Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުުރު ކޮރެއާ މައްސަލަ

އެންމެ ފަހުން އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓް ސެކިޔުރިޓީ ކައުންސިލުން ކުށްވެރިކޮށްފި

ސެކިޔުރިޓީ ކައުންސިލުން ވަނީ އުތުރު ކޮރެއާ އާ ދެކޮޅަށް ހަ ބާވަތެއްގެ ދަތިކުރުމުގެ ފިޔަވަޅު އަޅާފަ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 16 މެއި 2017 | އަންގާރަ 08:38
އުތުރު ކޮރެއާ އިން ދަނީ އަސްކަރީ ބާރު ދެއްކުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުން

އުތުރު ކޮރެއާ އިން ދަނީ އަސްކަރީ ބާރު ދެއްކުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުން

އުތުރު ކޮރެއާ އިން އެންމެ ފަހުން ކުރި ނިއުކްލިއާ ޓެސްޓް، އދ. ގެ ސެކިޔުރިޓީ ކައުންސިލުން ކުށްވެރިކޮށް އަދި އާ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފިއެވެ.

ފަނަރަ މެމްބަރުން ހިމެނޭ ސެކިޔުރިޓީ ކައުންސިލުގެ އިއްތިފާގުން އުުތުރު ކޮރެއާގެ އެންމެ ފަހުގެ މިސައިލް ޓެސްޓް ކުށްވެރިކުރިއިރު، 15 ގައުމުން ވަނީ އިތުރު ޓެސްޓްތަކެއް ނުކުރުމަށް ވެސް އުތުރު ކޮރެއާ އަށް އިންޒާރުކޮށްފައެވެ.

އުތުރު ކޮރެއާ އިން އެންމެ ފަހުން ތަޖުރިބާކުރި މިސައިލް ވަރަށް ކާމިޔާބު ކަމަށް އެގައުމުން ބުނެއެވެ. އަދި އެ މިސައިލަކީ ނިއުކްލިއަރ ވޯހެޑެއް އުފުލުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑއާއިން ބުނާ ގޮތުގައި އަލަށް ތަޖުރިބާކުރެވުނު ހުވާސޮން-12 މިސައިލްއަކީ އެމެރިކާއަށް ހަމަލާދެވޭނެ ފެންވަރުގެ މިސައިލެކެވެ. އަދި ޓެސްޓް ކުރި މިސައިލް 700 ކިލޯމީޓަރަށް ދަތުރު ކުރި އިރު މިސައިލް 2،000 ކިލޯމީޓަރު އުހަށް ދަތުރުކުރިއެވެ. އަދި މިސައިލް ވެއްޓުނީ ޖަޕާނުގެ ހުޅަނގު އޮންނަ ކަނޑަށެވެ.

އދ. ގެ ސެކިޔުރިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ "މި ވަގުތުން ވަގުތަށް ނިއުކްލިއާ ހަތިޔާރުން އުތުރު ކޮރެއާ ސަލާމަތް ކުރަން ޖެހޭ ކަމަށާއި އަދި އިޚްލާސްތެރި މަސައްކަތް މިކަމަށް ބޭނުންވާ ކަމަށެވެ."

ދެކޮރެއާ މައްސަލާގައި އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން ވެގެން އުުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަވަހާރަކޮށްލަން އުޅޭ ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ އިން ދާދި ފަހުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު