Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯރަފުށީ ކައުންސިލް

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ކައުންސިލްގެ ރައީސް ހިމެނޭހެން ހޯރަފުށީ ކައުންސިލުގައި ތިބެނީ 7 މެމްބަރުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ޑިސެމްބަރު 2025 | ހޯމަ 14:40
ހޯރަފުށީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން

ހޯރަފުށީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން

ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި އެވެ.

08 ޑިސެމްބަރު 2025ގައި އެލްޖީއޭ އިން އެގޮތަށް ނިންމާ ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހު އަށް ވަނީ ސިޓީ އެއް ފޮނުވާފަ އެވެ. އެ ސިޓީގައި އެލްޖީއޭ އިން ބުނީ އެ އޮތޯރިޓީ އިން ހިންގި އިންކުއަރީއަކުން ފާހަގަކުރެވޭ ކަންކަމާއި މެދު އެލްޖީއޭގެ 12 ވަނަ ބައްދަލުވުމުގައި މަޝްވަރާކޮށް ގޮތެއް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ބައެއް މާއްދާތަކާއި ކައުންސިލްގެ ރައީސް ޚިލާފުވެފައިވާ ކަމަށާއި، ސުލޫކީ މިންގަނޑާއި ޚިލާފަށް ހޯރަފުށީ ކައުންސިލްގެ މެމްބަރުންގެ އަމަލުތައް ބަހައްޓާފަައިވާ ކަމަށް އެލްޖީއޭ އިން ބުނެ އެވެ. އެކަމުގެ ގެއްލުން ކައުންސިލާއި ލާމަރުކަޒީ ނިޒާމަށް ލިބޭ ކަމަށް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

އެ މައްސަލަތަކުގެ މައްޗަށް ބަލާ ކައުންސިލް ހިންގުމުގެ އެންމެ މަތީ ފަރާތަކީ ކައުންސިލްގެ ރައީސްކަމަށް ވާތީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރަން ނިންމީ ކަމަށް އެލްޖީއޭ އިން ވަނީ ބުނެފަ އެވެ. އެލްޖީއޭ އިން ވަނީ ކައުންސިލްގެ ރައީސް ފިޔަވާ އެހެން ކައުންސިލަރުންނަށް ނަސޭހަތް ދީފަ އެވެ.

އެލްޖީއޭގެ މި ސިޓީގައި އެލްޖީއޭގެ އިންކުއަރީގެ އެއްވެސް ތަފްސީލެއް ހިމަނާފަ އެއް ނުވެ އެވެ. އަދި މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކުރި ކައުންސިލް ރައީސްގެ ފަރާތުން މިފަދަ ކަންކަން ކުރިން ތަކުރާރު ވެގެންތޯ، އަދި ކިހާ ބޮޑު މިނެއްގެ ކުށެއް ހިނގައިގެންތޯ އެލްޖީއޭ އިން ސާފުކޮށް ބަޔާންކޮށްފަ އެއް ނުވެ އެވެ.

ރާއްޖެ އެމްވީ އަށް އެނގިފައިވާ ގޮތުގައި ހޯރަފުށީ ކައުންސިލާާއި މެދު ބެލީ ހޯކްސް އަށް ވިޔަފާރި އުސޫލުން ބިމެއް ދޫކުރުމުގައި އަމަލު ކޮށްފައިވާ ގޮތުގެ މައްސަލަ އެކެވެ. މިކަމާއި ގުޅިގެން އެލްޖީއޭ އިންނާއި އޭސީސީ އިން ވެސް ބައެއް ބެލުންތައް ބަލާފައިވާ ކަމަށް ވަނީ އެނގިފަ އެވެ. ނަމަވެސް އެ ދެ އިދާރާ އިން ވެސް މިކަމާއި ގުޅިގެން ގޯސްކޮށް ހިނގާފައި އޮތް ކަމެއް ސާފުކޮށް ދީފަ އެއް ނުވެ އެވެ. އަދި ހޯކްސް އަށް ބިން ދިނުން ހުއްޓުވުމަށް ކޯޓުގައި ވެސް ދައުލަތުން މީގެ ކުރިން އެދުނު ނަމަވެސް، ކޯޓުން ވެސް ބުނީ ހުއްޓުވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅާފައިވެ އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ކައުންސިލް ރައީސް ވިދާޅުވީ ކައުންސިލަރުންގެ ބައިވެރިވުމާއި އެކު ނިންމި ނިންމުމެއްގައި ވަކި މީހަކު އެކަނި ކުށްވެރިވާ ކަމަށް ބުނުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. ކައުންސިލްގެ ރައީސް ހިމެނޭހެން ހޯރަފުށީ ކައުންސިލުގައި ތިބެނީ 7 މެމްބަރުންނެވެ. މިއީ އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.

ހޯރަފުށީ ކައުންސިލްއެލްޖީއޭހޯކްސްލާމަރުކަޒީ ނިޒާމު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

މިސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލާއެކު ހިންގުމުގެ ނިޒާމު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ވައްޓާލާނެ: ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު

06 ޑިސެމްބަރު 2025
މިސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލާއެކު ހިންގުމުގެ ނިޒާމު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ވައްޓާލާނެ: ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު
25 ނޮވެމްބަރު 2025

ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!

25 ނޮވެމްބަރު 2025
ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!
21 ނޮވެމްބަރު 2025

ލާމަރުކަޒީ ޤާނޫނު އަދިވެސް ކޮށަނީ: ބަހަނާ އަކީ ތަރައްޤީ އަށް މަގުފަހިކުރުން!

21 ނޮވެމްބަރު 2025
ލާމަރުކަޒީ ޤާނޫނު އަދިވެސް ކޮށަނީ: ބަހަނާ އަކީ ތަރައްޤީ އަށް މަގުފަހިކުރުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު