Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޮޑުފޮޅުދޫ ކައުންސިލް

ބޮޑުފޮޅުދޫ ކައުންސިލުން ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައުމާ ދެކޮޅު، މުޢިއްޒަށް ގޮވާލީ ކައުންސިލްތަކުން ދައްކާ ވާހަކަ އަޑު އެއްސެވުމަށް

ލާމަރުކަޒީ ނިޒާމަށް މިފަހުން ގެނައި ބަދަލާއި ގުޅިގެން ކައުންސިލްތަކަށް ދަތިވާނެ

އަލީ ޝާހީން
އަލީ ޝާހީން | 20 އޯގަސްޓު 2025 | ބުދަ 08:48
ރައީސް މުޢިއްޒު ބޮޑުފޮޅަދު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރައީސް މުޢިއްޒު ބޮޑުފޮޅަދު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ލާމަރުކަޒީ ނިޒާމަށް މިފަހުން ގެނައި ބަދަލާއި ގުޅިގެން ކައުންސިތަކަށް ވަރަށް ބޮޑަށް ދަތިވާނެ ކަމަށާއި އެކަމާއި މެދު އަލުން ވިސްނަވައި ކައުންސިލްތަކުގެ އަޑު އެއްސެވުމަށް ރައީސް މުހައްމަދު މުއިއްޒުއަށް ބޮޑުފޮޅުދޫ ކައުންސިލުން ގޮވާލައްވައިފި އެވެ.

އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސް މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޮޑުފޮޅުދޫ ރައްޔިތުންނާއެކު ބެއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް މިފަހުން ގެނެވިގެން ދިޔަ ބަދަލުން ކައުންސިލްތަކަށް ވަރަށް ދަތިވާނެ ކަމަށާއި ހާއްސަ ގޮތެއްގައި ސިޓީއެއް ފޮނުވައިގެންވެސް ޖަވާބެއް ނުލިބި ތިބެންޖެހޭ ޖެހުން އެއީ ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ބުރުއަރާ ކަމެއް ކަމަށެވެ.

ވަރަށް ބޮޑަށް އަޅުގަނޑު ރައީސް ކިބައިން އެދެން އެންމެ ފަހުން މިގެނައި ބަދަލާމެދު އިތުރަށް ވިސްނުންފުޅު ބަހައްޓަވާ އަޅުގަނޑުމެން ކައުންސިލްތަކަށް ފަސޭހަވާނެ ގޮތަކަށް އަދިވެސް މިކަން ކޮށްދެއްވުން،
ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް

އޭނާ ވިދާޅުވި ތިން މެންބަރުން ލައިގެން ކައުންސިލް ހިންގުމަކީ ވަރަށް ދަތި ކަމެއް ކަމަށާއި އެހެންކަމުން ކައުންސިލްތަކަށް ދަތި ނުވެ ހިންގޭނެ ގޮތަކަށް ފަސް މެންބަރުން އެކުލެވޭ ކޮމެޓީއެއް ނުވަތަ ކައުންސިލެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގެ މުހިންމު އަސާސެއްކަން ޝުޖާއު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މަދު ކައުންސިލަކުން އެކައުންސިލްގެ ކަންކަން ނުހިނގާގޮތައް ބައްޓަން ކުރެވިފަ ހުރުމަކީ މުޅި ނިޒާމަށް ބަދަލު ގެންނަންޖެހޭ ކަމެއްގެ ގޮތުގައި ގަބޫލު ނުކުރެވޭ ކަމަށެވެ. އަތޮޅު ކައުންސިލުން އަތޮޅު ލެވެލްގައި ރަށްރަށުގައި ކަންކަން ހިންގާ ކަމަށާއި ގައުމީ ފެންވަރަށް ކުދިން ނެރެވި މީހުން ބިނާ ކުރެވޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެހެންކަމުން އަތޮޅު ކައުންސިލާ މެދުގައިވެސް ދެވަނަ ވިސްނުމަކަށް ދިއުމަށް އޭނާ ވަނީ ގޮވައިލައްވައިފަ އެވެ.

ލާމަޒުކަޒީ ނިޒާމު ޗެމްޕިއަން ކުރެވޭނީ މާލީ މިނިވަންކަން ފޯރުކޮށްދީ މަޝްރޫއުތައް ވެސް ކައުންސިލްތަކަށް ދީގެން ކަމަށް ދެކޭ ކަމުގައި އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒުބޮޑުފޮޅުދޫސުޖާއު އާދަމްއަރިއަތޮޅު އުތުރުބުރިލާމަރުކަޒީ ނިޒާމުކައުންސިލުތައް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
09 ޑިސެމްބަރު 2025

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް
08 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު