Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޯފް ސިރަޕް

ކުޑަކުދިންގެ ކެއްސުމުގެ ބޭހެއްގެ ގޮތުގައި ބޭނުންކުރާ 'ކޮފްސީ ސިރަޕް' ވިއްކުމާއި އެތެރެކުރުން މަނާކޮށްފި

އެމް.އެފް.ޑީ.އޭ އިން ކޮފްސީ ސިރަޕް ރާއްޖޭގެ ބާޒާރުން ނެގުމަށް އަމުރުކޮށްފި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 އޯގަސްޓު 2025 | ބުދަ 12:42
ރާއްޖެ އެތެރެކޮށް ވިއްކުން މަނާކުރި ކުޑަކުދިންނަށްދޭ ކެއްސުމުގެ ބޭސް

ރާއްޖެ އެތެރެކޮށް ވިއްކުން މަނާކުރި ކުޑަކުދިންނަށްދޭ ކެއްސުމުގެ ބޭސް

ކުޑަކުދިންގެ ކެއްސުމުގެ ބޭހެއްގެ ގޮތުގައި އާންމުކޮށް ބޭނުންކުރަމުން އަންނަ 'ކޮފްސީ ސިރަޕް' ވިއްކުމާއި އެތެރެކުރުން އެމް.އެފް.ޑީ.އޭ އިން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ވަނީ އިންޑިއާގެ އެމް.އެމް.ސީ ހެލްތްކެއަރ ލިމިޓެޑުން އުފައްދާ ކޮފްސީ ސިރަޕް ރާއްޖޭގެ ބާޒާރުން ނެގުމަށް އަމުރުކޮށްފައެވެ.

Advertisement - newsAdvertisement

އެމްއެފްޑީއޭއިން ބުނީ ރާއްޖޭގެ މާރކެޓުގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު، ރައްކާތެރި ބޭސްކަން ކަށަވަރު ކުރުމަށްޓަކައި އެ އޮތޯރިޓީގެ ފަރާތުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންގެންދާ ބޭހުގެ މާރކެޓް ސާވެއިލަންސް ކުރުމުގެ މަސައްކަތުގެ ތެރެއިން 'ކޮފްސީ ސިރަޕް' އިން ވަނީ ކޮލިޓީ މައްސަލަތަކެއް ދިމާވެފައި ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

އެހެންކަމުން ބުދަ ދުވަހުން ފެށިގެން 'ކޮފްސީ ސިރަޕް 100 އެމް އެލް' (sulbutamol sulpahte BP + Ambroxol Hydrochloride BP + Guiphenesin BP + Menthol BP) ރާއްޖެއަށް އިމްޕޯޓް ކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ. އަދި އެއްވެސް ފާމަސީއެއްގައި މި ބޭސް ހުރި ނަމަ، ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.

އެމްއެފްޑީއޭއިން ބުނީ މި ބޭނުންކުރުމުގެ ސަބަބުން، މިހާތަނަށް އެއްވެސް ފަރާތަކުން ސިއްހީ މައްސަލައެއް ދިމާވެގެން އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.

މި ބޭސް އުފައްދަނީ އިންޑިއާގެ ޗެންނާއީގައި ހުންނަ އެމް.އެމް.ސީ ހެލްތްކެއަރ ލިމިޓެޑުންނެވެ.

ކޯފް ސިރަޕްއެމްއެފްޑީއޭއެމް.އެމް.ސީ ހެލްތްކެއަރޗެންނާއީއިންޑިޔާ-ދިވެހިރާއްޖެ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޯފް ސިރަޕް ތަ ނޫނީ ލުނބޯ އާއި މާމުއިތަ؟ ކެއްސުމަށް ރަނގަޅީ ކޮން އެއްޗެއް؟

04 ޑިސެމްބަރު 2025
ކޯފް ސިރަޕް ތަ ނޫނީ ލުނބޯ އާއި މާމުއިތަ؟ ކެއްސުމަށް ރަނގަޅީ ކޮން އެއްޗެއް؟
16 އޮކްޓޯބަރު 2025

ރާއްޖޭގައި މަަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިނަށް ޑޮލަރުން މުސާރަ ދޭން ބާރު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން ގޮވާލައިފި

16 އޮކްޓޯބަރު 2025
ރާއްޖޭގައި މަަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިނަށް ޑޮލަރުން މުސާރަ ދޭން ބާރު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން  ގޮވާލައިފި
15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
14 އޮކްޓޯބަރު 2025

އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

14 އޮކްޓޯބަރު 2025
އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި
12 އޮކްޓޯބަރު 2025

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު