Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މިސަރުކާރަށްވުރެ ވެލާވެސް ރަނގަޅު!

ޤަބޫލުފުޅުކުރައްވާށެ އެވެ. ގިނަ ދިވެހި ރައްޔިތުން ބުނަނީ ތިޔަ އުޅުއްވަނީ ހައްދަވާނެ ނުހައްދަވާނެ އެއް ނޭނގިގެން ކަމަށެ އެވެ. އަމިއްލަ ކުންފުނިތަކަށް ދައްކަން ހުރި ފާއިސާ ނުދައްކަވާ އޭގެއިން ބޯދަމައިގަންނަވާނެ މަގެއް ހޯއްދަވަންވެގެން ކަމަށެ އެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2025 | ބުރާސްފަތި 14:54
ވެލާ، ބިސް އަޅައިގެން އޮންނަ މަންޒަރު ފެންނަ ފޮޓޯއެއް.

ވެލާ، ބިސް އަޅައިގެން އޮންނަ މަންޒަރު ފެންނަ ފޮޓޯއެއް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ މިގައުމަށް ކިހިނެއް ހައްދަވަންތޯ އެވެ. މިގައުމާއި ދޭތެރޭގައި ރައީސް އަމަލު ކުރައްވަން ތިޔަ އުޅުއްވަނީ ކިހިނެއްތޯ އެވެ. މިއީވެސް ހަމަ ދިގު ތާރީހެއް އޮތް، ހަމަ ރަނގަޅު ގައުމެއް ނޫންތޯ އެވެ. ރަނގަޅު ނިޒާމުތަކެއް ހުރި ކޮންމެވެސް ސިސްޓަމަކަށް ހިނގަމުން އައި ތަހުޒީބް ބަޔަކު ދިރިއުޅެމުންދާ ހަމަ ރަނގަޅު ގައުމެއް ނޫންތޯ އެވެ.

ރައީސް މުއިއްޒުއަށް ރައްޔިތުން ހަވާލުކުރީ ފަސް އަހަރުގެ މުއްދަތަކަށް ގައުމު ހިންގަން ނޫންތޯ އެވެ. ގައުމުގެ ރައީސްގެ ގޮތުގައި، ހުންނަވައިގެން ގައުމު ތަރައްޤީ ކުރަން ނޫންތޯ އެވެ. މުޅިން އައު ގައުމެއް އުފައްދާކަށް މުޅިން އައު ގައުމެއް ބިނާކުރާކަށް ރައީސް މުއިއްޒުއަކަށް ދިވެހިން މެންޑޭޓެއް ހަވާލެއް ނުކުރެއް ނޫންތޯ އެވެ. ވީއިރު އަމިއްލަފުޅު ވިޔަފާރިތަކާއި، ގޯތި ގެދޮރަށް އަމަލު ކުރައްވާހެން މިގައުމާއި މެދު އަމަލު ތިޔަ ކުރައްވަނީ ދިވެހިންނަށް ކޮން ކުށެއް ކުރެވިގެންތޯ އެވެ.

މިހާރު ދިވެހި ރައްޔިތުންނަށް ވާނުވާ އޮޅިއްޖެ އެވެ. މަނިކުފާނު ވެރިކަމަށް ވަޑައިގެން މުޅި ގައުމުގައި ފަސްބާޑި ޖެއްސެވުމުން މުޅި ނިޒާމުތައް ހަރާބުވެ، ގައުމުގެ ސޯބުތައް ނެއްޓި، ގައުމީ ނަވުގެ ހުންގާނު ބިނދި، ފެންމަތީގައި އޮޔާދާ ބޮނބިގަނޑެއްހެން މިގައުމު އޮޔާދާން ފަށާއިފި އެވެ.

ކުންފުންޏަކުން ކުރާ ކަމެއް ކުރަން ޖެހޭ ކަމެއް، އެކުންފުނީގެ ވެރިންނަށް ނޭނގޭތާ، އެނގޭ ރައްޔިތަކުވެސް މިއަދަކު ނެތެއެވެ. ވުޒާރާއެއްގެ މެންޑޭޓެއް އޮފީހެއްގެ ޒިންމާއެއް މުއައްސަސާއެއްގެ މަސްއޫލިއްޔަތެއް އޮޅުން ފިލާ މީހަކު މިއުޑުދަށަކު މިއަދު އުޅޭ ކަމަކަށް ނުވެ އެވެ.

މީގެ ކުރިން ހީކުރަނީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޑެޓްއަކީ އެއަރޕޯޓްތަކާއި ގުޅުންހުރި ކަންކަން ކުރާ ކުންފުންޏެއް ކަމަށެއެވެ. އެކަމަކު މިހާރު އެމީހުން އެހަވާލުވީ ރަށްރަށުގައި އައުޓްޑޯ ޖިމް ހިންގާށެ އެވެ. މީކުރިން ހީކުރަނީ ހައްޖު ކޯޕަރޭޝަންއަކީ ރައްޔިތުން ހައްޖަށް ފޮނުވަން ހަދާފައި އޮންނަ ކުންފުންޏެއް ކަމަށެ އެވެ. އެކަމަކު އެމީހުންވެސް ދަމާ ރޮއްޖަކަށް ފޫގަޅައިގެން، އެނިކުތީ ގެސްޓްހައުސް ހިންގާށެ އެވެ. ފެނަކައިން ވީ ހޮސްޕިޓަލް އަޅާށެ އެވެ. އާރްޑީސީން ވީ ބޯޓް ބަންނާށެ އެވެ. އެމްޓީސީސީން ވަރި ކައިވެނީގެ ކަންތައްވެސް ބަލަހައްޓަންވީ އެވެ. މިއަދަކު ރައްޔިތަކަށް ހިދުމަތެއް ހޯދަން ދާންވީ ދިމާލެއް ސާފުވާގޮތެއް ނުވެ އެވެ. މިހާވަރުން ދަންޏާ ސްޓެލްކޯއިން އެކްސްރޭ މެޝިން ބަހައްޓައިގެން އެކްސްރޭވެސް ނަގަން ފަށަންވީ އެވެ. އެމްޑަބްލިއުއެސްސީން ސަރުކާރުގެ ސްކޫލުތައް ހިންގަން ފަށަންވީ އެވެ. އެޗްޑީސީއިން އިމާމުން ތަމްރީނު ކުރުމުގެ ކޯސްތައް ބާއްވާ އިސްލާމިކް މިނިސްޓްރީން ރަސްމާލެ ހިއްކަންވެސް ސޮއިކުރަންވީ އެވެ. މިދިޔަ އަހަރު ކުންފުނިތަކަށް ހަވާލުކޮށް ސޮއިކުރި މަޝްރޫއުތައް އެކުންފުނިތަކުން ނަންގަވާ މިއަހަރު އެހެން ކުންފުނިތަކެއް ލައްވާ ސޮއިކުރުވަނީ އެވެ. ކޮންޓްރެކްޓެއް ހަދައި ނުލެވި ކުރަންވީ ކަމެއް ގަނޑެއްގައި ލިޔެނުލެވި ހުސް ގަނޑުތަކުގައިވެސް ސޮއިކުރުވަނީ އެވެ. ނިންމާފައި ހުންނަ ފުޓްސަލް ދަނޑުތައް އަޅާނެ މީހުން ހޯދަން ކުންފުނިތައް ލައްވާ އިއުލާންވެސް ކުރުވަނީ އެވެ. ކުރާނެ ނުކުރާނެ ކަމެއް ނޭނގި އޭޓީއެމްތަކުގައި ރިބަން ދަމައިގެން ރިބަން ކަނޑަމުން ގޮސް، ނުނިމި ހުންނަ ނަރުދަމާގެ ނިޒާމްތައްވެސް ހުޅުއްވަވަނީ އެވެ.

ޤަބޫލުފުޅުކުރައްވާށެ އެވެ. ގިނަ ދިވެހި ރައްޔިތުން ބުނަނީ ތިޔަ އުޅުއްވަނީ ހައްދަވާނެ ނުހައްދަވާނެ އެއް ނޭނގިގެން ކަމަށެ އެވެ. އަމިއްލަ ކުންފުނިތަކަށް ދައްކަން ހުރި ފާއިސާ ނުދައްކަވާ އޭގެއިން ބޯދަމައިގަންނަވާނެ މަގެއް ހޯއްދަވަންވެގެން ކަމަށެ އެވެ. ދެއަހަރުވީއިރުވެސް ވައުދުތައް ނުފުއްދި، ސަރުކާރުގެ މަގްބޫލުކަން ކުޑަވެ، ވައްކަން އާންމުވެ، ހިޔާނާތް ބޮޑުވުމުން އެކި ކުންފުނިތައް ލައްވާ އެކި ކަންކަމުގައި ސޮއިކުރުވައިގެން ހަޑި ހާއްވަވަން ކަމަށެ އެވެ.

ޤަބޫލުފުޅުކުރައްވާށެ އެވެ. މީހުން ބުނަނީ މަނިކުފާނަށްވުރެ ބިސްއަޅަން އަރާ ވެލާވެސް ރަނގަޅު ކަމަށެ އެވެ. އެއީ އެސޮރުވެސް މުޅި ތަނުގައި ފަސްބާޑި ޖަހަނީ ބޭނުމެއް އޮވެގެންނެ އެވެ. އެއީ ބިސްވަޅު ފޮރުވުމެ އެވެ. އެ ނަގަން އަންނަ މީހުންނަށް ބިސްވަޅު ހުރި ތަން އޮޅުވާލުމެ އެވެ. އޭގެ ނަސްލު ރައްކާތެރިކުރުވުމެ އެވެ. ދަރިފަސްކޮޅު ދެމެހެއްޓުމެވެ. އެކަމަކު މަނިކުފާނު މުޅި ގައުމުގައި ފަސްބާޑި ތިޔަ ޖައްސަވަނީ އެއްވެސް މަގްސަދެއް ނެތި އަމާޒެއް ނެތި އެހެން މީހުން ލޮލުގައި އަނދުން އަޅުވައިގެން ސަރުކާރުގެ ނާގާބިކްލަން ފޮރުވުމަށެ އެވެ. މީހުން ބުނެ އެވެ. ނުފޯރާ ފޮތިން ފޫގެޅީމާ ފެންނާނީ އޮރިޔާމެ އެވެ. އެހެން ނަހައްދަވާށެ އެވެ. މިގައުމު ހަލާކުކޮށް ނުލައްވާށެ އެވެ. ނިޒާމްތައް ފުނޑު ފުނޑު ނުކުރައްވާށެ އެވެ. މިއީ މަނިކުފާނަށް ވާރުތައިން ލިބުނު އަމިއްލަފުޅު މުދާ ގަނޑެއް ނޫނެ އެވެ. މިއީ ދިވެހިންގެ ފަޚުރުވެރި ދިވެހި ގައުމެ އެވެ.

ރައީސް މުއިއްޒުސަރުކާރު ކުންފުނިތައްވަޢުދު ނުފުއްދުންނިޒާމުގެ މައްސަލަތައްސަރުކާރު ހިންގުންދައުލަތުގެ މުއައްސަސާތައް

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު