައްވާފައެވެ.

ކްރެމްލިން އިން ބުނެފައި ވަނީ ރަޝިޔާ އިން އަދިވެސް މަޝްވަރާތަކަށް ޝައުގުވެރިކަން ހުރި ކަމަށެވެ. ނަމަވެސް ވޮން ޑަރ ލެޔަން ވިދާޅުވީ މި ހަމަލާތަކަކީ އަނެއްކާ ވެސް ހިތި ތަޖުރިބާ އެއް ކަމަށާއި، ރަޝިޔާ އިން ޔުކްރެއިން ބިރުގެންނެވުމަށް އެއްވެސް ކަމެއް ނުކޮށް ދޫކޮށްނުލާނެ ކަމަށެވެ. އަދި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިން މަރައި، އީޔޫ އަށް ވެސް ޓާގެޓް ކުރާ ކަމުގައެވެ.

އީޔޫގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެއްވެސް ޑިޕްލޮމެޓިކް މިޝަނަކަށް ހަމަލާ އަމާޒުކޮށްގެން ނުވާނެ ކަމަށާއި، މި ހަމަލާއާ ގުޅިގެން ބްރަސެލްސްގައި ހުންނަ ރަޝިޔާގެ މަންދޫބު ހާޒިރު ކުރެވޭނެ ކަމަށެވެ. އިނގިރޭސިވިލާތުން ބުނެފައިވަނީ ލަންޑަންގައި ހުންނަ ރަޝިޔާގެ އެމްބެސެޑަރ އަންޑްރޭ ކެލިން ފޮރިން އޮފީހަށް ހާޒިރުކުރެވޭނެ ކަމަށެވެ.

ޔުކްރެއިން ބާރުތަކުން ބުނާ ގޮތުގައި ރަޝިޔާ އިން ވަނީ 600 އާ ކައިރި އަދަދެއްގެ ޑްރޯން އާއި 30 އަށްވުރެ ގިނަ ބެލިސްޓިކް އަދި ކްރޫޒް މިސައިލް ފޮނުވާލާފައެވެ. މިއީ މި މަހު ޔުކްރެއިންގެ ވެރިރަށަށް ދިން އެންމެ ބޮޑު ހަމަލާއެވެ.

ކީވްގައި މަރުވި ގިނަ މީހުން ތިބީ ވެރިރަށުގެ އިރުމަތީ ފަރާތުގައި އޮންނަ ދަރްނިޓްސްކީ ސަރަހައްދުގެ 5 ބުރީގެ އާންމުން ދިރިއުޅޭ އިމާރާތެއްގައެވެ.

ބުރާސްފަތި ދުވަހުގެ ފަތިހު 3:00 ހާއިރު އިމާރާތައް އެރި މިސައިލް ވަނީ ފްލެޓް އިމާރާތް ފޫއަޅުވާލާ، އިމާރާތް ވެއްޓިފައެވެ.

މީހުން ސަލާމަތްކުރާ މީހުން ވަނީ ހެނދުނުން ފެށިގެން ފުނޑުވެފައިވާ އިމާރާތުގެ ތެރޭގައި ދިރިހުރި މީހުން ހޯދުމުގެ މަސައްކަތް ކޮށްފައެވެ. މީހުން ހޯދުމުގެ މަަސައްކަތް ކުރަމުން ދިޔައިރު ވެސް އިމާރާތުގައި ވަނީ ރޯވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު