Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އިސްރާއީލް އިން ނޫސްވެރިންތަކެއް ޝަހީދުކޮށްލުން އީޔޫ އިން ކުށްވެރި ކޮށްފި

ކަލާސް ވިދާޅުވީ އިސްރާއީލް އިން ކޮށްފައިވާ އެ ތުހުމަތުތަކަށް ޔޫރަޕިއަން ޔޫނިއަން އިން ސަމާލުކަމެއް ދޭ ކަމަށެވެ. ނަމަވެސް، މިފަދަ ޙާލަތްތަކުގައި ޤާނޫނުގެ ވެރިކަމަށް އިޙުތިރާމް ކުރުމާ އެކު، ނޫސްވެރިންނަށް ހަަމަލާ ނުދިނުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 އޯގަސްޓު 2025 | އަންގާރަ 07:08
އިސްރާއީލްގެ ހަމަލާގައި ޝަހީދުވީ އަލް ޖަޒީރާގެ ކޮންސްޕޮންޑެންޓް އަނަސް އަލް ޝަރީފް

އިސްރާއީލްގެ ހަމަލާގައި ޝަހީދުވީ އަލް ޖަޒީރާގެ ކޮންސްޕޮންޑެންޓް އަނަސް އަލް ޝަރީފް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ކަވަރު ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ނޫސްވެރިން ތަކަކަށް އަމާޒުކޮށް އިސްރާއީލްގެ އަސްކަރިއްޔާ އިން ދިން ހަމަލާގައި ނޫސްވެރިންތަކެއް ޝަހީދު ކޮށްލާފައި ވާތީ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެކަން ކުށްވެރި ކޮށްފި އެވެ.

އިސްރާއީލްގެ ވައިގެ ހަމަލާއެއްގައި ވަނީ އަލް ޖަޒީރާ އަށް ނިސްބަތްވާ ފަސް ނޫސްވެރިޔަކު ޝަހީދު ކޮށްލައިފަ އެވެ. އެކަމާ ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީގެ ވެރިޔާ، ކާޖާ ކަލާސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެގޮތުން ޔޫރަޕިއަން ޔޫނިއަންގެ ފޮރިން މިނިސްޓަރުގެ ބައްދަލުވުމެއްގައި އޭނާ ވަނީ އެކަން ފާހަގަ ކުރައްވައިފަ އެވެ. 

އަލް ޝިފާ ހޮސްޕިޓަލްގެ ކައިރީގައި ދިން ވައިގެ ހަމަލާގައި ޝަހީދުވި ނޫސްވެރިންގެ ތެރޭގައި އަލް ޖަޒީރާގެ ކޮންސްޕޮންޑެންޓް އަނަސް އަލް ޝަރީފް ވެސް ހިމެނެ އެވެ. އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ، އަނަސް އަކީ ހަމާސް ޖަމާއަތަށް އެހީތެރިވަމުން އަންނަ "ޓެރަރިސްޓެއް" ކަމަށެވެ. އަދި އޭނާ އަކީ އެކަމުގެ އިސްވެރިއެއް ކަމަށާއި، ހަމާސް އިން އިސްރާއީލް އަށް ރޮކެޓު ހަމަލާ ދިނުމުގައި އަނަސްގެ ދައުރު އޮތް ކަމަށެވެ. 

ކަލާސް ވިދާޅުވީ އިސްރާއީލް އިން ކޮށްފައިވާ އެ ތުހުމަތުތަކަށް ޔޫރަޕިއަން ޔޫނިއަން އިން ސަމާލުކަމެއް ދޭ ކަމަށެވެ. ނަމަވެސް، މިފަދަ ޙާލަތްތަކުގައި ޤާނޫނުގެ ވެރިކަމަށް އިޙުތިރާމް ކުރުމާ އެކު، ނޫސްވެރިންނަށް ހަަމަލާ ނުދިނުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި އެކަމަކީ އެއްވެސް ޙާލަތެއްގައި ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި، އަދި އެއީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން އިސްރާއީލް އިން އެ ފަދަ ތުހުމަތެއް ކުރާ ނަމަ، އެކަމާ ގުޅުން ހުރި ސާފު ހެކިތައް ދައްކަން ޖެހޭނެ ކަމަށާއި، އެކަން ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ކަލާސް ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

ޔޫރަޕިއަން ޔޫނިއަންގައި 27 ޤައުމު އެކުލެވޭއިރު، ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ޤައުމުތައް ވަނީ އިސްރާއީލް އަދި ފަލަސްޠީނުގެ މައްސަލައިގައި ދެބައިވެފަ އެވެ. ނަމަވެސް، ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީތެރިކަމާއި، ކާބޯ ތަކެއްޗާއި އަދި ބޭސް ފަރުވާގެ އާލާތް ފޯރުކޮށްދިނުމުގައި ހުރިހާ ޤައުމަކުން ވެސް އެއްބަސްވެ އެވެ. 

އެހެން ނަމަވެސް، މިއަދާ ހަމައަށް އައިރު ވެސް، އެ އެއްބަސްވުން އެންމެ ފުރިހަމަ އަށް ތަންފީޒު ކުރެވިފައި ނުވެ އެވެ. ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީގެ ވެރިޔާ އިސްރާއީލް އަށް ގޮވާލާފައި ވަނީ، ޣައްޒާ އަށް ބޭނުންވާ އިތުރު އެހީ އަވަހަށް އެތެރު ކުރުމުގެ ފުރުސަތު ދިނުމަށެވެ. 

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާާމަ އިތުރަށް ފުޅާކޮށް، މުޅި ޣައްޒާ އެއްކޮށް ހިފުމަށް މިހާރު ވަނީ ފާސްކޮށްފަ އެވެ. އަދި އެކަން ތަންފީޒު ކުރާނެ ކަމަށް ހާމަ ކޮށްފައިވާއިރު، އިސްރާއީލް އިން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ވަނީ އިތުރު ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓެރަރިޒަމް ވާނީ ޓެރަރިޒަމަށް، ފިންސްބަރީގެ ހަމަލާ ކުށްވެރިކުރަން: ޤަތަރު

ޓެރަރިޒަމް ވާނީ ޓެރަރިޒަމަށް، ފިންސްބަރީގެ ހަމަލާ ކުށްވެރިކުރަން: ޤަތަރު

20 ޖޫން 2017
އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަށް އިނގިރޭސި ބޮޑު ވަޒީރާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޗާންސެލާ މާކެލް

އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަށް އިނގިރޭސި ބޮޑު ވަޒީރާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޗާންސެލާ މާކެލް

11 ޖޫން 2017
އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަކަށް ހުރަސްތަކެއް ނެތް: ޗާންސެލާ މާކެލް

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަކަށް ހުރަސްތަކެއް ނެތް: ޗާންސެލާ މާކެލް

10 ޖޫން 2017
ކާބުލްގެ ޑިޕްލޮމެޓިކް ސަރަހައްދަށް ދިން ހަމަލާ ރައީސް އަޝްރަފް ޣަނީ ކުށްވެރި ކުރައްވައިފި

ކާބުލްގެ ޑިޕްލޮމެޓިކް ސަރަހައްދަށް ދިން ހަމަލާ ރައީސް އަޝްރަފް ޣަނީ ކުށްވެރި ކުރައްވައިފި

01 ޖޫން 2017
މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

26 މެއި 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު