Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސްގެ ފޮޓޯފުޅު

ކުމުންދޫގެ ކުޅީގައި ރައީސްގެ ދެކަނބަލުންގެ ހިތްގައިމު ފޮޓޯފުޅެއް

އަބަދުވެސް ފޮޓޯ ނެންގެވުމަށް ޝައުވެރިވެވަޑައިގަންނަވާ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 21 ޖުލައި 2021 | ބުދަ 02:30
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުމުންދޫގެ ކުޅިއަށް ޒިޔާރަތްކުރައްވައި ނެންގެވި ތަސްވީރެއް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުމުންދޫގެ ކުޅިއަށް ޒިޔާރަތްކުރައްވައި ނެންގެވި ތަސްވީރެއް

އެކި މީހުން މަޝްހޫރު ވަނީ އެކި ކަންކަމަށެވެ. މީހުންގެ ސަމާލުކަން ލިބެނީ ވެސް އެމީހެއްގެ ހުންނަ ތަފާތު ހުނަރަކަށް ނުވަތަ ކުރާ ތަފާތު ކަމަކަށެވެ. ޚާއްސަކޮށް ކޮންމެ ގައުމެއްގެ ވެސް ރައީސުން ކުރާ ކަންކަމަކީ ގިނަ ބައެއްގެ ލޯތައް އެކަމަކަށް އަމާޒުވާ ކަންކަމެވެ. އަދި އެ ކަމެއްގެ ވާހަކަ ގިނަ ބަޔަކު ދައްކާ ކަމަކަށް އެކަން އޮންނަނީ ވެފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އެންމެ ފުރަތަމަ ވެސް ފާހަގަ ކުރެވިގެން ދިޔައީ ފޮޓޯ ނަންގަވަން ލޯބި ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އެމަނިކުފާނު ނެންގެވި ސެލްފީތަކުގެ ވާހަކައަކީ ގިނަ ބައެއްގެ ދުލުން ދެކެވުނު ވާހަކައެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު ވެސް އެމަނިކުފާނުގެ ސެލްފީ ނެންގެވުމަށް ބަދަލެއް ނާދެއެވެ. ފޮޓޯ ނެންގެވުމަކީ ހޮބީ އެއްގެ ގޮތުގައި ކުރައްވާ ކަމެވެ.

ސުކޫލް ދައުރުގައި އުފެދުނު ޝައުގުވެރިކަން އަދިވެސް ފޮޓޯގްރަފީއަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮންނަވާކަން ނަންގަވާ ފޮޓޯތަކުން އެނގެއެވެ. އެކި ދަތުރުފުޅުތަކުގައި ވަޑައިގަންނަވާ ތަންތަނުގެ ފޮޓޯ އެމަނިކުފާނުގެ އަމިއްލަފުޅު ގެލަރީގައި ރައްކާކުރައްވައެވެ. އެމަނިކުފާނު އެކި ތަންތަނަށް ކުރައްވާ ދަތުރުފުޅުތަކުގައި ނަންގަވާ ސެލްފީގެ އިތުރުން އަނބިކަނބަލުންނާއެކު ނަންގަވާ ސެލްފީތަކާއި ފޮޓޯތައް ވެސް ވަރަށް ޝައުގުވެރިއެވެ. އަނބިކަނބަލުންނާއެކު ކުރައްވާ ދަތުރުފުޅުތަކުގައި ޚާއްސަ ތަންތަނުގައި ފޮޓޯ ނެންގެވުމަށް ލޯބި ކުރައްވައެވެ. އަދި އަމިއްލަފުޅަށް ނަންގަވާ ފޮޓޯތައް އެމަނިކުފާނުގެ އިންސްޓަގްރާމްގައި ހިއްސާ ކުރައްވައެވެ.

އެންމެ ފަހުން އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުގައި ހދ. ކުމުންދޫގެ ކުޅިއަށް ވަޑައިގެން އަނބިކަނބަލުންނާއެކު ނަންގަވާފައިވާ ފޮޓޯ ވަރަށް ވެސް ހިތްގައިމެވެ. ދެކަނބަލުންގެ މޫނުފުޅުން އުފާވެރިކަމާއި ލޯބި ފެނެއެވެ. ދެކަނބަލުންގެ ހިނިތުންވުމުން ވަރަށް ގިނަ ވާހަކަތައް ދޭހަވެއެވެ. މި ފޮޓޯ އެންމެ ފުރަތަމަ ފެނުނު ވަގުތު ކައިރީގައި ހުރި ރައްޓެއްސެއް ގާތު ބޭއިޚްތިޔާރުގައި ބުނެލެވުނީ "ރައީސް ހާދަ ފޮޓޯޖެނިކޭ" މިހެންނެވެ. ފޮޓޯ ވަރަށް ވެސް ފުރިހަމައެވެ. އެ ހިތްގައިމު ގުދުރަތީ މާހައުލުގެ ހިތްހަމަޖެހުން ދެކަނބަލުންގެ މޫނުފުޅުން ވަރަށް ސާފުކޮށް ފެނެއެވެ.

މިފަދަ ފޮޓޯއެއް މީގެ ކުރިން ވެސް ފެނިގެން ދިޔައެވެ. ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ތާޖް މަހަލްގައި ނަންގަވާފައިވާ ފޮޓޯ ވެސް ހަމަ އެހާ ހިތްގައިމެވެ. ތާޖް މަހަލަކީ ލޯބީގެ ނިޝާނެކެވެ. ދެކަނބަލުން ތާޖް މަހަލްގައި ނަންގަވާފައިވާ ފޮޓޯއިން ވެސް ދެކަނބަލުންގެ ދެމެދުގައިވާ ލޯބި ރަމްޒުކޮށްދެއެވެ. އެ ފޮޓޯގައި ވެސް އެމަނިކުފާނުގެ މޫނުފުޅުން ފެންނަ ހިނިތުންވުމުން ފޮޓޯ ނެންގެވުމަށް އޮންނަވާ ޝައުގުވެރިކަން ފާޅުވެއެވެ.

ރައީސަކީ އަބަދުވެސް ކެމެރާއާ ރަށްޓެހި ބޭފުޅެކެވެ. ސިޔާސީ ދާއިރާއަށް ވެދެވަޑައިގަތުމުގެ ކުރިން މަސައްކަތް ކުރެއްވީ މީޑިއާގައެވެ. އަމިއްލަފުޅު ފޯނުން ރީތި މަންޒަރުތައް ފޮޓޯ ނަންގަވާއިރު އަމިއްލަފުޅު ހަޔާތްޕުޅުގެ ހަނދާންތައް ވެސް ގެންދަވަނީ ރީތި ތަސްވީރުތަކާއެކު ރައްކާކުރައްވަމުންނެވެ.

ރައީސް ސޯލިހުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
15 ސެޕްޓެމްބަރު 2025

ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ވެސް ތާވަލް ކޮށްފި، ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރޭ

15 ސެޕްޓެމްބަރު 2025
ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ވެސް ތާވަލް ކޮށްފި، ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު