Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަތުރުވެރިކަމުގެ ދާއިރާ

ފަތުރުވެރިކަމުގެ ދާއިރާ: ރާއްޖެ އިން ލިބޭ ކާބޯތަކެތި ކަމަކު ނުދޭ، ގޮނޑުދޮށްތައް ވަރަށް ހިތްގައިމު

1.3 މިލިއަން ފަތުރުވެރިން މިދިޔަ އަހަރު ޒިޔާރަތްކޮށްފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 22 ޖެނުއަރީ 2018 | ހޯމަ 10:39
ހޮންޑާފުށި އައިލެންޑް ރިސޯޓް

ހޮންޑާފުށި އައިލެންޑް ރިސޯޓް

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އެއް އަހަރުން އަނެއް އަހަރަށް ކުރި އަރަމުންދާ އިރު، މިދާއިރާއަށް ތަފާތު ބަދަލުތައް ދަނީ އަންނަމުންނެވެ. އެކި އަހަރުތަކުގައި ފަތުރުވެރިން އެންމެ ގިނަ އިން އަންނަ ގައުމުތަކަށް ވެސް ބަދަލުތައް އަަންނަމުންދެއެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަނީ ޗާއިނާ އިންނެވެ. ޔޫރަޕްގެ މާކެޓަށް ބަލާ އިރު އިޓަލީއަކީ ފާހަގަކޮށްލެވޭ ގައުމެކެވެ. ކުރިއަރަމުން އަންނަ ގައުމުތަކަށް ބަލާއިރު އިންޑިއާ އިން ރާއްޖެއަށް އަންނަ ފަތުރުވެރިން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ އަހަރު ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ސީޑީއީ ކޮންސަލްޓިންގ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން 70 ޕަސެންޓް ފަތުރުވެރިންނަކީ ރާއްޖޭގެ ރީތި ބީޗްތައް ބަލައިލުމަށް އަންނަ ފަތުރުވެރިންނެވެ. މީގެ އިތުރުން 57 ޕަސެންޓް ފަތުރުވެރިން ކަނޑު އަޑީގެ ރީތިކަން ބަލައިލުމަށް ޒިޔާރަތްކުރާ އިރު 76 ޕަސެންޓް ފަތުރުވެރިން ރާއްޖޭގެ ޒިޔާރަތްކުރަނީ ރާއްޖޭގެ އަމާން މާހައުލުގެ ސަބަބުންނެވެ.

މީގެ އިތުރުން ރާއްޖޭގެ ކުދި ޖަޒީރާ ރަށްތައް ބަލައިލުމަށާއި ރާއްޖޭގެ މޫސުމާއި މަޝްހޫރުކަމުގެ ސަބަބުން ވެސް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން 40 ޕަސެންޓް މީހުން ރާއްޖެއަށް ޒިޔާރަތްކުރަނީ ހިތްހަމަޖައްސާލައި އަރާމުކުރުމަށެވެ. ފަތުރުވެރިންގެ ތެރެއިން 35 ޕަސެންޓް މީހުން ހަނީމޫނަށް ރާއްޖެ އިހްތިޔާރު ކުރާއިރު އަށް ޕަސެންޓް މީހުންނަކީ ސްނޯކްލިން އަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނެވެ. މީގެ އިތުރުން ޑައިވިންގ އާއި އުފަންދުވަސް ފާހަަގަކުރުމަށާއި ކައިވެނި ކުރުމުގެ އިތުރުން ސިއްހީ ދުޅަހެޔޮކަން ހޯދުމަށް ވެސް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ 46 ޕަސެންޓް ފަތުރުވެރިން ގާތްގަނޑަކަށް 1،000 ޑޮލަރާއި 5،000 ޑޮލަރާ ދެމެދުގެ މިންވަރެއް ހަރަދު ކުރާއިރު 32 ޕަސެންޓް ފަތުރުވެރިން 5،000 ޑޮލަރާއި 10،000 ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަކުރެއެވެ.

ފަތުރުވެރިން ރާއްޖެ އެންމެ ގިނައިން ސިފަކޮށްފައި ވަނީ "ބިއުޓިފުލް" މި ބަހުންނެވެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރަނީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އުމުރުފުރާ އިން ކަމަށްވާ އިރު އެއްފަހަރަށް ވުރެ ގިނަ ފަހަރު ފަތުރުވެރިން ޒިޔާރަތް ކުރަނީ އާންމުކޮށް ޕީކް ސީޒަނުގައެވެ. އެންމެ ގިނަ ފަތުރުވެރިންނަށް ރާއްޖެއާ ގުޅޭ މައުލުމާލު އެނގިފައި ވަނީ އިންޓަރނެޓްގެ ޒަރިއްޔާއިންނެވެ. މީގެ އިތުރުން އެހެން މީހުންގެ ފަރާތުންނާއި ޓްރެވެލް އޭޖެންސީތަކާއި ޓީވީ އާއި މެގަޒިންތަކުން ރާއްޖޭގެ މައުލޫމާތު އެނގިފައިވެއެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން 44 ޕަސެންޓް ފަތުރުވެރިން ޓްރެވެލް އޭޖެންސީތައް މެދުވެރިކޮށް ފްލައިޓް ބުކްކޮށްފައިވާ އިރު 26 ޕަސެންްޓަކީ އެއަރލައިން މެދުވެރިކޮށް ފްލައިޓް ބުކްކުރާ ފަތުރުވެރިންނެވެ.

ރާއްޖެ އައުމަށް ފަހު އެ ފަތުރުވެރިއަކު ހުންނަ ރިސޯޓަކަށް ނުވަތަ ގެސްޓްހައުސްއަކަށް ދިއުމަށް ގާތްގަނޑަކަށް 30 މިނެޓް ނަގާ ކަމަށް ބުނެފައި ވަނީ 30 ޕަސެންޓް ފަތުރުވެރިންނެވެ. އަދި 41 ޕަސެންޓް ފަތުރުވެރިން ވަނީ އެ ފަތުރުވެރިން ހޮޓެލް، ރިސޯޓް ނުވަތަ ގެސްޓްހައުސްއަށް ދިއުމަށް ގާތްގަނޑަކަށް 30 މިނެޓާއި އެއް ގަޑިއިރުގެ ވަގުތެއް ނަގާ ކަމަށް ބުނެފައެވެ. އެވްރެޖްކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ގިނަ ފަތުރުވެރިން ވަނީ ރާއްޖޭގެ ދަތުރުފަތުރު ކުރުމުގެ ނިޒާމްގެ އަގު ބޮޑުކަން ފާހަގަކޮށްފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން 85 ޕަސެންޓް ފަތުރުވެރިން އަދިވެސް ތިބެނީ ރިސޯޓްތަކުގައެވެ. ނުވަ ޕަސެންޓް ފަތުރުވެރިން ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ އިރު ތިން ޕަސެންޓް ފަތުރުވެރިން އިހްތިޔާރު ކުރަނީ ސަފާރީތަކެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލް އެއް ތަނަކީ ބ. އަތޮޅުގެ ބަޔޮސްފިއާ ރިޒާވްއެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރި ފްރާންސްގެ ހުރިހާ ފަތުރުވެރިން ވަނީ އެމީހުން ބޭނުންވި ފަދަ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެވުނު ކަމަށް ބުނެފައެވެ. އެމެރިކާގެ ރައްޔިތުންގެ ތެރެއިން 98 ޕަސެންޓް އެންމެ ބޭނުންވި ފަދަ ޗުއްޓީއެއް ރާއްޖޭގައި ހޭދަ ކުރެވުނު ކަަމަށް ބުނެފައިވާ އިރު ސްވިޒަލެންޑް އާއި ރަޝިއާ އިން ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ބޭނުންވި ފަދަ ޗުއްޓީއެއް ހޭދަކުރެވުނު ކަމަށް ބުނާ ފަތުރުވެރިންގެ މިންވަރު އުޅެނީ 95 ޕަސެންޓަށް ވުރެ މަތީގައެވެ. މުޅި ރާއްޖެއަށް ބަލާ އިރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން 91 ޕަސެންޓް ފަތުރުވެރިން ރާއްޖޭގައި ހޭދަ ކުރި ޗުއްޓީއާ މެދު ވަރަށް ބޮޑަށް ހިތް ހަމަޖެހެ އެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 98 ޕަސެންޓް ފަތުރުވެރިން ވަނީ އެހެން ފަރާތްތަކަށް ރާއްޖެ އައުމަށް ރެކޮމެންޓް ކުރާނެ ކަމަށް ބުނެފައެވެ.

ރާއްޖެއަށް ޒިޔާރަތް އެންމެ ގިނަ ފަތުރުވެރިން ރަގަޅު ކުރުމަށް އެދިފައި ވަނީ ކެއުމުގެ ކަންކަމެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން ވަނީ އެމީހުން ޒިޔާރަތްކުރި ތަންތަނުން އެންމެ ރަގަޅު ތަކެތި ކެއުމަށް ނުލިބޭ ކަމާއި ކެއުމުގެ ކަންކަމުގައި ސާފުތާހިރުކަން ކުޑަކަން ފާހަގަކޮށްފައެވެ. މިއީ ހައްލު ކުރަންޖެހޭ ކަމަކަށްވާ އިރު ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަކީ ވެސް އަވަސް ހައްލުތަކެއް ބޭނުންވާ ކަމެއް ކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
25 ފެބުރުއަރީ 2017

ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

25 ފެބުރުއަރީ 2017
ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!
24 ފެބުރުއަރީ 2017

އިންސާފެއް ނުލިބޭ ހިންގަނީ ޖަންގަލީގެ ގާނޫނު

24 ފެބުރުއަރީ 2017
އިންސާފެއް ނުލިބޭ ހިންގަނީ ޖަންގަލީގެ ގާނޫނު
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!

10 ޖެނުއަރީ 2017
މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!
08 ޖެނުއަރީ 2017

ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.

08 ޖެނުއަރީ 2017
ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.
07 ޖެނުއަރީ 2017

ރާއްޖެ މާލީ އަޅުވެތިކަމާ ދިމާއަށް!

07 ޖެނުއަރީ 2017
ރާއްޖެ މާލީ އަޅުވެތިކަމާ ދިމާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު