Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

ބޮމުގެ ހަމަލާ ދީފައި ވަނީ ޖާނުންފިދާވެގެން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 26 މެއި 2017 | ހުކުރު 10:25
މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ

މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ

އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީގައި ދެވުނު ބޮމުގެ ހަމަލާގެ ތަހުގީގައި ބެހޭ މައުލޫމާތު އެމެރިކާގެ މީޑިއާގައި ލީކުވެގެން ދިޔަ ދިއުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުށްވެރިކުރައްވައިފިއެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ ތަހުގީގައި ބެހޭ މައުލޫމާތު އެމެރިކާގެ މީޑިއާ އަށް ލީކު ވުމަކީ "ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ" ކަމެއް ކަމަށާއި އަދި އެއީ އެމެރިކާގެ "ގައުމީ ސަލާމަތަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ." އަދި ޓްރަމްޕް ވަނި ކަމުގެ އެންމެ ފުނަށް ވާސިލުވާނެ ކަމަށް ވައުދުވެވަޑައިގެންފައެެވެ.

އެމެރިކާގެ މީޑިއާ އިން ވަނީ ހޯމަ ދުވަހުގެ ރޭ މެންޗެސްޓާ އެރީނާގައި ދިން ބޮމުގެ ހަަމަލާގެ ހެކި، ފޮޓޯގެ ޒަރީއާއިން ޝާއިއު ކޮށްފައެވެ.

މިކަމާ ގުޅިގެން އިނގިރޭސި ފުލުހުން ވަނީ އެމެރިކާއާ މައުލޫމާތު ހިއްސާ ކުރުން ހުއްޓާލައިފައިވާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ފަހުން އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ.

ބުދަ ދުވަހު އެމެރިކާގެ ނިއު ޔޯކް ޓައިމްސް އިން ވަނީ މެންޗެސްޓާ ސިޓީގައި ދިން ބޮމުގެ ހަމަލާގެ ކްރައިމް ސީންގެ މަންޒަރުތައް، ބޮމުގެ އެތިކޮޅުތައް ހިމެނޭ ގޮތަށް، ފޯޓޯތަކެއް ޝާއިއުކޮށްފައެވެ. މިކަމާ ގުޅިގެން އިނގިރޭސި ފުލުހުންނާއި އަދި ސަރުކާރުގެ އޮފިޝަލުން ވަނީ ވަރަށް ހިތްހަމަނުޖެހިފައެވެ. އިނގިރޭސި ފުލުހުން ބުނެފައި ވަނީ އެމެރިކާގެ މީޑިއާގެ އަމަލު ސަބަބުން ތަހުގީގަށް ހުރަސްއެޅިފައިވާ ކަމަށާއި އަދި މިހާރުވެސް ނުހަނު ހިތާމައިގައި ތިބި އާއިލާތަކަށް އިތުރު ހިތްދަތިކަމެއް ލިބިފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ބެލްޖިއަމް ގައި ހުންނަވާ ރައީސް ޓްރަމްްޕް މިކަން ކުށްވެރިކުރައްވާ އިތުރަށް ވިދާޅުވީ މިކަން ހިނގައި ދިޔަ ގޮތް ބެލުމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ. އަދި މިކަން ކުރި ފަރާތެއް ހޯދުމަށް ފަހު އެކަމަށް ފުރުސަތު ތަންދޭ ނަމަ ކުރި ފަރާތެއްގެ މައްޗަށް ދައުވާ ވެސް ކުރަން ޖެހޭނެ ކަމަށެވެ.

ހޯމަ ދުވަހު މެންޗެސްޓަރ އެރީނާގައި ދިން ބޮމުގެ ހަމަލާގައި 22 މީހުން މަރުވެ 116 މީހުން ޒަޚަމްވިއިރު މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު