Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ.މުހައްމަދު މުއިއްޒު

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

ކައުންސިލްތަކަށް ޚާއްސަ މިނިސްޓްރީއެއް އުފެއްދި ނަމަވެސް ކައުންސިލްތަކަށް އެއްވެސް ބާރެއް ނުލިބޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2025 | އާދީއްތަ 07:42
ފަލަސުރުހީ ޕްރޮގްރާމްގައި ވ.ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގު ހުސެއިން ވާހަކަ ދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި ވ.ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގު ހުސެއިން ވާހަކަ ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހައްދަވާ ދޮގުތައް މިސަރުކާރު ގެ ސިޔާސަތާއެކު ރައްޔިތުންނަށް ހާމަވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ ކަމަށް ވ.ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގު ހުސެއިން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ގެ ފަލަސުރުހީ ޕްރޮގްރާމް ގައި ކައުންސިލް ގެ ރައީސް ޝިފާގު ވަނީ މިސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ކައުންސިލްތަކަށް އިތުރު ބާރުވެރިކަން ހޯދައިދޭނެ ކަމަށް ވައުދުވެވަޑައިގެން ކަމަށާއި، ނަމަވެސް މަސައްކަތް ކުރައްވަނީ އެއާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ކައުންސިލްތަކަށް ޚާއްސަ މިނިސްޓްރީއެއް މި ސަރުކާރުން އުފެއްދީ ކައުންސިލްގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކާ ފަސޭކަން ގެނެސްދިނުމަށްކަން ފާހަގަކުރައްވައި ޝިފާގު ވިދާޅުވީ އެމިނިސްޓްރީ އުފައްދައިގެން ކައުންސިލްތަކަށް ހޯއްދަވައިދެވުނު ބާރެއް ނެތް ކަމަށާއި، އެކަން ހުރިހާ ރައްޔިތުން މިއަދު ގަބޫލު ކުރާނެ ކަމަށެވެ. އެ މިނިސްޓްރީއާއެކު ކައުންސިލްތަކަށް ކުރިއެރުމެއް ނުލިބުނު ނަމަވެސް އެ މިނިސްޓްރީން ވަރަށް ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާ ހަމަޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝިފާގު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރާނެ ކަމަށް ބުނި ނަމަވެސް މިސަރުކާރުން ކައުންސިލްތަކުގެ ހުރިހާ ބާރެއް ނަގަމުންދާ ކަމަށާއި، މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ކައުންސިލްގެ ބައިވެރިވުމެއް ވެސް ރައްޔިތުންގެ ހިޔާލެއް ވެސް ނުހޯދާ ކަމަށެވެ.

ޝިފާގު ވިދާޅުވީ ސަރުކާރަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވުމުން ނުވަތަ ލަސްވުމުން އެކަމުން ސަލާމަތްވުމަށް ކައުންސިލްތަކުގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވާ ކަމަށާއި، މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލްތަކުގެ ސަބަބުން ނޫން ކަމަށެވެ.

އެއީ މިސަރުކާރުގެ ބޮޑު ފެއިލްވުމަކުން ދިމާވާ މައްސަލައެއް ކަމަށާއި، ނަމަވެސް ކައުންސިލްތަކުން އެއްބާރުލުން ނުދޭ ކަމަށް ވެސް ދޮގު ހަދަމުންދާ ކަަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ އެއްވެސް ކައުންސިލަކުން ތަރައްގީގެ މަޝްރޫއަށް ހުރަސްނާޅާނެ ކަމަށާއި، މިއަދު މިކަން ވެސް ވަރަށް ސާފުކޮށް ރައްޔިތުންނަށް ހާމަވަމުންދާ ކަމަށެވެ.

މިއީ އެބޭފުޅުން އަމިއްލައަށް އެބޭފުޅުން ބޯނެ ބޮނޑި. މިއަދު އަޅުގަނޑަށް ގަބޫލު ކުރެވޭ ކޮން ކައުންސިލަކުން ކޮންކަމެއް މަނާކޮށްގެން ނުވަތަ ސަރުކާރުން ރައްޔިތަކަށް ނުވަތަ ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންވާ މަޝްރޫއެއް ނުވަތަ ހިންގަވާ ދެއްވަން ބޭނުންވާ މަޝްރޫއެއް ކޮން ކައުންސިލްއަކުން ހުއްޓުވަން އުޅެގެންބާއޭ މިގޮތަށް މި ނިންމެވީ. މިއަދު އަނެއްކާ އިތުރަށް މިސަރުކާރު ހަދާ ދޮގު ރައްޔިތުންނަށް ހާމަވާން ވެގެން އަމިއްލަ އަތުން ބޯ ބޮނޑިއެކޭ އަޅުގަނޑަށް ގަބޫލުކުރެވެނީ. މިއަދު ރަށެއްގައި ހިންގާވާ ޕްރޮޖެކްޓެއް ނެތް. އެބޭފުޅުންނަށް ނޯންނާނެ ދެއްކޭނެ އެއްވެސް ހެއްކެތް އެއްވެސް ކައުންސިލަކުން ތިމަންނަމެން ހިންގަން ބޭނުންވާ ޕްރޮޖެކްޓެއް ހުއްޓުވަން އުޅެގެންނޭ ކިޔާފައި ދެއްކޭނެ އެއްވެސް ހުއްޖަތެއް ނޯންނާނެ. މިއަދު އަނެއްކާ އެބޭފުޅުންނަށް އެ ބޮވުނީ އަނެއް ބޮނޑި.
ވ.ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގު ހުސެއިން

ޝިފާގު ވިދާޅުވީ މިސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭ ކަމަށާއި، ކާމިޔާބު ކަމާއެކު ނިންމާލެވުނު އެއްވެސް ޕްރޮޖެކްޓެއް ނެތް ކަމަށެވެ. ނަމަވެސް ވަރަށް ކާމިޔާބު ކަމާއެކު ވަރަށް ގިނަ ވައުދުތައް ރައީސް މުއިއްޒު ވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ބަހަނާ ސަރުކާރެއް ކަމަށާއި، ރައްޔިތުން ވެސް އެކަން ގަބޫލު ކުރާ ކަމަށެވެ.

ޑރ. މުހައްމަދު މުއިއްޒުވ. ތިނަދޫލާމަރުކަޒީ ނިޒާމުތަރައްގީގެ މަޝްރޫއުޝިފާގު ހުސެއިން

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު