Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމުޙައްމަދު ފާއިޒް

ދަނބުމާ ފާއިޒްގެ ޗާލު އަތުލިޔުން ހިތްގައިމު، "ދަނބުމާ" ފޮންޓަށް!

އަލްމަރުޙޫމް މުޙައްމަދު ފާއިޒްގެ އަތުލިޔުމުން ފެށިގެން "ދަނބުމާ" ފޮންޓާ ހަމައަށް ގޮސްފައިވަނީ ލޯތްބާއި ހަނދާންތަކުގެ ތެރެއިންނެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 އޯގަސްޓު 2025 | ހޯމަ 15:08
ދަނބުމާ ފޮންޓް ލޯންޗްކުރުމުގެ ހަރަކާތުގެ ތެރެއިން

ދަނބުމާ ފޮންޓް ލޯންޗްކުރުމުގެ ހަރަކާތުގެ ތެރެއިން

މަޝްހޫރު ކެލިގްރަފަރ އަދި ކޭޓަރިން ދާއިރާގެ މަގްބޫލް ވިޔަފާރިވެރިޔާ އަލްމަރުޙޫމް މުޙައްމަދު ފާއިޒްގެ އަތުލިޔުން ރަމްޒުކޮށްދޭ ގޮތަށް "ދަނބުމާ" ފޮންޓް ތައާރަފްކުރީ އާދިއްތަ ދުވަހުއެވެ.

އެ މަނިކުފާނު އަމިއްލަ އަތްޕުޅުން ލިޔުއްވާފައިވާ ރެސިޕީ ފޮތެއް އަސްލަކަށް ބަލައިގެން އެކުލަވާލާފައިވާ މި ފޮންޓުގެ އަސްލު ގުޅެނީ މުޅި އާއިލާ އަށް ފައްސި ޚިޔާލުތަކެއް ގެނެސްދޭ ހަނދާނަކާއެވެ. އެހެންނަމަވެސް، ރެސިޕީ ފޮތަކުން ފޮންޓަކާއި ހިސާބަށް "ދަނބުމާ" ފޮޅުނު ގޮތުގެ ކުރިއަށް، މި ރެސިޕީ ފޮތަކީ ކޮބާކަން އެނގުން މުހިންމެވެ.

މި ފޮތަކީ މަރުޙޫމް މުޙައްމަދު ފާއިޒްގެ އަމިއްލަފުޅު ރެސިޕީތަކާއި ކުރީގެ މަޝްހޫރު ރެސިޕީތައް އަދި ވަކި ފަރާތަކާ ޙަވާލާނުދީ ހުރި ރެސިޕީތައް ހިމެނޭ މުއްސަނދި ރެސިޕީ ފޮތެކެވެ.

ދެން އޮތީ މި ރެސިޕީ ފޮތް ޚާއްސަވާ ގޮތެވެ. ދަނބުމާ އާއިލާ އިން ހާމަކުރާ ގޮތުން މި ފޮތަކީ ފާއިޒް ދުނިޔޭގައި ހުންނެވި އިރު އޭނާގެ ދަރިންނަށް ލޮތްބާއި އެކު ހަދިޔާކުރެއްވި ފޮތެކެވެ. އަދި ކޮންމެ ކުއްޖަކު އެ ފޮތުގެ ކޮޕީ އެއް ހެދުމަށް ފާއިޒް އެދިލެއްވުމާއި އެކު މި ފޮތަށް ދަނބުމާ އާއިލާގެ ހިތުގައި ދެވިފައި ވަނީ ޚާއްސަ ދަރަޖައެކެވެ.

ބައްޕާފުޅުގެ ފޮނި ހަނދާންތަކާއި ގުޅޭ ފޮތަކަށް މި ފޮތް ވުމާއި އެކު ފުރަތަމަ ދަނބުމާ އާއިލާގެ ވިސްނުމަކަށްވީ، ފާއިޒްގެ ރެސިޕީ ފޮތެއް ތައްޔާރުކުރުމެވެ.

"ބައްޕަގެ ރީތި އަތުލިޔުއްވުމުން ލިޔުއްވާފައިވާ އޮތް ފޮތް އަޅުގަނޑުމެން ބެލީ އެ އޮތްގޮތަށް ސްކޭން ކޮށްގެން ޗާޕުކުރެވޭ ތޯއެވެ. އެއީ ބައްޕަގެ ލިޔުން ރީތިކަމުންނެވެ. ދެފުށުގައި ލިޔުއްވާފައި ހުރުމުން، ފޮތުގެ ގަނޑުތައް ތުނިކަމުން އެކަން އެގޮތަށް ނުކުރެވުނެވެ. އަޅުގަނޑުމެން ދެން ވިސްނީ "ލޫޕްކުރާފްޓް" އާ ވާހަކަދައްކައިގެން ބައްޕަގެ އަތުލިޔުން ރަމްޒުކޮށްދޭ ފޮންޓެއް ހެދުމަށްފަހު، މިފޮތް ޝާޢިއުކުރާށެވެ. " ފަރުމާ އާއިލާ އިން ވަނީ ބުނެފައެވެ.

ދަނބުމާ ފޮންޓް ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދަނބުމާ ފޮންޓް ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި ފޮންޓް އެކުލަވާލާފައި ވަނީ ލޫޕްކްރާފްޓް އިންނެވެ. ލޫޕްކްރާފްޓުގެ "ރާއްޖެޓައިޕް"ގެ މަަސައްކަތްތައް ފެނުމުން މި ފޮންޓް ލޫޕް ކްރާފްޓް މެދުވެރިކޮށް އެކުލަވާލުމުގެ ޝައުގުވެރިކަން އުފެދުނުކަން އާއިލާ އިން ފާހަގަކުރެއެވެ.

" ލޫޕްކްރާފްޓުން އަޅުގަނޑުމެންގެ މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ޝައުޤުވެރިކަން ފައުޅުކުރިއެވެ. "ދަނބުމާ" ފޮންޓު ވުޖޫދު ކުރެވޭއިރު އަޅުގަނޑުމެންގެ ލޯބިވާ ބައްޕަ ވަނީ މި ދުނިޔެ ދޫކުރައްވާފައެވެ. އަދި މި ޚިޔާލު ބައްޕައާއި ހިއްސާކުރެވޭ ގޮތެއްވެސް ވެފައެއް ނެތެވެ. އެހެންނަމަވެސް ބައްޕަގެ މި ޝައުޤުގެ ހަނދާން އައު ކުރުމަށްޓަކައި "ލޫޕްކްރާފްޓް" އިން ކޮށްދެއްވި ފުރިހަމަ އަގުހުރި މަސައްކަތް ޝުކުރުވެރިކަމާ އެކު ޢާއިލާއިން ފާހަގަކުރަމެވެ. އަދި "ލޫޕްކްރާފްޓް"ގެ އެހީއާއެކު ބައްޕަގެ މި ހުވަފެނުގައި ކުލަޖައްސާލަދެވޭތޯ އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުންނެވެ." ދަނބުމާ އާއިލާ އިން ވަނީ ބުނެފައެވެ.

ދަނބުމާ ފޮންޓް ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދަނބުމާ ފޮންޓް ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

"ލޫޕްކްރާފްޓް" އިން ފަރުމާކޮށްދެއްވާފައިވާ މި ފޮންޓް ހިތް ގައިމުވެފައި ސާދާއެވެ. ދަނބުމާ ފޮންޓަކީ ހަމައެކަނި ފޮންޓެއް ނޫނެވެ. މިއީ ލޮތްބާއި އެކު ދަނބުމާ އާއިލާ އިން ލޯބިވާ ބައްޕާފުޅު ދަނބުމާ ފާއިޒަށް ތަހުސީސްކޮށްފައިވާ އަގު ނުކުރެވޭ ވަރުގެ ރަމްޒެކެވެ.

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2022

މޮރޮކޯ ޓީމުގެ ކުޅުންތެރިންނާއި މަންމައިންގެ ހިތްގައިމު މަންޒަރުތަކަށް ދުނިޔޭގެ ސަމާލުކަން

12 ޑިސެމްބަރު 2022
މޮރޮކޯ ޓީމުގެ ކުޅުންތެރިންނާއި މަންމައިންގެ ހިތްގައިމު މަންޒަރުތަކަށް ދުނިޔޭގެ ސަމާލުކަން
26 މާރިޗު 2022

ޗާލު ކަދުރު ރުއްތަކުން ތުޅާދޫއަށް ފެހިކަމާއި އާރޯކަން

26 މާރިޗު 2022
ޗާލު ކަދުރު ރުއްތަކުން ތުޅާދޫއަށް ފެހިކަމާއި އާރޯކަން
19 އޮކްޓޯބަރު 2021

ރާއްޖެއަށް މިއަހަރު މޫސުމީ ދޫނިތަކުގެ ދަތުރު ފެށުނީ ހިތްގައިމު ގުޑުގުޑާ ދޫނިތަކުގެ ބައިގަނޑަކުން

19 އޮކްޓޯބަރު 2021
ރާއްޖެއަށް މިއަހަރު މޫސުމީ ދޫނިތަކުގެ ދަތުރު ފެށުނީ ހިތްގައިމު ގުޑުގުޑާ ދޫނިތަކުގެ ބައިގަނޑަކުން
21 ޖުލައި 2021

ކުމުންދޫގެ ކުޅީގައި ރައީސްގެ ދެކަނބަލުންގެ ހިތްގައިމު ފޮޓޯފުޅެއް

21 ޖުލައި 2021
ކުމުންދޫގެ ކުޅީގައި ރައީސްގެ ދެކަނބަލުންގެ ހިތްގައިމު ފޮޓޯފުޅެއް
15 ފެބުރުއަރީ 2021

ޗާލުވި ރަން ފަތިހަކަށް އަލިވިލެން ބޭނުންތަ؟

15 ފެބުރުއަރީ 2021
ޗާލުވި ރަން ފަތިހަކަށް އަލިވިލެން ބޭނުންތަ؟
04 ނޮވެމްބަރު 2020

ހިތްގައިމު މޫސުމީ ދޫނިތަކުން ރާއްޖޭގެ މާހައުލަށް އިތުރު ފުރިހަމަ ކަމެއް

04 ނޮވެމްބަރު 2020
ހިތްގައިމު މޫސުމީ ދޫނިތަކުން ރާއްޖޭގެ މާހައުލަށް އިތުރު ފުރިހަމަ ކަމެއް
03 ނޮވެމްބަރު 2019

އަތޮޅު ތެެރެއިން މީހުން ރަށަށް އަރާ ފެރިދޫ ''ޗާލު'' ކޮށްލައިފި

03 ނޮވެމްބަރު 2019
އަތޮޅު ތެެރެއިން މީހުން ރަށަށް އަރާ ފެރިދޫ ''ޗާލު'' ކޮށްލައިފި
26 އޮކްޓޯބަރު 2018

5 އަހަރުތެރޭ ހަލާކުކޮށްލީ ޗާލު މާފިނޮޅު، އެއާޕޯޓް ނޭޅުނުތާ އަދިވެސް ހަދަނީ މަތިމައްޗަށް ދޮގު!

26 އޮކްޓޯބަރު 2018
5 އަހަރުތެރޭ ހަލާކުކޮށްލީ ޗާލު މާފިނޮޅު، އެއާޕޯޓް ނޭޅުނުތާ އަދިވެސް ހަދަނީ މަތިމައްޗަށް ދޮގު!
26 މެއި 2018

ޕެރެޑައިސް އައިލެންޑް ރިސޯޓް: ރޯދަ ވީއްލުމަށް މީރު ރަހަތަކާ އެކު ހިތްގައިމު މާހައުލެއް

26 މެއި 2018
ޕެރެޑައިސް އައިލެންޑް ރިސޯޓް: ރޯދަ ވީއްލުމަށް މީރު ރަހަތަކާ އެކު ހިތްގައިމު މާހައުލެއް
22 ޖެނުއަރީ 2018

ފަތުރުވެރިކަމުގެ ދާއިރާ: ރާއްޖެ އިން ލިބޭ ކާބޯތަކެތި ކަމަކު ނުދޭ، ގޮނޑުދޮށްތައް ވަރަށް ހިތްގައިމު

22 ޖެނުއަރީ 2018
ފަތުރުވެރިކަމުގެ ދާއިރާ: ރާއްޖެ އިން ލިބޭ ކާބޯތަކެތި ކަމަކު ނުދޭ، ގޮނޑުދޮށްތައް ވަރަށް ހިތްގައިމު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު